ކުޅިވަރު / އެފްއޭއެމް ކޮންގްރެސް

ބޮއިކޮޓް ކުރި ކްލަބްތައް ނުލައި ކޯރަމް ހަމަކޮށް އެފްއޭއެމްގެ ކޮމިޓީތައް ހޮވައި އޮޑިޓް ފާމު ކަނޑައަޅައިފި

އެފްއޭއެމުން ރޭ ބޭއްވި ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާ އެކު ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި ފީފާ އާއި އޭއެފްސީގެ މަންދޫބުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފްއޭއެމްގެ ކޮންގްރެސް ބޮއިކޮޓް ކުރި އެއްވަނަ ޑިވިޝަނުގެ ފަސް ކްލަބެއް ނުލައި ކޯރަމް ހަމަކޮށް އެ އެސޯސިއޭޝަންގެ ކޮމިޓީތައް އެކުލަވާލައިފި އެވެ.

އެއްވަނަ ޑިވިޝަނުގެ ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގްރީން ސްޓްރީޓް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބުރު ސްޕޯޓްސްއިން ކޮންގްރެސް ބޮއިކޮޓް ކުރި އެވެ. އެ ފަސް ކްލަބަކީ އެފްއޭއެމުން ކުރިން ދެ ފަހަރަށް ބާއްވަން އުޅުނު އިންތިހާބުގައި ފުރަތަމަ އިންތިހާބަށް ކުރިމަތިލި އީގަލްސްގެ ސީއީއޯ މުފާވިޒު ހާޝިމް އަދި ދެވަނަ ފަހަރަށް ބާއްވަން އުޅުނު އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައިސް ބައްސާމް އަދީލް ޖަލީލަށް ތާއީދު ކުރި ފަސް ކްލަބެވެ.

އެއްވަނަ ޑިވިޝަނުގެ ކްލަބްތަކުގެ ތެރެއިން ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ ކްލަބްތަކުގެ ތެރެއިން ކޮންގްރެސްގައި ބައިވެރިވީ ކްލަބް ވެލެންސިއާ، މާޒިޔާ އަދި ޓީސީ އެވެ. އެ ތިން ކްލަބަކީ ދެ ފަހަރު ވެސް އިންތިހާބަށް ކުރިމަތިލެއްވި އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރި ކްލަބްތަކެވެ.

ކްލަބް ޕީކޭއިން ކޮންގްރެސް ބޮއިކޮޓް ކުރާނެ ކަމަށް ކުރިން އަޑު ފެތުރިފައި އޮތެވެ. އެކަމަކު އެ ކްލަބުން ވަނީ ހެންވޭރި މީރުމާ ހޮޓެލްގައި ބޭއްވި ކޮންގްރެސް އަށް ހާޒިރު ވެފަ އެވެ.

ކޮންގްރެސްގައި މައިގަނޑު އޮތީ އެފްއޭއެމްގެ އެތެރޭގެ ކޮމިޓީތަކަށް މެންބަރުން ހޮވުމެވެ. އަދި އެފްއޭއެމްގެ މިދިޔަ ދެ އަހަރުގެ ހިސާބުތައް އޮޑިޓް ކުރާނެ އޮޑިޓް ފާމެއް ވެސް އައްޔަން ކުރުން ވެސް ހިމެނެ އެވެ.

އެފްއޭއެމްގެ ކޮންގްރެސް، ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކުން ބޮއިކޮޓް ކުރި ނަމަވެސް ކޯރަމް ހަމަވުމުން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެޕީލްސް ކޮމިޓީގެ މެންބަރުން:

1. މުހައްމަދު ޝަފާޒް ވަޖީހް / މ.ހަޒާރުމާގެ، މާލެ.

2. އަހްމަދު ނާޒިމް މުހައްމަދު / އެފް.ޑަބްލިއު ރެސިޑެންސް / ހުޅުމާލެ’ މާލެ.

3. އަޒީނާ ޢަބްދުލް މަތީން / މ.މާފަރު / މާލެ.

4. އިސްމާއީލް ދާނިޝް / މ. ޝޭޑީ ކެބިން / މާލެ.

