ގޭގެ ވެރިމީހާއަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހުން--
12 މާޗް 2025 - 12:42
މާލޭގެ ގެއެއްގައި ގްރޫޕަކުން އަނިޔާކުރި މީހާ އޭނާގެ އެޕާޓްމަންޓް ކުއްޔަށް ދޭން އެއްބަސްވުމުގައި ސޮއިކުރީ ވެސް އޭނާ އަށް ބިރު ދައްކައި ގަދަކަމުން ކަމަށް ބުނެފި އެވެ.
ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިމީހާއަށް ބިރު ދައްކައި، އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވާއިރު އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކޮށްފައިވަނީ އަލީ ނަވާފު، 21، ފަޒާ، ތ. ގުރައިދޫ، މުހައްމަދު އަޒާން، 23، ހަވޭލީ، ނ. މަނަދޫ، އިބްރާހިމް އަހުނަފް، 21، އެލަސް، ނ. ވެލިދޫ އަދި މުހައްމަދު އަފްލާހު، 23، ރީތިހިޔާ، އއ. މާޅޮސް އެވެ.
މި ހަތަރު މީހުންގެ ބަންދާ ގޮތެއް ނިންމަން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ވަނީ ދީފަ އެވެ.
ކޯޓުގައި އެ މީހުން ބުނި ގޮތުގައި އެ މީހުން ދިޔަ އެޕާޓްމެންޓަކީ އަތޫފް ނަމަކަށް ކިޔާ އެ މީހުންގެ ރައްޓެއްސަކު ކުއްޔަށް ނަގައިގެން އުޅޭ ތަނެކެވެ.
އެ ތަން ކުއްޔަށް ނަގާފައިވާ ކަން ހާމަވާ ލިޔުމެއް އޮތް ކަމަށް އެ މީހުން ބުނި ނަމަވެސް، އެފަދަ ކަމެއް އެނގޭނެ އެއްވެސް ލިޔުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
ނަމަވެސް ގޭގެ ވެރިފަރާތާ ހަވާލާދީ ފުލުހުން ކޯޓުގައި ބުނި ގޮތުގައި އެ ތަން ކުއްޔަށް ދީފައިވަނީ އަލީ ޝިމާން ރަޝީދު ކިޔާ މީހަކަށެވެ. އޭނާއަށް އެ ތަން ކުއްޔަށް ދޭން ޖެހުނީ ވެސް ބިރު ދައްކައި، ގަދަކަމުން އެއްބަސްވުމުގައި ސޮއިކުރުވައިގެން ކަމަށް ގޭގެ ވެރިފަރާތުން ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ.
ބިރު ދެއްކި ކަމަށް ތުހުމަތުވާ އެޕާޓްމެންޓްގެ ތެރެއިން ހައްޔަރުކުރި ހަތަރު މީހުން ވެސް ކޯޓުގައި އެ މީހުން އެ އެޕާޓްމެންޓަށް ދިޔައީ ފައިސާ ދީގެން، އެ ތަން ސާފުކޮށްދޭން އަތޫފް އެދުމުން ކަމަށް ވަނީ ބުނެފަ އެވެ.
ހަތަރު މީހުން ވެސް ވަނީ އެ ތަނަށް ގެއްލުންދީ، އަދި ތަޅައިފޮޅައި މާރާމާރީ ހިންގާފައިނުވާނެ ކަމަށް ބުނެފަ އެވެ.
ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި އެޕާޓްމެންޓެއްގެ ތެރޭގައި އެ ގޭގެ ވެރިފަރާތުގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް، އިތުރު މީހަކު އޭނާގެ ގައިގައި ހިފަހައްޓައިގެން ހުރެ އެވެ. ދެން ހުރި މީހާ މަސައްކަތް ކުރަނީ ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާށެވެ. އަދި އިތުރު މީހަކު ބޮޑު ހީރަސް ދައްޗަކުން އެ މީހާގެ ގަޔަށް ޖަހަން ވެސް މަސައްކަތްކުރާ ތަން ވީޑިއޯއިން ފެނެ އެވެ. މިއީ އެ ތަން ކުއްޔަށް ދޭން އެއްބަސްކުރުވުމަށް ނުވަތަ އޭގެ ފަހުން އަނިޔާކުރަމުން ނަގާފައިވާ ވީޑިއޯއެއް ކަން އަދި ސާފެއްނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިމަނިކުފާނު
12 March 2025
ތިފަދަ މީހުންނަށް ޤާނޫނީ ގޮތުން ދޭންޖެހޭ އަދަބެއް ނުދެވޭނަމަ، ރައްޔިތުންނަށް ސަލާމަތެއްނެތް. ތިޔަފަދަ ޖަރީމާތަކަށް ޤާނޫނުގައި ދޭންހުރި އަދަބުތައް، އަލުން މުރާޖަޢާކޮށް، އަދަބު ބޮޑުކުރަންޖެހޭ. ޝަރުޢީ މަރުޙަލާ ދިގުނުދަންމައި އަވަހަށް އަދަބު ދެވެންޖެހޭ.
