މާލެއިން ގެއްލުނު އަންހެން މީހާ.
13 މާޗް 2025 - 12:09
މާލެއިން މީހަކު ގެއްލިގެން އޭނާ ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދަނީ އުމުރުން 31 އަހަރުގެ ހައްވާ ހަސަން އެވެ.
މާލެއަށް ނިސްބަތްވާ އެމީހާ ގެއްލިގެން ހޯދަނީ ގެއިން ދިޔަ ފަހުން ހަބަރެއް ނުވެ، ވީނުވީއެއް ނޭނގިގެން އާއިލާގެ ފަރާތުން މިމަހުގެ 8 ވަނަ ދުވަހު ރިޕޯޓް ކުރުމުންނެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން އޭނާ ހޯދުމަށް އެކި މަސައްކަތްތައް ކޮށްފައިވާ ކަމަށާއި އެކަމަކު މިހާތަނަށް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، އޭނާގެ ފޮޓޯ އާންމުކޮށް، އޭނާ ހޯދުމުގައި އާންމުންގެ އެހީއަށް ފުލުހުން ވަނީ އެދިފަ އެވެ.
ފުލުހުން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.
އަންހެނަކު ގެއްލިގެން ހޯދަން އިއުލާނުކުރިއިރު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އާއިލާއަށް ހަބަރެއް ނުވާތީ ނ. މަނަދޫ، އަބްދުﷲ ޝިހާދު ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.
އޭނާ ވެސް ގެއްލުނީ މާލެއިން ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނަސް
14 March 2025
ސީރިއަލް ކިލަރ އޮންދަ ލޫސ؟
ދޮންދީދީގެދަރި
14 March 2025
މިއީ ފިލޭނެ ވަރު ޤައުމެއް ނޫން އެކަމަކު މީހުން ގެއްލޭނެ އަބަދު. އިންޑިއާ ތަނެއް ނަމަ ފިލައިގެން އޫޓީގެ ޖަންގަލީގައި އުޅެވޭނެ. މިތާ ފިލަންވެގެން ވަލު ތެރަށް ވަނީމަ ނިކުމެވޭނީ ޖެހިގެން ހުރި ހައްވަ ގޯތި ގިފިލިތެރެއިން. ހައްވަގެ ފިރިމީހާ ގިފިލީގަ ރުކަށް އަަރާ ހުއްޓާ ފިލަން އުޅުނު މީހާ ނުފެނި ނުދާނެ. މީހަކަށް ނުފެނި ގެއެއްގެ ކޮޓަރީގައިވެސް ނޫޅެވޭނެ
raajje
13 March 2025
ގެއްލުނުމީހާހޯދުމަށް ފުލުހުންކުރިމަސައްކަތަކީ އާންމުންގެ އެހީއަށްއެދުމެވެ. އާދެ މިއީފުލުހުންކުރި ވަރަށްބުރަ މަސައްކަތެއްކަން ފާހަގަކުރަމެވެ.
ދަލޭކާ
14 March 2025
އާއްމުންގެ ބަޔަކު ރިޕޯޓުކޮށްފައި ފުލުހުންނަށް އެންގީމަ ދެން އެމީހާ ހޯދީ ތިމަންނަމެންނޭ ފުލުހުން ބުނާނެ އާއިލާ ކާއިރީ. ދެން މެޑަލް ޖަހައިގެން ތިބެނީ.
ޢަސްލު ވާ ގޮތް
13 March 2025
ދެމީހުން އެއްކޮށް ފިލީ ކަމަށް ވުން ގާތް..
މާހޯރަ އ
13 March 2025
ގެއްލުނު ފިރިހެން މީހާ އާއި އަންހެން މީހާ އެއްދުވަހެއްގައި ގެއްލުމުން ދެމީހުންގެ މެދުގައި ކަނެކްޝަނެއް އޮތްކަމާމެދު ޝައްކު ނުއުފުދޭބާ؟ މި ދެމީހުން ގެއްލުމުގައި ސުވާލުއުފެދޭ ކަމެއް ނެތްބާ؟
އަންދަލޫސިޔާ
13 March 2025
ރިލްވާން ގެއްލުވާލީމާ އޭރުގެ ރައީސް ވެސް ދެއްވީ ފިނި ޖަވާބެއް. ފުލުހުން އެކަމާ އުޅުއްވާނެ ނޫންތޯ؟ ދެން 2018 ގެ ކެމްޕެއިންގައި ހަމަ އެ ރައީސް ވިދާޅުވީ ހަމަކަށަވަރުން ވެސް ރިލްވާން ވަނީ މަރުވެފައޭ. މި ކަންކަން އަޅާނުލާ ތިބެގެން، މިތަން ކޮލަމްބިއާ އަށް ބަދަލުވެދާނެ.