5. މުހައްމަދު ޒައީމް / މ. އީސްޓަން ލޭގޫން، މާލެ.

ޑިސިޕްލިނަރީ ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއްވިޒު ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.

ޑިސިޕްލިނަރީ ކޮމިޓީ:

1. މުއައްވިޒު ރަޝީދު / ގަޒީރާ، ގދ. ތިނަދޫ

2. މުޙައްމަދު ސަމާހް / ސަމަރ ޕެލަސް / ތ. ކަނޑޫދޫ

3. ހުސައިން ރަޝީދު / މ. އަދުންކޮޝީގެ، މާލެ.

4. އިސްމާއީލް ޒުމައިލް ރަޝީދު / މ. ފުޅަފި، މާލެ.

5. ބައްސާމް ރަޝީދު / ގ. ނޫ ބިނާ، މާލެ.

އެތިކްސް ކޮމީޓީ:

1. މުހައްމަދު އިބްރާހިމް / ކިއުޕިޑް، ޅ. ނައިފަރު

2. އުމަރު މަމްދޫހް، / ރީތިވިލި، ވިލިމާލެ، މާލެ.

3. އާއިޝަތު ރިއުޝާނާ / ޓޫލެޓް، ގދ. ތިނަދޫ.

އެފްއޭއެމް އޮޑިޓް ކުރަން ކުރިމަތިލީ ދެ އޮޑިޓް ފާމަކުންނެވެ. އެއީ މީގެ ކުރިން ވެސް އެ އެސޯސިއޭޝަންގެ އޮޑިޓްގެ މަސައްކަތް ކުރި އެމްއެޗްޕީއޭ އެވެ. އެ ފާމުން ހުށަހެޅީ 2023 ގެ އޮޑިޓް 62,640ރ. އަގަކަށް ކޮށްދިނުމަށެވެ. ދެން ކުރިމަތިލީ ޕްރޫޑެންޓް ޗާޓާޑްއިންނެވެ. އެ ފާމުން ހުށަހެޅީ 2023 އަދި 2024 ގެ އޮޑިޓްގެ މަސައްކަތް ޖުމުލަ 88,650ރ. އަގަކަށް ކޮށްދިނުމަށެވެ.

އެފްއޭއެމުން ބުނީ ދެ ޕްރަޕޯސަލް އަށް ބެލުމަށް ފަހު އެންމެ ރަނގަޅު ޕްރަޕޯސަލްއެއްގެ ގޮތުގައި ޕްރޫޑެންޓް ޗާޓާޑްގެ ޕްރަޕޯސަލް ޝޯޓްލިސްޓްކޮށް ނޯމަލައިޒޭޝަން ކޮމިޓީން އެ ނަން ކޮންގްރެސް އަށް ހުށަހެޅީ ކަމަށެވެ. ކޮންގްރެސްގައި ކްލަބްތަކުން އެ ފޯމަށް ރުހުން ދިނެވެ.

9 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

12ހައިސަމް

16 March 2025

ބައސާމް ސުޕާރި ދޭ ބޯއިސްކޮޅު ނުލާ ވެސް މިކަން ވާނެ.

The name is already taken The name is available. Register?

އިއްޕަޓޭ

16 March 2025

މަށަށް ފެންނަނީ ބައްސާމުގެ ކުދިންކޮޅު ހިންގާ ތިޔަ 5 ކުލަބު މުޅިން ފުޓުބޯޅަ ބޯއިކޮޓްކޮށްފަ އަތޮޅުތެރޭގެ ޓީމުކޮޅެއް އެމީހުންގެ ބަދަލުގަ ނަގަން. ހަމަގައިމުވެސް ހިންގުންތެރިކަން މާބޮޑަށް ރަނގަޅުވާނެ. އަދި ކިއެއްތަ، ފުޓުބޯޅަ ކުޅޭނީވެސް ކުޅޭހިތުން. މާލެމީހެއްގެ ހައިސިއްޔަތުން މިހެން މިބުނެލީ.

The name is already taken The name is available. Register?

3639

16 March 2025

ސުވާލަކީ ކޯރަމް ހަމަނުވާ ޖަލްސާއަކުން ނިންމާނިމުންތައް ރަގަޅު ވާނެބާއޭ؟

The name is already taken The name is available. Register?

