މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ނަރީޝް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 މާޗް 2025 - 12:39
މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އަހުމަދު ނަރީޝް، މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އެޑްވައިޒަރަކަށް އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެޑްވައިޒަރެއްގެ މަގާމަށް ނަރީޝް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވިކަން ޔަގީން ކޮށްދެއްވައިފަ އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މިނިސްޓަރެއްގެ ފެންވަރުގެ މަގާމަކަށް އައްޔަން ކުރައްވައިފި ނަމަ އެ ބޭފުޅަކަށް މިނިސްޓަރެއްގެ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާނެ އެވެ. މިނިސްޓަރަކަށް މުސާރާ އާއި އެލަވަންސްގެ ގޮތުގައި މަހަކު 66،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
އިސްތިއުފާގެ ސިޓީއާއެކު ނަރީޝް މިދިޔަ ބުދަ ދުވަހު ވިދާޅުވީ، މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން ވަކިވެވަޑައިގަތީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން ކަމަށެވެ.
ޕީޕީއެމްގެ ޓިކެޓުގައި ނަރީޝް ކައުންސިލަށް އިންތިހާބުވެވަޑައިގަތީ ޖޫން 21، 2021 ގަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުކަމުން ނަރީޝް އިސްތިއުފާ ދެއްވުމުން މިއަދު ވަނީ އެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަރީޝް އިންތިހާބު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
17 March 2025
ނަސްރީނުގާތު އަހާބަލަ އެކަކާ ސުމަކާވީމަ ވާނީ ކިހާވަރުހޭ!
އިސްމާލި
17 March 2025
ފުޓްސަލް ދަނޑު އަޅާ މިނިސްޓަރީއެއްގެ މިނިސްޓަރަށް އެޑްވައިޒު ދޭން މިނިސްޓަރުގެ ފެންވަރުގައި އެޑްވައިޒަރެއް ލާނީ، ގައިމު މިހާރު ހުރި މިނިސްޓަރުގެ ކަންފުޅެއް ނެތީމައި ނުވަތަ، މިނިސްޓަރީގެ މަސައްކަތްތައް އެހެން ލެވެލަކަށް ޖައްސައި މިނިސްޓަރީ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ހެވިކަމުގެ ވުޒާރާއަކަށް ހެދުމަށްޓަކައި ކަން ޔަގީން.
ނުރުހެން
17 March 2025
މިކަހަލަ ދެއުޅިއެއް ނުވާ ކަންކަން ކުރާތީވެ މައްސަލައަކީ. މީ ކޮންކަމެއް ހާސިލްކުރަން ކުރިކަމެއް؟ ދައުލަތުގެ މާލިއްޔަތުން ފައިސާތަކެއް ނަގާފަ ދިނުން ކަހަލަ ކަމެއްމީ. މީނާގެ ފަރާތުން ދައުލަތަށް ލިބޭނެ އެއްވެސް އެއްޗެއް އޮތްހެނެއް ހިޔެއްނުވޭ. ކަމަކުނުދޭ މިހާރު ކަންކަން މިދާގޮތެއް.
މަންޑޭނައިޓް
17 March 2025
މިއީ ވެރިކަމެއްހޭ ** ވެރިކަމެއް ހޭ.
ސިލްމާ ޒާހިރު
17 March 2025
ދެން ޑެޕިއުޓީ ގަވަރުނަރުކަން ދެއްވާ! 2 މިލިޔަން ޓޫރިސްޓުން ގެނައި ޑޮލަރު ގުނާނެ މީހަކު ބޭނުންވޭ!
މުޑަހަންޖާ
17 March 2025
އުނދުނެއްގެ ފެންވަރުގަ ފަހާފޮއްޓެއްވެސް ބެހެއްޓިދާނެ، ސަބަބަކީ ތިބުނާ ފެންވަރު އެއީ އެމީހަކު ހިތައްއެރި އެއްޗެއް.
ޝުކުރީ ބެ
16 March 2025
މި 5 އަހަރު ނިމެންދެން ދެން ޝުކުރުކޮށްލައިގެން ތިބެންވީ. އެކަމު ދެން އެއްވެސް ބަޔަކަށް ވޯޓުލާން ދިއުން މި ނިމުނީ. އަނެއްކާވެސް 2027 ގަ އިވޭނެ ކޮންމެ ބަޔަކުވެސް ދީނާ، ގައުމާ ރަައްޔިތުންގެ ހައްގުގައޭ ކިޔާފަ ޕޯޑިއަމްތަކުން. ހެޔޮވިސްނުން ދެއްވާށި!
އުދުހޭ
16 March 2025
ޒުވާނުންނަށް ފައިސާ ގުނުމުގެ ހުނަރު ދަސްކޮށްވޭ ޕްރޮގްރާމެއް ހިންގަން އެޑްވައިސް ދޭން ފެނޭ
ކުޑަދޫ2
16 March 2025
ކިތެންމެ އަގުބޮޑު ސޫޓާއި ގަމީސްލިޔަސް ތީ ކިހާ ފެންވަރެއްގެ ކާކުކަން ގިނަ މީހުން ދަނޭ. ދުލަށްއައިހާ އެއްޗެއް އަޑަށް ބާރުލާފަ ކިޔަން ކެރުނަސް ތީކީ ރައްޔިތުން ބޭނުންވާފަދަ ބަދަލެއްނޫން.
70007
16 March 2025
ތިވަރު މަގާމެއްދިންއިރު ތައުލީމީ ފެންވަރުވެސް ހާމަކޮށްލިނަމަ.