ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު: ޝަރީއަތަށް ވަޑައިނުގެން ޓެކްސީ ކުރައްވަން އުޅުއްވި ކަމަށް ބުނެ އަލީ ރަޝީދުގެ މައްސަލައެއް ޖޭއެސްސީއަށް ވަނީ ހުށަހަޅާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
12 މާޗް 2025 - 12:06
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިނުގެން ރަސްމީ ގަޑީގައި "ޓެކްސީ ކުރައްވަން" އުޅުއްވި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
ޖޭއެސްސީއަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ އަޑުއެހުން ތާވަލުކޮށްފައިވަނިކޮށް "ޓެކްސީ ޑްރައިވަރަކަށް ވެގެން" ރަސްމީ މަސައްކަތް ދޫކޮށް އެއާޕޯޓަށް މީހުން އުފުލަން އެ ދުވަހުގެ އަޑުއެހުން ގަސްދުގައި ލަސްކުރަން ކޯޓުން ބޭރުގައި އުޅުއްވި ކަމަށެވެ.
އަޑުއެހުމަށް ވަޑައިގެންނެވުން ލަސްވާނެކަން ފަނޑިޔާރު އަލީ ރަޝީދު ކުރިއާލައި އަންގަވާފައިނުވާ ކަމަށް ވެސް ޝަކުވާގައި ބުނެފައިވެ އެވެ. އަދި، އެ ދުވަހުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ވަޑައިގަތީ އެ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރި ކަމުގެ ސިޓީ ކޯޓަށް ލިބުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންވެ، އެ ދުވަހު ފަނޑިޔާރު އަމަލުކުރައްވާފައިވަނީ ފަނޑިޔާރުންގެ ސުލޫކާ ހިލާފުވާ ގޮތަށް ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީގައި އެދިފައިވެ އެވެ.
އަލީ ރަޝީދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިއިރު، ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒުގެ މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ.
އޭގެއިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހެއްގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލައެއް ބަލަން ވެސް ޖޭއެސްސީން ނިންމާފައިވެ އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮތް ނަމަވެސް އަވަސް ގޮތަކަށް ފާސްކުރި އެ ބިލް ތަސްދީގު ނުކުރައްވައި ރައީސް ވަނީ އަނބުރާ ފޮނުވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްތާފާބެ
13 March 2025
މީނަޔަށް ވުރެން ރަގަޅު ވާނެ ކެޔޮޅެއްވެސް ތި ބެންޗްގަ އިންނަން. ހަމަ ގާއިމް މަސްވެރިކަން އިގޭނެތާ .
މިމްރާހް
13 March 2025
މީނާ ވަކިކުރަން ލަސްވެސްވެއްޖެ.!
އާދަމް އާޒިމް
13 March 2025
މިކަހަލަ މީހުން ބޭރުކޮށް މުޅި ސުޕްރީމް ކޯޓް ފޮޅާ ސާފްކުރަން އަދުގެ ސަރުކާރުން މިކުރަނީ މުހިއްމު މަސައްކަތެއް.
ހަސަން މުހަންމަދު
13 March 2025
ވަރަށް ރަނގަޅު ކަންކަން ކުރަމުން އެބަ ގެންދޭ. ސާބަސް ޑޮކްޓަރ
ހަނަފީ
13 March 2025
އަލީ ރަޝީދުގެ މައްސަލަވެސް ބަލަންވީ. ކަމުދާ މީހެއް ނޫން
ޖޫންޖުލައި
12 March 2025
އަލީ ރަޝީދަކީ އެއްވެސްއިރަކު ސްޕްރީމްކޯޓަށް ކުފޫހަމަވާ މީހެއްނޫން..ވަކި ހުކުމެއް، ވަކިމީހަކު ބޭނުންވާގޮތަށް ކޮށްގެން މަގާމުހޯދައިގެން އުޅޭމީހެއް....މިކަން އޭނާގެ ހުކުމްތަކުން އެގޭނެ. އަވަހަށް ބޭރުކުރަން ޖެހޭމީހެއް.
އަލީބޯ
12 March 2025
ކަނޑައެޅިގެންތީ ބުހުތާންދޮގެެއް
ކޮސް
12 March 2025
މަބުނީ އުއްތަމަ ފަނޑިޔާރު ހާލުކޮޅު ބޮޑުވެގެން ބ. އަތޮޅު ރަށެއްގައި ހުންނަވަނިކޮށް މާލެގެނެވުމާއި ގުޅިފައިވާ ކަންކަމާއި ސުލޫކީގެ ފެށުމާއި ގުޅުމެއްވަނީއޭތަ! !
ސަންޑޭ
12 March 2025
ތިވީ ގޮތުން މަހާޒް އާއި އަޒްމިރަލްޑާ ސަސްޕެންޑު ކުރި ގޮތަށް ޢަލީ ރަޝީދުވެސް ސަސްޕެންޑު ކުރަންޖެހުނީތާ.
ވޮކީލު
12 March 2025
މިހެން ގަޑި ޖެހޭއޮރު ކޯޓަށް ނާންނަ ފަނޑިޔާރުން ދަށު ކޯޓުތަކުގަވެސް އުޅޭ. ހައިކޯޓުން ރިޓަޔަރވެސް ކޮށްފި އޭގެ ބޭފުޅެއް. ވަކީލުން ގަޑި ޖެހުނީމަ ބާތިލު. ގާޒީ މިއިންނަނީ ކޮފީގަ އަޑުއެހުމަށް ކިޔާފަ. ދެން ބުން ކަނޑާފަ ވަންނަ އިރު ގާޒީއަށް ވާނުވާ ނޭންގޭ
ސަލމާ
12 March 2025
މާތްﷲ އެމީހަކަށް ދައްކަވާނީ އެމީހަކު ކުރިކަމެއް، މިއަދު ޔާމީނަށް މީނަ ޙުކުމް ކުރިއިރު އެއްވެސް އެއްޗެއް ހިތައްނާރާ، މިއަދު މީނަ ވަކާލަތު ކުރަން ޖެހިފައިމިވަނީ އޭނަޔާ ވައްތަރު މީހަކު ޓެކްސީ ކޮށްގެން ކަމަށް ބުނެ، ހ ޙުކުމް ކުރާމީހުނަށް ދައްކަވާނީ އެމީހަކުވެސް ޤަބޫލުކުރަން އުނދަގޫ ކަންކަން، ﷲ ކުޅަދުންވަންތަކަން މީނައަށް ވިސްނޭނަމަ ދޯ! ހ ޙުކުމް ކުރާއިރު ނޭނގޭބާ މިކަމާ ކުރިމަތިލާންޖެހޭނެ ދުވަހެއް އަންނާނެ ކމެއް.
އަފްރާސިޔާބު
12 March 2025
ކޮންމެ ކަމެއްވެސް ކޮށްފާ މާތް ﷲ ގެ ކުޅަދުންވަންތަކަމުންވީކަމެކޭ ކަލޭމެން ތިބުނަނީ އަޅެ ކީއްވެތަ؟ ބޮޑެތި ދޮގު ހަދައި ރިޝްވަތު ނަގާފައިވެސް މިބުނަނީ މީ ﷲ ކުޅަދުންވަންތަ ކަމުން ވިކަމެކޭ. ކޮންމެ ނުބައިކަމެއްކޮށްފާވެސް ތިހެން ތިބުނަނީ ކަލޭމެންނަށް އެނގެނީތަ؟ ނޫނީ ހަމަ ޖާހިލީތަ؟