ވަޒީރުންގެ ފޯރަމުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މީގެ ކުރިން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
13 މާޗް 2025 - 11:49
އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ ގްރޫޕްގެ މައްސަލަ ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އުމްރާއަށް ތައްޔާރުވި ފަހުން ނުގެންދެވޭނެ ކަން އެންގީ އަސްކޮއި ހައްޖު ގްރޫޕްގެ ހަވާލުގައި ދާން އުޅުނު ހަ މީހަކަށެވެ. މައިންބަފައިންނާއި އާއިލާގެ އިތުރު ބަޔަކާ އެކު އުމްރާއަށް ދާން ތައްޔާރުވި އެ އާއިލާއިން "މިހާރު"އާ ވާހަކަދެއްކި ހަލީމަތު ސިފްނީ ބުނީ މި ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ގްރޫޕަށް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް މިދިޔަ ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމާފައިވާ ކަމަށެވެ.
އެ ގްރޫޕަށް ފައިސާ ދެއްކީ މީހަކަށް 42،000ރ. ގެ ރޭޓުން ޖުމްލަ 252،000ރ. އެވެ.
ފުރަން 10 ދުވަހަށް ވެފައި އޮއްވައި، ދަތުރު ކުރެވެން ނެތް ކަން އެންގީ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އޭރު އެ އާއިލާ އިން ތިބީ މާލެ އައުމުގެ އިންތިޒާމް ވެސް ހަމަޖައްސައިގެންނެވެ.
ޝަހީމް "މިހާރު"އަށް ވިދާޅުވީ ފައިސާ ދެއްކި ފަހުން އުމްރާއަށް ނުގެންދެވޭނެ ކަމަށް އެންގި ޖަމާއަތުގެ މައްސަލަ ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އަސްކޮއިގެ ހަވާލުގައި ރޯދައިގެ ފަހު 15 ގައި އުމްރާއަށް ދާން ފައިސާ ދެއްކި އެހެން މީހުންނަށް ވެސް ނުދެވޭނެ ކަމަށް އެންގި ކަމަށްވެ އެވެ. އެކަމަކު، އެ އަދަދެއް ސާފެއްނުވެ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ޖަމާއަތުގެ ވެރިން މައްކާގައި އުޅޭތީ ފައިސާ ދައްކައި އުމްރާއަށް ނުދެވުނު މީހުންގެ އަދަދު އަދި ސާފުނުވާ ކަމަށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު ސިފްނީއަށް ފޮނުވި މެސެޖުގައި ވަނީ އެ ކޮޅުން ދިމާވި ކަމެއްގެ ސަބަބުން ދަތުރަށް ވަރަށް ބޮޑަށް ބުރޫއަރައިގެން އެކަން ރަނގަޅުކުރެވޭތޯ ވަރަށް މަސައްކަތްކުރިއަސް އެކަން ހައްލުނުކުރެވޭތީ ދަތުރު ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަ ކަމަށެވެ. "ތަކުރާރުކޮށް މައާފަށް އެދުނަސް ތިބޭފުޅުންނަށް ގަބޫލުކުރައްވަން އުނދަގޫވާނެ ތި ބޭފުޅުންގެ ފައިސާ ދެވޭނެ އެހެނަސް ދަތުރު ނުކުރެވުމުން ލިބޭ މާޔޫސްކަން ބޮޑުވާނެ ކަން ގަބޫލުކުރަން. އޭޕްރީލް 15 އަށް ވުރެ ފަސްވެދާނެ ރުފިޔާ ހަވާލުކުރަން. މައާފާއެކު އެދެން ހިތާމައާ އެކު މިކަން ގަބޫލުކޮށް ދެއްވުމަށް. ހިތާ ދެކޮޅަށް ވެސް ގަބޫލުކުރައްވައިފި ނަމަ ފަސޭހަ ކަމާއެކު ރުފިޔާ ދެވޭނެ ވާހަކަ ދަންނަވަން. ވަރަށް މައާފާއެކު ގަބޫލުކޮށް ދެއްވުން އެދެން." އެ މެސެޖުގައިވެ އެވެ. ސިފްނީ ބުނީ ދަތުރުކުރެވެން ނެތް ކަމަށް އަސްކޮއި ގްރޫޕުން އެންގުމާ އެކު ރިފަންޑު ހަމަޖައްސައިދިނުމަށް ވެސް އެދިފައިވާ ކަމަށެވެ. އަދި ރިފަންޑު ދީފިނަމަ އެހެން ގްރޫޕެއްގެ ހަވާލުގައި ހަ މީހުންނަށް މި ރޯދަ މަހު އުމްރާއަށް ދެވެން އެބައޮތެވެ. އެކަމަކު، އަވަހަށް ފައިސާ ލިބޭނެ ގޮތެއް ނެތުމުން އެ އާއިލާއިން ވަނީ ޕޮލިހާއި އިސްލާމިކް މިނިސްޓްރީއަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚސކސކިސ
13 March 2025
އެއް ކަމެއް ވެސް ނުވާނެ
އިހްސާސް
13 March 2025
ތިޔަބުނާ ހަރުކަށި ފިޔަވަޅަކީ ޖޫރިމަނާއެއް ކޮށްލާފަ އުމްރާ ހުއްދަ ކެންސަލްކޮށްލުން. އެކަމު ތިޔަމީހުން އޭގެ އަނެއްދުވަހު ޙިއްސާދާރެއް އަލަށް ބައިވެރިކޮށްގެން އާނަމެއްގަ ތިކަންކުރަން ހުއްދައަށް އެދޭނެ. މިނިސްޓުރީއިން ދޭނެ ހުއްދަވެސް. ފައިސާދެއްކި އާއިލާއަށް ލަނޑު ލިބިފަ މިތިބެންޖެހެނީ.
ބޮކިފުރާޅު ޢީސާ
13 March 2025
ހަރުކަށި ފިޔަވަޅު އެޅިއެޅީނުން އެމީހުންގެ ކަށިތައް ބިނދޭވަރުގެ ފިޔަވަޅެއް ނާޅާތި. އެމީހުންގެ މުދާތައް ވިއްކާފާނަމަވެސް ފައިސާ އެބައެއްގެ އަތުން ނެގި މީހުންނަށް ފައިސާ ލަސްވެގެން މަހެއްތެރޭގާ އަނބުރާ ރުޖޫޢަކޮށްދީ، މިޖަރިމާ ހިންގި ފަރާތްތައް ދުވަސްކޮޅަކަށް ޖަލުގާ ގެންގުޅެލަނިކޮށް ރަނގަޅުވާނެ. މިހެން ބުނާއިރުވެސް އެނގޭ މިކަމެއް އެހެނެއް ނުހިނގާނެކަންވެސް. މީ ހައްގެއް ބާތިލެއް އޮންނަ ތަނެއް ނޫން.
އަސްދާނު
13 March 2025
މިފަދައިން މި މީހުން ކުރާ ކަންތައްތަކާއި އޭރެއްގާ ސަރުކާރު ހިންގަން ތިއްބަވާ ބޭފުޅުންނާ ގުޅުވުމުގެ ބޭނުމަކީ ކޮބާތޯއެވެ؟ މިއީ ދިވެހިންގެ ތެރޭގައި ތިބި ބަޔެއްގެ ޢަމަލުތަކެކެވެ. އަނިޔާ ލިބޭ މީހުންނަށް ޙައްޤު ހޯދައި ދިނުމަކީ ސަރުކާރުގެ ވާޖިބެކެވެ. އެމީހުންގެ މުދާ ވިއްކައިގެން ވިޔަސް މެއެވެ. ޙާލުގައި ޖެހިފާ ރާއްޖެއިން ބޭރުގައި ހުރި ރައްޔިތަކު ނަމަ ގައުމަށް ގެންނައުމަކީ އެއީ ދައުލަތުގެ ޒިންމާއެކެވެ. ދައުލަތުން އެކަން ކުރައްވާނެއެވެ.
