ރަށްރަށުގައި ކުނިމެނޭޖް ކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.
16 މާޗް 2025 - 10:18
ހުއްޓިފައިވާ މަޝްރޫއުތައް ހިމެނޭ ގޮތަށް، 75 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުތައް އެމްްޓީސީސީ އާއި ފެނަކަ އަދި އާރުޑީސީއާ ހަވާލުކޮށްފައި ވަނީ ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓްރީން ކުރިއަށް ގެންދާ "މަގޭ ސާފު ރާއްޖެ ޕްރޮގްރާމު" ގެ ދަށުންނެވެ.
މަސައްކަތް ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ރައްކާތެރިކަމާ އެކު ކުނި މެނޭޖްކުރުމަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އެކަމުގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ވެސް 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ވެމްކޯއާ ހަވާލުކޮށްފަ އެވެ.
އިއްޔެ ބޭއްވި ރަސްމިއްުޔާތެއްގައި 75 ރަށެއްގެ އެ މަޝްރޫއުތައް ހަވާލުކުރި އިރު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 26 ރަށެއްގައި ކުރިއަށްދާ މަޝްރޫއު އަޕްގްރޭޑުކުރާށެވެ. އަދި ފެނަކައާ ހަވާލުކޮށްފައި ވަނީ 22 ރަށެއްގައި ހިނގަމުންދާ މަޝްރޫއު އަޕްގްރޭޑްކުރުމާއި ތިން ރަށެއްގައި މުޅިން އަލަށް އެ ހިދުމަތް ފެށުމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 20 ރަށެއްގެ މަޝްރޫއު އަޕްގްރޭޑްކުރުމާއި ހަތަރު ރަށެއްގައި އަލަށް އެ ހިދުމަތް ގާއިމުކުރާށެވެ.
ރަށްރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގެ ތެރެއިން ކުނި މެނޭޖްކުރުމުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރާ 109 ރަށެއްގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަނީ އެފަދަ މަޝްރޫއުތައް، މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ގާއިމުކޮށްފައި ކަމަށެވެ.
އެ މަސައްކަތް މިއަހަރުގެ ފަހުކޮޅު، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރަށްރަށުގައި ގާއިމުކުރާ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތަކަށް ބޭނުންވާ ސާމާނާއި ކުނި އުފައްދާ އުޅަނދުތައް ވެސް މިއަހަރުގެ ތެރޭގައި ފޯރުކޮށްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުމަނިކު
17 March 2025
ތިގޮތައް ސަރުކާރު ކުންފުތަކަށް ޕްރޮޖެކްދެނީ މިމީހުންގެ އަރިސް ބޭފުޅުންނަށް ބިޑަކާނުލައި ޕްރޮޖެކްތައް ދޭންވެގެން.
ޖައިޝަމ
16 March 2025
މުއީޒް ވަރެއް ނެތް
ޒިދްނާ ހަލީމް
16 March 2025
އެތައް ސަތޭކަ މަޝްރޫއު މިހާރުވެސް ކުރިޔަށް އެބަދޭ. ތަރައްޤީ ގެ މަޝްރޫއެއް ކުރިޔަށް ނުދާ ރަށެއް މިހާރަކު ނޯންނާނެ. މި ހަޤީގަތް ޤަބޫލުކުރަންޖެހޭ
ޢެޑްމުންޑޯ
16 March 2025
ފެނަކަ އެމްޓީސީސީ ޜޯޑް ކޯރޕަރޭޝަން އާއި ހާދަމަސައްކަތޭ ތިހަވާލުކުރަނީ ، ރައްރަށުގެ ފެނާއި ނަރުދަމާއި ހޮސްޕިޓަލްތަކާއި ސިއްހީމަރުކަޒް ތަކާއި ރަށު އޮފީސްތަކާއި ޕޮލިސްސްޓޭޝަންތަކާއި ވޮލީކޯޓައި ފުޓްސަލްކޯޓްތަކާއި ، ކުނިގޮނޑުތަކާއި މަގުހެދުމާއި ، ކިޔާނެ ކަމެއް ހާދަ ދިގުލިސްޓެކޭ ، މަގޭ ހިތައްއަރާ ،،،
ޜަެްޖޖސޖ
16 March 2025
މާލެގެ ކުނި މެނޭޖް ކުރުން ތަންކޮޅެއް ރައްޔިތުންނަށް އަތް ފޯރާވަރުގެ އަގެއްގަ ދެވޭނެ ކުންފުންޏަކާ ހަވާލު ކުރަންޖެހޭއެބަ. ގެއިން އެއްޗެއް އެއްލާލެވެނީ އެގަންނަންދާ އަގުގަ
އައްބެ
16 March 2025
ވީހާ ގިނަ މަސްރޫއުތަކެއް ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިއުން ރަނގަޅު.
ޢިސްލާހު
16 March 2025
ކުނި ޖަމާކުރާ މަރުކަޒު އަޅާނީ. ކުނި ޖަމާކުރުން ފިޔަވާ އެހެންކަމެއް ކުރާތަނެއް ނުފެނޭ
ރަށު ކޮންޓްރެކްޓު
16 March 2025
މިގޮތަށް ކުދި ކުދި ޕްރޮޖެކްޓުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރީމާ ކުދި އަދި މެދު ފަންތީގެ އަމިއްލަ ވިޔަފާރިތަކަށް ހުންނަ ފުރުސަތުތައް ގެއްލިގެންދާނީ. މިފެންނަނީ ސަރުކާރު ކުންފުނިތަކުގެ މަސައްކަތްތައް މަދުވެ މެންޑޭޓުން ބޭރުން މަސައްކަތް ކުރާތަން