ގެގެ ވެރިފަރަތް
12 March 2025
ތި އެންމެން މަރާލާ. ތަޅާ އަނިޔާކޮށް ޓެރަރިޱަމްގެ އަމަލު ހިންގަން ދުނިޔޭގަ ބައިތިއްބާނެ ކަމެއްނެތް. މައިންބަފައިންނަށްވެސް ހުރި ބޮޱު ލަދެއް ތިފާޱަށް ގައްޱާވެގެން އުޅޭ ލަޓޯފަޓޯތަކާހެދި. އާންމުންނާ ހަވާލުކޮށްލަބަ ހަދާއެތި ތި ގުރޫޕްތަކަށް ފެންނާނެ. ރަނގަޅަށް ޓޭޕް އަޅާލަދޭނެ ހަމަޔަގީނުންވެސް
ބަބަސް
12 March 2025
ތަކުރާރުކޮށް މާރާމާރީއާއި މިކަހަލަ އަމަލުތަށް ކުރާމީހުން ފުލުހުންނަށާއި ، ޕީޖީ އަދި ކޯޓުތަކުގެ ފަނޑިޔާރުންނަށް އެނގޭ. މިމީހުން ދޫކޮއްފަ ތިބެނީ ރަށްޔިތުން ބިރުވެރިކަމުގެ ތެރޭގައި ބައިތިއްބަން ގަސްތުގައޭ ބުނެވޭ ހިސާބަށްގޮއްސި. ހީރަސްޖަހަށްދެން ބަލަހައްޓައިގެން ބޮޑެތި އާއިލާތަކެއް ނުތިބޭނެ. މީހެެއްގެ ފުރާނަ ދުއްވާލީމަ ބުނާނެ ، ކީއްވެހޭ ވަޅިހެރީ ...
އލށފތ
12 March 2025
ސިފައިންނާއި ފުލުހުންނަކައް އެހީއކައް ނޫން ގުޅާނީ މިކަހަލަ ކަންތައް ތަކުރާރު ވަންޔާ، މި ގޮތައް ކޮންމެ ކޮންމެ ތަނަކައް މި ނުލަފާ އަނިޔާވެރިން ވަންނަންޔާ އެންމެނެއް ނުތިބޭނެ އަގަނަގައިގެން، ގޯހެއް އާންމު ރައްޔިތއްގެ އތުން ވުމުއް ކުރީގައި މިކަންތައް މި ގައުމުން ހުއްޓުވަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
12 March 2025
ލިއުމުން އިގޭގޮތުން ފުލުހުންނަކީ މިހާރު ކުއްޔަށްދިން ގޭގެ ވެރިފަރާތުގެ ވަކީލުންހެން ވެސް ހީވޭ. އަދި މައްސަލަ ތަޙްޤީގު ކޮށްފައިވަނީވެސް ހަމަ އެފަދަ ގޮތަކަށް ކަމަށް ހީވާ ކަހަލަ ގޮތަކަށް ޙަބަރު އޮތީ. ރާއްޖޭގައި އަދުލު އިންސާފު ހޯދަން ދަތިކަމަކަށްވާތީ ބައެއް ފަރާތް ތަކުން އެމީހުންގެ ޙައްޤު ހޯދުމަށްޓަކާ "ގޭންގް ކުދިންގެ" އެހީތެރިކަން ހޯދާކަމަށް ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލުން މީގެ ކުރިންވެސް ވިދާޅުވެފައިވޭ. މިވެސް އެފަދަ ކަމަކަށް ވުން އެކަށީގެންވޭ.
