ޑޯނިއާ ބޯޓު މޫދަށް ގަންބާލަނީ -- ފޮޓޯ: އެޗްޑީސީ
15 މާޗް 2025 - 21:20
އެއާ މޯލްޑިވްސްއިން ބޭނުންކުރި މަތިންދާބޯޓެއް ކ. ކުޑަގިރި ކައިރިއަށް ކަނޑު އަޑިއަށް ފައްތައިގެން ޑައިވް ސައިޓެއް ހަދައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ކުޑަގިރި ކައިރީގައި ޑައިވްސައިޓް ހަދަން ފައްތާފައިވާ ޑޯނިއާ 228 އަކީ އެއާ މޯލްޑިވްސް އިން ފުރަތަމަ ގަތް އެއް އެއާކްރާފްޓް ކަމަށެވެ. "ދޫނިއާ ރެކް" ގެ ނަމުގައި އެތަން ޕްރޮމޯޓް ކުރާއިރު އެއީ ރާއްޖޭގެ އޭވިއޭޝަން ތާރީހާ ގުޅޭ، ޑައިވް ސައިޓެކެވެ.
ޑޯނިއާ ބޯޓު ކުޑަގިރި ކައިރިއަށް ގަންބާލަނީ -- ފޮޓޯ: އެޗްޑީސީ
އެޗްޑީސީ އިން އެ މަސައްކަތްކުރީ އެމްއެމްޕީއާރްސީ އާއި އެމްޓީސީސީއާ ގުޅިގެންނެވެ. އެ ބޯޓު އެ ސަރަހައްދަށް ފެއްތުމުގެ މަސައްކަތް ކުރީ އެމްޓީސީސީގެ ލޭންޑިން ކްރާޓެއްގެ އެހީގަ އެވެ.
ކުޑަގިރި އަކީ މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދިއުމަށް ހަދާފައިވާ ރަށެކެވެ. އެރަށް ބޭނުން ކުރަން ފެށީ 2023 ވަނަ އަހަރު އެވެ.
ގަންބާލީ ރާއްޖޭގައި ބޭނުން ކުރި ފުރަތަމަ އެއް މަތިންދާ ބޯޓު -- ފޮޓޯ: އެޗްޑީސީ
އެ ސަރަހައްދުގައި ތާރީހީ ޑައިވް ޕޮއިންޓެއް ހެދި އިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޑިއަށް ގޮސްފައި ހުރި ބައެއް ދޯންޏާއި ބޯޓުތަކުގެ ޑައިވް ސައިޓުތަކަކީ ވެސް ޓޫރިސްޓުންގެ މެދުގައި މަގްބޫލު ތަންތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯކާބެ
17 March 2025
ދިވެހިރާއްޖޭގެ ޝަރަފްވެރި ވައިގެ ތާރީޚް ކަންޑުފެއްތީ. ކަނޑު ފެއްތީމާ އަންނަން އޮތް ޖީލު ތަކަށް ދެން ތި ފެންނާނީކީ ނޫން. ކީއްތަވާނީ ސަލްޓަން ޕާކުގަ ބޭއްވިއްޔާ. ރާއްޖޭގެ ސީއެމްބިއުލަން އަދިވެސް ފެލިވަެުގަ އޮވޭ ރީތިކޮށް ފެންނަނަް
ތާރީޚް ކަނޑުފެއްތީ އެވެ!
17 March 2025
ތިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ! ތިކަމުން ލިބޭނީ ޙަޤީޤަތާއި ޚިލާފް ބިރުވެރި މެސެޖެކެވެ. ސައިޓްތައް ހަދަނީ ޙަޤީޤަތުގައި ވެސް ހިނގާފައި ހުރި ޙާދިޘާ ތަކުގެ މައްޗަށް ބުރަވެއެވެ. ފުރަތަމަ ގަތް އެއް އެއަރކްރާފްޓް ކަނޑު ފެއްތުމުގެ ބަދަލުގައި އޮފް ކޮށްފައި ޑިސްޕްލޭ ކުރަން މާލޭ އިންޓަރނޭޝަނަލް އެއަރޕޯރޓް ނުވަތަ މޯލްޑިވިއަންގެ އަމިއްލަ މިއުޒިއަމެއް އުފައްދައި އެތަނުގައި ބޭއްވުން މާ އައުލާކަން ބޮޑެވެ.