ސަމްސު
13 March 2025
ދެން މަހީހީ މީނާ ވާހަކަ ދައްކާގޮތުން
މުރުތަލޯ
13 March 2025
ކަލެޔައް ހަމަ އެއްކަމެއްވެސް ނުވާނެ!! ވީކަމެއް ދައްކަބަލަ !!!
މަބުނީ
13 March 2025
ކަމެއް އާއްމު ވެއްޖެއްޔާ އެކަމެއްގެ މުހިންމުކަން ކެނޑޭނެ..
މިނިސްޓަރަށް
13 March 2025
ގްރޫޕް މީހުން މައްކާގައޭ ވިދާޅުވެ މައްސަލަ ނިންމަވާ ނުލައްވާ. މިޒަމާނަކީ ކޮންމެ ތަނެއްގައި ހުރި މީހަކު ހޯދައިގެންވެސް ކުރަންޖެހޭ ކަންކަން ކުރެވޭނެ މަގު ތަނަވަސްވެފަ އޮތް ޒަމާނެއް. ހަމަ ގައިމުވެސް ސަރުކާރުގެ ހައްޖު ކޯޕަރޭޝަން ނުވަތަ މިނިސްޓްރީގެ މީހުން މިވަގުތުވެސް މައްކާގަ ތިބޭނެ. ތިޔަ ބުނާ ގްރޫޕެއް ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ. މިއަށްވުރެ ޒިންމާދާރުވެލައްވާ، ނޫނީ ތިޔައީ މިނިސްޓްރީއިން ބަލަން ޖެހޭ ކަމެއް ނޫނޭ ވިދާޅުވޭ
ނާއިންސާފު
13 March 2025
ހަރުކަށި ފިޔަވަޅަކީ ކޮބާތޯ މިނިސްޓަރ؟ އުމްރާ ގްރޫޕް ޖޫރިމަނާ ކުރުންތޯ؟ ޖޫރިމަނާ ކުރީމަ އެ ފައިސާ ލިބޭނީ ދައުލަތަށް ދެއްތޯ؟ އުމްރާއަށް ދިއުމަށް ފައިސާ ދެއްކި މީހުންގެ ހައްގުތައް ކަށަވަރުކޮށްދޭނީ ކޮން މިނިސްޓްރީއަކުންތޯ؟ އެމީހުންނަށް މި ރަމަޟާން މަހު އުމްރާއަށް ދެވޭނެތޯ؟ އެމީހުން ބުރަ މަސައްކަތުން އެއްކުރި ފައިސާކޮޅަށް ވާނެ ގޮތެއްވެސް ނޭނގޭ. ހަރުކަށި ފިޔަވަޅު އަޅައިގެން އެމީހުންނަށް ގެންލުނު ވަގުތު ހޯދަދޭން ކެރޭނެތޯ މިނިސްޓަރަށް.
އަތަމާ އަބްދުލް ޣާދިރު.
13 March 2025
އަސްކޮއި ގްރޫޕްގަ ބަންގާޅު މީހަކު ހުރިކަމުގަ ވާނަމަ، ނޫނީ އެމީހުން ގެ މަސައްކަތު މީހަކު ވާނަމަ، މިހާރުން މިހާރައް އެންމެންނައް ދިވެހި ވަންތަކަމާ ގައުމިއްޔަތު ވަރައް ފުރިހަމައައް ދައްކުވާދިން ތި ހިޔާނާތައްޓަކާ ދިވެހި ރައްޔިތުކަން ދޭން ފެނޭ! ދިވެހިންކަމައް ކުފޫ ހަމަވޭ މިކަމުގެ ސަބަބުން.