އޮނަރަބްލް އަފީފު ދީދީ
12 March 2025
މައްސަލައިގައި ހިފެހެއްޓިފައިވަނީ 21، 23 އަހަރުގެ ކުދިން. އެކުދިންގެ ބޯދިގުކޮށްފައި ތިބުމަކީ ކުށްކުރާނެކަމުގެ ހެއްކެއްކަމަށް ބެލުމަކީ ރަނގަޅުގޮތެއްނޫން. މާލޭމީހުންނަކީވެސް ތަންތަންކުއްޔަށްދީފައި އެގްރީމަންޓްގެ މުއްދަތު ހަމަވުމުގެކުރިން އެޤްރީމަންޓް އުވާލާ، އެއްބަސްވުމުގައި އޮންނަ ކުލި ބޮޑުކޮށް، އަދި ނޯޓިސް ދިނުމެއްނެތި ތަނުން ބޭރުވާންވެސް އަންގާ ބައެއް. މިއެއްބަސް ވުމުގައި "ސޮއިކުރީ ބިރު ދައްކައިގެން" ކަމަށް ބުންޏަސް އެވާހަކަ ޤަބޫލުކުރަން ދަތި.
ގުދުގުދާބެއްޔާ
12 March 2025
މިފަހަރު މިފަޅާއެރީ!ތަންތަން ކުއްޔަށްނަގާފައި ކުލިނުދީ ކަރަންޓް ބިލަށް 20ހާސް އަރުވާލާފަ ތަނުން ނިކުމެގެންދާމީހުންވެސް ވަރަށްގިނަ! މަގޭ އެޕާރޓްމަންޓް އެމަހުގެ 20 އާ ހަމަޔަށް ކުލި ނުދީ ހުރެއްޖެނަމަ އޮޓަމެޓިކުން ކަރަންޓް ކެނޑޭ ގޮތައް ހަދާފަ ހުންނާނެ! އެއްބަސް ވުމުގަވެސް އެގޮތައް ލިޔެފަ ވާނީ! އޭރުން މަކުރާނެ ކަމެއް ނޯންނާނެ! އޮޓަމެޓިކުން ކަރަންޓްދާނެ! އެކަހަލަ ސިސްޓަމެއް ހަރުކުރެވިފަވަނީ!
ނކލސ
12 March 2025
ސިސްޓަމަށް ތަ ކުލި ޖަމާކުރަނީ؟ ތިބުނާ ކަރަންޓުކަނޑާ ސިސްޓަމަށް ކިހިނެއް އިނގެނީ 20 ގެ ކުރިން ކުލި ނުދައްކާ ކަމެއް؟
ފަރަންޖީ
12 March 2025
ފައިސާއަށް ފޮޅައި ސާފުކޮށްދެނީ މީހާތަ ނޫނީ އެޕާޓްމަންޓްތަ؟ އެމީހާ ރަނގަޅަށް ފޮޅައި ސާފުކޮށްދީފަ ހުރިކަމަށް ފެންނަނީ.
ބިއްލެ
12 March 2025
އަހަރެންވެސް އެބަޖެހޭ ގޭގެ ފުރާޅު މައްޗާ ހަނިގޯޅިގަނޑަކާ ތަންތަން ސާފުކޮށްލަން. ކިހާވަރަކަށްބާ މި ގްރޫޕް އަގުއުޅެނީ
ކުޑަސިޓީ
12 March 2025
މާލެ ނޭރުވެގޮތައް ޑިިޕޯޓް ކުރޭ ...އެމީހެއްގެ ރަށައް.....ކައުންސިލް ތަކުން މިވެރިން ބަލަހައްޓާ
ނަރީޝް.
12 March 2025
ކ.މާލޭގައި ތިބި ދައުލަތުގެ ޙަޒާނާ ގެއަށް ކަހާި މީހުން ސީރިއާ އަށް ޑީޕޯޓް ކޮށްލަންވާނެ.
ފަރަންޖީ
12 March 2025
މާލޭގެ ކުއްކުރާ "މާލޭ" މީހުން ބަލަހައްޓަނީ ކައުންސިލުންބާ؟