އެމެރިކާގެ ރައީސް ޓްރަމްޕް އާއި ފީފާގެ ރައީސް އިންފަންޓީނޯ: ވޯލްޑް ކަޕްގެ ޓާސްކްފޯސްގެ ޗެއާމަނަކަށް ޓްރަމްޕް
12 މާޗް 2025 - 22:57
އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާ ގުޅިގެން އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ޓާސްކްފޯސް ޗެއާމަނަކަށް ރައިސް ޑޮނަލްޑް ޓްރަމްޕް ހަމަޖައްސަވައިފި އެވެ.
މިއީ ވޯލްޑް ކަޕް ފަދަ ކުޅިވަރުގެ ބޮޑު މުބާރާތެއްގެ ކޮމިޓީއެއްގެ ޗެއާމަންކަން ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ގައުމުގެ ރައީސަކު ކުރައްވާ ފުރަތަމަ ފަހަރެވެ.
އެތައް މިލިއަން ބަޔަކު ދަތުރުކުރާނެ ކަމަށް ބެލެވޭ މުބާރާތުގެ ސަލާމަތީ އިންތިޒާމުތަކާއި ޕްލޭނިން ކޯޑިނޭޓް ކުރާނީ ޓްރަމްޕް ޗެއާމަންކަން ކުރައްވާ މި ޓާސްކް ފޯހުންނެވެ.
ތިން ގައުމުގެ ގުޅިގެން މުބާރާތް ބާއްވަން ތައްޔާރުވަމުން ދިޔަ ނަމަވެސް މި ވަގުތަކި ކެނަޑާ އާއި މެކްސިކޯއާ ދެކޮޅަށް އިގްތިސޯދީ ހަނގުރާމައެއް އެމެރިކާއިން ކުރަމުންދާ ދުވަސްވެރެކެވެ. ހާއްސަކޮށް މިދިޔަ ޖެނުއަރީ މަހު ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން އަނެއް ދެ ގައުމާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
އެކަމަކު ވޯލްޑް ކަޕާ ގުޅުން ހުރި މަސައްކަތްތަކުގައި ޓްރަމްޕް ހުންނެވީ އަނެއް ދެ ގައުމުގެ ފެޑްރަލް ސަރުކާރާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށެވެ.
އަހަންނަށް ހީވަނީ މިއީ އިތުރަށް ފޯރިގަދަވާނެ ކަމެއްހެން. ބައެއް ފަހަރު ހިޔާލުތަފާތުވުން އުފެދުމަކީ ރަނގަޅު ކަމެއް،" ވޯލްޑް ކަޕްގެ ޓާސްކްފޯސްގެ މަސައްކަތްތަކުގައި ކެނަޑާ އާއި މެކްސިކޯއާ ވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ އިޝާރާތް ޓްރަމްޕް ދެއްވި އެވެ.
"އަހަރެމެންގެ ގައުމުގައި މިކަން [ވޯލްޑް ކަޕް] ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް،" ޓްރަމްޕް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕަކީ ތިން ގައުމެއްގައި ފުރަތަމަ ބާއްވާ ވޯލްޑް ކަޕެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އަށް ފީފާއިން ވަނީ އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިންދާބާދު
12 March 2025
ޓްރަމްޕް ޒިންދާބާދު ޒެލެންސްކޭ އިސްތިއުފާ ޓްރަމްޕް ޒިންދާބާދު ޒެލެންސްކޭ އިސްތިއުފާ ޓްރަމްޕް ޒިންދާބާދު ޒެލެންސްކޭ އިސްތިއުފާ ޓްރަމްޕް ޒިންދާބާދު ޒެލެންސްކޭ އިސްތިއުފާ ޓްރަމްޕް ޒިންދާބާދު ޒެލެންސްކޭ އިސްތިއުފާ ޓްރަމްޕް ޒިންދާބާދު ޒެލެންސްކޭ އިސްތިއުފާ ޓްރަމްޕް ޒިންދާބާދު ޒެލެންސްކޭ އިސްތިއުފާ ޓްރަމްޕް ޒިންދާބާދު ޒެލެންސްކޭ އިސްތިއުފާ ޓްރަމްޕް ޒިންދާބާދު ޒެލެންސްކޭ އިސްތިއުފާ ޓްރަމްޕް ޒިންދާބާދު ޒެލެންސްކޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