11 މާޗް 2025 - 21:15
ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނިކުމެއްޖެ އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން، މާލޭގެ ތިން ސަރަހައްދެއްގައި ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ،
އެގޮތުން، ވެސްޓްޕާކް ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދާއި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުގައި ޖުމްލަ ހަ ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މިއަދު ހަވީރު ވެހެން ފެށި ވާރޭގައި، މާލޭގައި އާންމުކޮށް ފެން ބޮޑުވާ ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.
ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހި، އުތުރުގެ އަތޮޅުތަކަށް މިއަދާއި މާދަމާ ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮތީ ލަފާކޮށްފަ އެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެގެން މިދިޔަ ހަފުތާގައި އޮރެންޖު އެލާޓް ވެސް ނެރުނެވެ. އަދި ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެން ވެސް ބޮޑުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުމާޏް
12 March 2025
ވަޑި މޫކޭ މާ މޮޅު މީހަކަށް ތިމަންނަ ވާނަމޭ ހިތާ ހެދި އަމީނީމަގަށް ކުޑަކުއްޖެއްގެ ބުއްފުޅިން އެތިކޮޅެއް ވެރުނަސް ހަތަރެސްފައި އޮންނާނީ އަޑީގަ. އެއީ ވާ ގޮލަޔެއް ހުވާ.
ޟަރީހާ
12 March 2025
ވަޑި މޫކޭ އަކީ ކާކު؟ ހަމަ ކިއުރިއަސްވެގެން މިއަހާލީ.
އިފްހާމްް
12 March 2025
މިއީ އިބޫގެ ވެރިކަންނަމަ ފެންބޮޑުވެ އަރަގުވާން އަހަރެމެން ތިބޭނީ ދޫކޮށްލާފަ. އެދޭތެރޭގަ ބަލާނެ ކޮންމެސް ދިމާލަކުން ކެވޭތޯ.
ސިނާދްް
12 March 2025
އިރާދަކުރެއްވިއްޔާ ރައީސް މުއިއްޒުގެ ޕްލޭނާ އެއްގޮތަށް މުޅި މާލޭގެ މަގުތަށް އަލުން ހެދިގެންދިޔައިމަ ދެން މިފަދަ ތަކުލީފުތަކެއް އިތުރަށް ކުރާކަށް ނުޖެހޭނެ.
މިގްދާދް
12 March 2025
ވަރަށް ސާފްކޮށް މިބުނަނީ ރައީސް މުއިއްޒުއަށްވުރެ ކަންކަމަށް ރިއެކްޓްކުރައްވާ ނަތީޖާ ނެރެދެއްވާ ދެވަނަ ރައީސަކު ނުހުންނާނެ.
އަބޫ
12 March 2025
މާލޭގެ ބައެއްދިމާތަކުން ކާނު ސާފުނުކުރާތާ 2 އަހަރަށްވުރެވެސް ގިނަދުވަސް މިއީބޮޑުވަރުދޯ
ކަތްދައްތަ
12 March 2025
މި ކެރިގަނޑު ބޯމަތިވީންސުރެ ގައުމީ ސަލާމަތޭ ކިޔައިގެން ސިފައިންނާ ފުލުހުން ހަރަކާތްތެރިވި. ވީކަމެއް ނެތް. ބަރުބަރީ މިސްކިތުގެ އިރަށް އެއޮތީ ފެންބޮޑުވާ ގޮތަށް ސިޓީ ކައުންސިލުން މަޖީދީމަގު ހިލާލާފަ.
ޏާއްކޮ
12 March 2025
ކުޑަ ކުއްޖަކު މަގުމައްޗަށް ހީސްކޮޅެއް ލިޔަސް މިމާލޭ މަގުތައް މަތީ ފެން ބޮޑު ވާޅެ އެހާވެސް މަގުތައް މޮޅުވެފާ ޗާލު
ޖޯކް
11 March 2025
މަޖީދީ މަގުގެ ނަން މަޖީދީ ކޯރަށް ބަދަލްކުރަންވީ. މުއިޒުހޭވި ހަޑިއެއްމީ ޔާމީނު ސަރުކާރުގަ. މިހެން ކޮމެންޓު ކުރީމަ އެމްޑީޕީ މީހުން މޮޔަވާނީކީނޫން. ކަލޭމެންގެ ޕާޓީއަކީ އަނެއް ވަބާ މިގައުމަށް ދިމާވެފަ އޮތް.
ސީޒަން ޖެކްޝަން
11 March 2025
އިއްޔެ ލަގްޒަރީދޮށް ސާފުކުރީ. އަދިވެސް އެދިމާއިން ފެނެއް ނުހިނދޭ. ލޯކަލް ގަވަމެންޓު މިނިސްޓަރު އިސްތިއުފާ.
ޝުއާއު
12 March 2025
ބަލަ މާލެ މޭޔަރަށް ނުވަނީއޭ ބުނެބަލަ. އޭނައަށް ނުވީމައެއްނުން ސިޓީސް މިނިސްޓަރ ވެސް ސާފުކުރުމުގެ ކަންކަން އިންތިޒާމްކުރީ.