އެމްއެމްއޭ ބޯޑުގެ މެންބަރު ޝުހާދު. އޭނާ ވަނީ އެމްއެމްއޭ ބޯޑުން އިސްތިއުފާދީފައި -- ފޮޓޯ: މިހާރު
11 މާޗް 2025 - 14:01
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑުން ޝުހާދު އިބްރާހިމް ވެސް އިސްތިއުފާދެއްވައިފި އެވެ.
"މިހާރު" އަށް ލިބުނު ލިޔުމުގައިވާ ގޮތުން އޭނާ އިސްތިއުފާއަށް އެދި ހުށަހެޅީ އިއްޔެ އެވެ. ގަވަރުނަރު އަހުމަދު މުނައްވަރަށް އެޑްރެސް ކުރައްވައި ފޮނުވި އެ ލިޔުމުގައިވާ ގޮތުން ފައިނެންޝަލް ސެންޓަރު އެޅުމަށް ބިން ގަތުމުގެ ޕްރޮޕޯސަލްގައި ކަންބޮޑުވާ ރިސްކުތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ނިންމުން އަނބުރާ ގެންދަން ގަވަރުނަރާއި ބޯޑު މެންބަރުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފައިނެންޝަލް ސެންޓަރާ ގުޅޭ އެ ނިންމުން މުރާޖާ ކުރުމަށް އޭނާއާ އަދި ބޯޑުގެ އިތުރު ދެ މެންބަރުން ހުށަހަޅާފައިވީ ނަމަވެސް، މިހާތަނަށް އެ ހުށަހެޅުމަށް ޖަވާބެއް ދީފައި ނުވާ ކަމަށް އެ ލިއުމުގައިވެ އެވެ. އަދި އެކަންކަން އެގޮތަށް ހިނގުމުން ބޯޑުގައި ހުންނަން ބޭނުންފުޅު ނުވާ ކަމަށް ލިއުމުގައި އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
ޝުހާދަކީ އެމްއެމްއޭ ބޯޑުގައި އިކޮނޮމިކް މިނިސްޓްރީ ތަމްސީލު ކުރައްވާ މެންބަރެވެ.
މިކަމާ ގުޅިގެން އެމްއެމްއޭއިން މިހާތަނަށް ޖަވާބެއް ނުދެ އެވެ.
ޝުހާދު އިސްތިއުފާ ދެއްވި އިރު އެމްއެމްއޭ އަށް ހުޅުމާލެ އިން ބިމެއް ގަނެގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ޝުހާދުގެ އިތުރުން ފިނޭންސް މިނިސްޓްރީގައި އެމްއެމްއޭގެ ބޯޑު ތަމްސީލު ކުރައްވާ އަހުމަދު ޒަޔާން މުހައްމަދު ވެސް ވަނީ ފިނޭންސްގެ އިކޮނޮމިސްޓް މަގާމުން ވަކި ވުމަށް އިސްތިއުފާ ހުށަހަޅައިފަ އެވެ. އޭނާ ދެ މަހުގެ ނޯޓިސް ދީފައިވާ އިރު އަދި ހުންނެވީ އެމްއެމްއޭގެ ބޯޑުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު
12 March 2025
ޝުހާދު ދަންނަން. އިޚްލާސްތެރި ބޭފުޅެއް. އިންޓެގްރިޓީ ހުރި ބޭފުޅެއް. ކޮންމެ ސަރުކާރެއް އޮތަސް ކަންކަމާ މެދު ދެކޭ ގޮތް ކެރިގެން ހާމަކުރި. މީ ރަގަޅު ނިންމުމެއް. އެހެންނޫނީ ފައިސާ ޗާޕޮކޮށްގެން ގައުމަށް ލިބޭ ގެއްލުމުގެ ޒިންމާ މިހާރު ސަރުކާރު އަޅުވާނީ މި މީހުން ބޮލުގަ.
ސަލިމާ
12 March 2025
އެމް އެމް އޭ އަކާ އެޗް ޑީ ސީ އާއި މާ ބޮޑު ތަފާތެއް ނެތްދޯ.
ސަޅި ގައުމެއް
11 March 2025
ހިތްވަރު ގަދަ ނިއްމުމެއް ސުކުރިއްޔާ.. މުހައްމާ ދެން އައްޔަން ކުރަގަ.
ސަދީ
11 March 2025
ޝުހާދަކި އެމްޑީޕީވެރިކަމުގައި ފައްޔާޒު ވައްދާފަހުރިމީހެއް އޭނަގެ ބޭނުމަށް. ބޭރުކުރުމުގެ ކުރިން އިސްތިއުފާ ދިންުން ހަމަ ރަނގަޅީ
ހާމިދާ ސަކީލް
11 March 2025
ހާދަ ބިރުވެރި ގޮތަކަށޭ މުއިއްޒު މިގައުމު ހިންގަން މިއުޅެނީ، ތަންތާތިބި ތައުލީމީ ގާބިލް މީހުން ބޭރުކޮއްފަ ބުނާހާގޮތެއް ހަދާކަހަލަ ތަނެއްދޮރެއް ނޭގޭ މީހުންލައިގެން ގައުމެއް ނުހިންގޭނެ.
