ޔަމަންގެ ހޫތީންގެ ސަރަހައްދުތަކަށް އެމެރިކާއިން ދިން ހަމަލާތަކަށް ފަހު އިމާރާތްތައް ހަލާކުވެފައި: އެމެރިކާއިން ވަނީ ހޫތީންގެ ހަމަލާތަކުގެ ބަދަލުގައި އީރާނަށް ހަމަލާ ދޭނެ ކަމަށް ބުނެފައި. -- ފޮޓޯ: އޭއެފްޕީ
19 މާޗް 2025 - 09:17
ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގައި އުޅަނދުތަކަށް ދޭ ކޮންމެ ހަމަލާއެއްގެ ޒިންމާ އީރާނުން ނަގަން ޖެހޭނެ ކަމަށާއި އެކަމުގެ އަދަބު އީރާނަށް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"ހޫތީން ފޮނުވާލާ ކޮންމެ އުންޑައަކަށް ވެސް ބަލާނަން. މީގެ ފަހުން ބަލާނީ ކޮންމެ ހަތިޔާރަކުން ފޮނުވާލާ އުންޑަ އަކީ އީރާންގެ ވެރިން ޒިންމާވާން ޖެހޭ އެއްޗެއް ކަމަށް. އަދި އެކަމުގައި ޒިންމާދާރު ކުރުވާނަން. މިކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ،" ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތުގައި ލިޔުއްވާފައިވެ އެވެ.
ހޫތީން ހަމަލާތައް ދޭތާ އެތައް މަހެއް ވެފައި ވާއިރު މިއީ މިކަމުގައި ސީދާ އީރާން ޒިންމާވާން ޖެހޭނެ ކަމަށް އެމެރިކާއިން ބުނި ފުރަތަމަ ފަހަރެވެ. އެއާ އެކު އީރާނުން ވަނީ މިއީ އެއްވެސް އަސްލެއް ނެތް ތުހުމަތެއް ކަމަށް ބުނެފަ އެވެ. އަދި އޭގެ ކުރިން އީރާނުން ވަނީ އެ ގައުމުގެ ފޮރިން ޕޮލިސީ ކަނޑައަޅާނީ އެމެރިކާއިން ނޫން ކަމަށް ބުނެފަ އެވެ. އެއީ ހޫތީންނަށް ތާއީދުކުރުން އީރާނުން ހުއްޓާލަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވާތީ ދިން ރައްދެކެވެ.
ޓްރަމްޕުގެ އިންޒާރު އައީ ޔަމަންގައި ހޫތީންގެ ބާރު އޮންނަ ސަރަހައްދަށް އެމެރިކާއިން ހަމަލާދީ 53 މީހަކު މަރާލުމަށް ފަހުގަ އެވެ. މި ހަމަލާތަކުގައި އިތުރު 98 މީހަކު ޒަހަމްވި އެވެ.
މި ހަމަލާތަކަށް ފަހު ހޫތީން ވަނީ އެމެރިކާގެ އެއާކްރާފްޓް ކެރިއާ ގްރޫޕަކަށާއި އިތުރު އުޅަނދުތަކަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެފަ އެވެ. މި ހަމަލާތައް ދިން ކަމުގެ އެއްވެސް ހެއްކެއް ނެތް އިރު އެމެރިކާއިން ބުނީ ހޫތީންނަކީ ދޮގު މައުލޫމާތު އާންމުކޮށް ފަތުރާ ބައެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
20 March 2025
އޭގެކުރިން އިސްރާއީލްގެ ޙަމަލާތަކުގެ އަދަބު އެމެރިކާއަށް ދޭންޖެހެއެވެ. އިސްރާއީލުން ޣައްޒާ މުޅިން ސުންނާފަތިކޮށް ކުޑަކުއްޖެއް މުސްކުޅިއެއް ބެލުމެއްނެތި ޢާއްމު ރައްޔިތުން މަރާ ހުސްކުރަމުންދާއިރު ދުނިޔޭގެ ގިނަ ޤައުމުތަކާދެކޮޅަށް އެމެރިކާއިން އެގެންދަނީ ފާޅުގައި އިސްރާއީލަށް ހަތިޔާރުދީ ހަނގުރާމާގައިވެސް ބައިވެރިވަމުންނެވެ.
ހަންނާނު
19 March 2025
ހަތިޔާރު ވިއްކައިގެން އެމެރިކާގެ އިޤްތިސާދަށް އަހަރަކު އެތައް ބިލިޔަން ޑޮލަރެއްވަންނައިރު އާދައިގެ ޤައުމަކުން ދޭ ހަމަލާއަކުން ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ވިޔަފާރިއަށްޓަކައި އެކަން ސިއްރުކުރުން ނޫން އެހެން ގޮތެއް ނޯންނާނެ. މީގެކުރިން ހޫތީން ދިން ހަމަލާއަކުން އެމެރިކާގެ އެންމެ އަގުބޮޑު ޑްރޯންއެއް ވައްޓާލީމާވެސް ބުނީ އެމެރިކާ ސިފައިންނަށް އޮޅުމަކުން ހެދުނު ގޯހެއް ކަމަށް.
އަސްލުމީ
19 March 2025
މީގެފަހުން ފަލަސްތީނަށް އިޒްރޭލުންދޭ ކޮންމެ ހަމަލާއެއްގެ ޒިންމާވާނީ އެމެރިކާ. އަހަރެމެން އެންމެން މިކަމުގައި ޒިންމާކުރުވާނަން. ޓްރަންޕަށް އެކަންޔެއްނޫން ތިހެން ބުނެވޭނި. ޔޫއަށް ވަކިގޮތެއް އަހަރެމެންނަށް ވަކިގޮތެއް ނޯންނާނެ. ހީކިލަނބާ ކުރިމަތިލާން ތައްޔާރުވެ
ކިއްލި
19 March 2025
ރާއްޖޭމީހަކު މަގައިގާ ޖަހައިފިއްޔާ ދެން މަގޭ ޖަހާނީ ޓްރަންޕު ގައިގަ. ޔަގީނޭ އޭނާގެ ރޭވުމެއްގާކަން އެކަންކުރާނީ.
ލާމަސީލު
19 March 2025
އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް އަންހެނުން ކުޑަކުދިން މަރާހުސް އެކުރަނީ އެމެރިކާއިން ފާޅުގަ އިސްރާއީލަށް ހަތިޔާރާއި ފައިސާ ދީގެން. ޔާﷲ އަނިޔާވެރި އިސްރާއީލާއި އެމެރިކާގެ މައްޗަށް އެހެން ބާރެއް ވެރިކުރައްވާ ދުނިޔޭގެ ދިރިތިބީންނަށް އިބްރަތަކަށް ލައްވަވާފާދޭވެ. އާމީން.
ދިވެހި ދަރިއެއްް
19 March 2025
އާމީން!
ޭަފަސް
20 March 2025
ޢާމީން
ދިވެހި ދަރިއެއްް2
21 March 2025
އާމީން!