ޓްރަމްޕާއި ޒެލެންސްކީ ސަލާން ކުރައްވަނީ: ހަމަލާތައް ހުއްޓާލަން އެމެރިކާއިން އެއްބަސްވުމުން އަސްކަރީ އެހީތައް އަލުން ދޭން ނިންމާފައި --- ފޮޓޯ/އޭއެފްޕީ
13 މާޗް 2025 - 09:54
ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމަ އެއް މަސް ދުވަހަށް މެދުކަނޑާލަން ޔޫކްރެއިނުން އެއްބަސްވުމުން އެމެރިކާގެ އަސްކަރީ އެހީތައް އަނެއްކާވެސް ދޭން ފަށައިފި އެވެ.
ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު 2022 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތް ނަމަވެސް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކުރިން އޮތީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.
އެކަމާ ހެދި ޓްރަމްޕާއި ޒެލެންސްކީއާ ދެ ބޭފުޅުން މީޑިއާގެ ކުރިމަތީގައި ޒުވާބު ވެސް ކުރެއްވި އެވެ. އަދި ޔޫކްރެއިނަށް ދޭ އަސްކަރީ އެހީތައް އެމެރިކާއިން ވަގުތީ ގޮތުން އޭރު ހުއްޓާލި އެވެ.
ނަމަވެސް ފަހުން އަސްކަރީ އެހީ އަލުން ދޭން ފެށުމަށް އެމެރިކާއިން އެއްބަސްވީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ޔޫކްރެއިނުން އެއްބަސްވެފައިވެފައި ވާތީ އެވެ.
ސައުދީ އަރަބިއާގެ ޖިއްދާގައި ޔޫކްރެއިންގެ އޮފިޝަލުންނާ އެކު އެމެރިކާއިން ކުރި މަޝްވަރާތަކަށް ފަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވިދާޅުވީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމުގެ ހުށަހެޅުން ރަޝިއާއަށް ވެސް ހުށަހަޅާނެ ކަމަށެވެ.
އެމެރިކާއަކީ ޔޫކްރެއިނަށް އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ އެހީ ދެމުންދާ ގައުމަކަށް ވިޔަސް، ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން އޭނާ ގެންދަނީ ހަމަލާތައް ހުއްޓާލަން ބާރު އަޅުއްވަމުންނެވެ. އަދި އެކަމާ ގުޅިގެން އެމެރިކާ އާއި ޔޫކްރެއިނާ ދެމެދު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ޔޫރަޕްގެ ގިނަ ގައުމުތަކުން ޔޫކްރެއިންގެ ދިފާއުގައި ނިކުތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަކީމ
13 March 2025
ޓްރަންޕް ވެސް ދަސް ކުރީތާ ކުރިން ބުނި އެތި ކެންސަލް ސްޓައިލް…
ޝިލާޒު
13 March 2025
ހެޔޮ އެދޭ ބަޔަކު ހަނގުރާމަ ކުރުމަށް އެއްވެސް ބަޔަކަށް ބާރު ނަޅާނެއެވެ. ރަނގަޅު ބައެއް ވިއްޔާ މަސައްކަތް ކުރާނީ ހަނގުރާމައަކަށް ނުގޮސް މަސްއަލަ ޙައްލު ކުރުމަށެވެ.
ހަސަނުގެ ހުސޭނު
13 March 2025
މިވެރިން މަޝްވަރާއެއް ކުރަން ޖެހިއްޖެއްޔާ އުމްރާވެ ނިމިގެން ފަށާތީވެތަ ސައޫދީއަށް މިދަނީ ކޮންމެ ފަހަރަކު؟
ހަބީބު
13 March 2025
އަދިވެސް ޔޫރަޕާ އެމެރިކާނުންގެ ފައިބުޑައް ވެއްޓޭތި ރަޝިޔާއާ ހަނގުރާމަ ކުރަން އަދިތިޔައީ ކުޑަކުދިން މުޅިދުނިޔެ ކިހިލި ޖަހައިގެން ރަޝިޔާ އެކަނިމާއެކަނި ތިންއަހަރު ހަނގުރާމަ ކުރުން އެއީ އާދައިގެ ކަމެއްނޫން ވީމާ ދެންވެސް ރަޝިޔާއާ ގުޅުން ބަދަހިކޮއް ތިޔަ ޔޫރަޕާ އެމެރިކާނުންގެ ކިބައިން ސަލާމަތްވޭ އެއީ ހެޔޮއެދޭބައެއްނޫން އެކަން ފަލަސްތީނައް ބަލާލީމަ އެނގޭނެ