ވިލް
11 March 2025
ބަލަ ގާބިލުވުމަކީ ސަރުކާރު ސިއްރު ލީކު ކުރުންތަ؟
ޑރ ވާންޗޯ
11 March 2025
ތިކަހަލަ ގިނަބޭފުޅުންނަކީ ބަޔަކު ގައުމުދޮވެލައިގެން ދިޔައިރުވެސް ހިހޫތަނުން ކާލަކާލާތިއްބެވިބޭފުޅުން، .... މިސަރުކާރު ހިންގުމަށްޓަކާ ކުރަންޖެހޭކަންކަން އެގޭނީ މިސަރުކާރަށް، ސަރުކާރުން ކުރަންއުޅޭކަމަކާ ގަބޫލުނޫން ބޭފުޅުން ދުރުވީމަ ނިމުނީ.
ޕިކްސް
12 March 2025
ސަރުކާރުން ވިސްނާނީ އެމީހުންގެ ވެރިކަން ދަމަހައްޓަން. އެހެޔޮ ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ވިޔަސް. ވަޒީފާ ތަކުގަ ތިބި ތަންދޮރު ދަންނަމީހުން އިސްތިއުފާ ދޭނީ އެކަމުގަ ރައްޔިތުންނަށް ވާނެ ގެއްލުމުގެ ބޮޑުކަން އެގޭތީވެ.
މރ ވާންޗޯ
12 March 2025
ރަނގަޅު. ޝުހާދަކީވެސް ހަމަ އެކަހަލަ މީހެއް. އަހަރެން ވަރަށް ގާތުން ދުށިން އޭނަގެ މަސައްކަތްތައް. އިންސްޓިޓިއުޓް ތަކަށް ސިޔާސީގޮތުން އަތް ފޯރުވި މިންވަރުވެސްް. މިއަދު އިސްތިއުފާދިނަކަސް ނެތް ރެސްޕެކްޓެއް.
ޖައްސާޖައްސާ
11 March 2025
އެމްއެމްއޭ ބޯރޑް ގައި ގަވަރުނަރު ހުރެފައި ދެން ތިބި އެންމެން ޖެހޭނީ ދާން އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއް ނެތޭ މިކަން ހިނގަން ޖެހޭނެއޭ މީ މަމެންގެ ވެރިކަން މީ މަމެންގެ ގައުމު ގަވަރުނަރު ޖައްސާ ޖައްސާ ޖައްސާ ލާރޖްކޮށް ޖައްސާ ހަމަ 250 ބިލިއަން ރުފިޔާ ދީފައި ހުޅުމާލޭ އިރުން އޮތް ފަޅާއި ހުޅަނގުން އޮތް ފަޅުވެސް ގަނެލާ ދެން ވިއްކާލާނީ ހުރިހާ ބިމެއް އެމޭޒެން ވެބް ސާރވިސް އަށް ކްލައުޑް ސްޓޯރޭޖް ހަދަން ދޫނުދީ ޖައްސާތި ޖައްސާ ޖައްސާ
ރާއްޖެ މިއަދު
11 March 2025
ހާދަ ދެފުށް ދެގޮތް މީހެކޭ، ބޯޑުގަ ބިންގަންނަން ވޯޓުލާފަ ދެން އެކަމާ ދެކޮޅަށް މަސައްކަތް ކުރަން، ކީއްކުރަންތަ ވޯޓުުލީ، ޒަޔާން އެކަނި ގޮތެއްގަ ހުރީ، އޭނާގެ ނިންމުމަށް އިހުތިރާމް ކުރަން، ދެންތިބި ދެމީހުންނަކީ އެކްޓިވިސްޓުން
ކަތްދައްތަ
11 March 2025
ރޫޅެނީ ރޫޅެނީ.
އަހައްމާދީ
11 March 2025
އެމްއެމްއޭގެ ގަވަރުނަރަކަށް ގާސިމް އިބުރާހިމް ފަދަ ބޭފުޅެއް ރަނގަޅުވާނެ. ކުރިން ގަވަރުނަރުކަން ކޮށްފަހުރީމަ އެކްސްޕީރިއަންސް ހުންނާނެ
މިމިސްޓަރ ޓިނޭ
11 March 2025
ފެމުނު މިޔަރެއް ވެސް ރަނގަޅުވާނެ، ޖެހުނު އެއްޗެއް ބަނޑުއަޅާލުމުގެ ތަޖުރިބާ ހުންނާނެ