ލަޕިޓް

16 March 2025

ކޯރަމް ހަމަވިއޭ. ލިޔުން ކިޔާލިނަމަ އެނގުނީސް. ވޯޓުލުމުގެ ހައްގު އޮންނަ 8 ކުލަބުގެ ތެރެއިން 3 ކްލަބު ހާޒިރުވީމަ ކޯރަމް ހަމަވާނެ. މިއީ ބައްސާމު ވަކިހިއްޕަންވެގެން ހެދި ގަވާއިދެއް، އެކަމު މިހާރު އެއޮތީ ލަނޑުލިބިފަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 March 2025

ނަމުގެކުރިއަށް "ޤައުމީ" ލައިގެން އުފައްދާފައިވާ Football Association of Maldives އުވާލާފައި ލާމަރުކަޒީއުސޫލުން ކުޅިވަރުތަށްވެސް ޑިސެންޓްރްލައިޒް ކުރުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތުރީޖަން، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ ކޮންމެރީޖަނެއްގައި ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަންހަދާ ރީޖަންތަކުގެ އެސޯސިއޭޝަން ބައިވެރިވާ ޤައުމީ ފުޓްބޯޅަ ފެޑަރޭޝަން އުފައްދަންޖެހޭ ވަގުތު ޖެހިއްޖެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 March 2025

މިދެންނެވިގޮތަށް 3 ރީޖަންގެ މައްޗަށް ލާމަރުކަޒުކޮށް ރީޖަންތަކަށް ރީޖަނަލް ލީޤް ބޭއްވުމުގެ ބާރުދީފައި ރީޖަނަލް އެސޯސިއޭޝަން ތަކުގެ ރައީސާއި ޖެނެރަލް ސެކްރެޓަރީ އަދި ރީޖަންގެ އެންމެ މޮޅު 4 ޓީމްގެ މެނޭޖަރާއި ކެޕްޓަނުން ވޯޓް ދީގެން އިންތިޙާބު ކުރާ ބަޔަކު ތިބޭ National Football Federation އުފައްދައިގެން ނޫނީ ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކާއި، ޤަބީލާތަކުގެ އަތްދަށުގައި ރަޙީނު ކުރެވިފައިއޮތް ކުޅިވަރު ސަލާމަތްކޮށް ތިތަނުގެ ޙިޔާނާތްވެސް ނުހުއްޓުވޭނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 March 2025

މަތީގައިދެންނެވި އިސްލާޙީ ބަދަލަށްޓަކާ FIFA އާއި AFC ގެ ފަންނީ މާލީއެހީތެރިކަމަށް ކުޅިވަރުގެ ވުޒާރާއިން އެދެންޖެހޭ. އަދި ބަހާލެވޭ 3 ރީޖަންގެތެރޭގައި ހޯމްއަވޭ އުސޫލުން މުބާރާތްތައްބޭއްވުމަށް، ރާއްޖޭގެ ބައިނަލްއަޤުވާމީ 3 އެއަރޕޯޓްއޮތް ކ.ހުޅުމާލާލެ، ހދ ހަނިމާދޫ އަދި އައްޑޫސިޓީގައި ސާފްގޭމްސް ބޭއްވޭވަރުގެ 3 ސްޓޭޑިއަމް ތައްޔާރުކުރުމަށް International Olympic Committee އާއި FIFA ގެ އެހީތެރިކަންހޯދައި ވަސީލަތްޤާއިމްކޮށް ކުޅިވަރަށް ކުރިއެރުން ހޯދަންޖެހޭ.

The name is already taken The name is available. Register?

އާރީ

16 March 2025

ބޮއިކޮޓް ކޮށްގެން ތިބޭ ބަންސާމް ދެށް ނާންނާނެ

The name is already taken The name is available. Register?

ކިތުނާ

16 March 2025

ބޯއިކޮޓްގެން ހަމަ ދެރަވީ އެމީހުނެއްނު. އެމީހުން ބޭނުންވާ އެކަކަށްވެސް ޖާގަނުލިބުނީ. ބަލިވާނެކަން އެނގޭތީ ދުރާލާ ބަލިހަބޫލުކުރީކަންނޭންގެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454