ީްއިޑިއޮށސް
17 March 2025
އާ ޓާރމިނަލްގެ އާރޓް އިންސްޓޮލޭޝަން އަކަށް ހެދުނީސް. ސްލޯ ރިލީޒ ޓޮކްސިންސް ހުރިތޯ ބެލިބާ.
ގަމަރިއްޔާ
16 March 2025
ދާރުލްއާސާރަކަށް ލާން އޮތް އެތިވެސް ކަނޑު އެފެއްތީ.
އަންތަރީސްވެއްޖެ
16 March 2025
މޫދަށް ވެއްޓުނު ބޯޓަށް ނުވާއިރު، މި ކަނޑު ފައްތަނަޖެހޭ އެއްވެސް ސަބަބެއް ނެތް. ޤައުމުގެ ތާރީހާއި ގުޅިފައިވާ ބޯޓަކަށްވާއިރު، އެންމެ އަހުލާކަން ލިބިގެންވަނީ ވެލާނާ އެއަރޕޯޓް ގައި ޑިސްޕްލޭއަކަށް މި ބޯޓު ބަހައްޓަން. ގިނަ ރައްޔިތުންނާއި ފަތުރުވެރިންނަށް ފެނި ފޮޓޯ ވެސް ނަގާނެ.
މައްކުބޭ
16 March 2025
ތީގެ ސަބަބުން ޓޫރިސްޓުންނަށް ނުބައި މެސެޖެއްވެސް ލިބިދާނެ، ރާއްޖެގެ އޭވިއޭޝަން ދާއިރާއަކީ ރަނގަޅު ރެޕިއުޓޭޝަން އެއް އޮތް ދާއިރާ އަކަށް ވެފަ، ކަނޑު އަޑިން މަތިންދާ ބޯޓެއް ފެނުމުން އެމީހުން އޭވިއޭޝަން ސެކްޓަރ އާ މެދު ސުވާލު އުފައްދާނެ ދޯ؟
ހަމިން ބާޑު
17 March 2025
މަގޭ ހިތަށްވެސް އެރީ ހަމަ ތިޔަހެން.
އަލީބެ
16 March 2025
ތިބޯޓު ރީތިކޮށްލާފަ އެއަރޕޯޓް ކުރިމަތީ ބޭއްވިނަމަ ކޮންމެދުވަހަކު ހުރިހާ ދިވެހިންނަށް ފެނުނީސް. ތިއީ ބޮޑުޚިދުމަތެއްގެ އަދި ބޮޑު ހިތްވަރަކާއި އަޒުމެއްގެ ފެށުން. މޯލްޑިވިއަން ދިވެހިންގެ ފަޚުރު ތިފުލައިޓަށް ޖާގަލިބެންވީކީ މޫދުއަޑިއަކުންނޫން.
ކަލްކަތާޅި
16 March 2025
ދެން ތިޔަ ސައިޓާ ގުޅުވައިގެން ވާހަކަ ހަދައި، އެންމެ ފަހުން މޫދުގަޖައްސާ ބޯޓަށް އަރަން ނުކެރި ބޮޑު ބިރުވެރިކަމަކަށް ނުވެއްޖެޔާވާ ރަނގަޅު.
ބަވަވަކެ
16 March 2025
ޓުއަރިސްޓުންނަށް ކިޔާދެނީ އެއީ ފެތިފައި އޮތް ބޯޓެކޭތަ؟
މަ ބުނީ
15 March 2025
ތިޔައީ މެގަ ޕުރޮޖެކްޓެއްތޯ؟
4
15 March 2025
ދެން ގެސްޓުންކައިރީގާ ބުނާނީ މީ މީގެ އެއްހާސްއަހަރު ކުރިން މިތަނަށް އަޑިއަށްދިޔަ ބޯޓެކޭތަ؟