އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އިމާރާތެއް ވެއްޓިފައި: މިސްރުން ބުނަނީ މިއީ ޣައްޒާއިން މީހުން ބާލަން އިޒްރޭލުން ގެންގުޅޭ ޕްލޭންގެ ދަށުން ދިން ހަމަލާތަކެއް ކަމަށް. -- ފޮޓޯ: އޭއެފްޕީ
19 މާޗް 2025 - 09:16
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އަލުން ދޭން ފެށި ހަމަލާތަކަކީ އެ ތަނުން މީހުން ބާލައި ހުސްކުރަން ގެންގުޅޭ ޕްލޭންގެ ބައެއް ކަމަށް މިސްރުން ބުނެފި އެވެ.
ގަތަރާއި އެމެރިކާއާ އެކު، ހަމާސް އާއި އިޒްރޭލު ސުލްހަކުރުމަށް މަސައްކަތްކުރި މިސްރުން އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށް ބުނީ މިއީ ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވުން ކަމަށެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި ކުވައިތުގެ އަމީރު ޝައިހް މިޝާލް އަލް އަހްމަދު އަލް ސަބާހް ފޯނުކުރައްވައި މި މައްސަލައިގައި މަޝްވަރާކުރައްވާފައި ވާއިރު ދެ ބޭފުޅުން ވެސް ވަނީ އިޒްރޭލުން އަލުން ހަނގުރާމަ ފެށުން ކުށްވެރިކުރައްވައިފަ އެވެ.
ސީސީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާތަކަކީ ޣައްޒާއަކީ މީހުން ދިރިނޫޅެވޭ ސަރަހައްދަކަށް ހެދުމަށާއި ފަލަސްތީނު ރައްޔިތުން މަޖުބޫރުން ވަޒަނުން ނެރުމަށް ރޭވިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިން ހަމަލާތަކެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާއިން މީހުން ހުސްކޮށް މިސްރާއި އުރުދުން އަށް އެންމެން ގެންގޮސް ޣައްޒާ އަކީ ރީތި ރިސޯޓަކަށް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ. އަރަބި އަދި އިސްލާމީ ގައުމުތަކުން ވަނީ މި ހުށަހެޅުމަށް ވަރަށް ބޮޑަށް ދެކޮޅުހަދައިފަ އެވެ.
ޖެނުއަރީ މަސް ތެރޭ ހަމަލާތައް މެދުކަނޑާލުމަށް ފަހު އިއްޔެ ރޭ ޣައްޒާއަށް ދިން ހަމަލާތަކުގައި ޣައްޒާއިން 330 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. ހަމަލާތަކުގައި ހަމާސްގެ އިސް ބައެއް އޮފިޝަލުން އަވަހަރާވެފައި ވިޔަސް ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހުމާނު.
19 March 2025
އެމެރިކާގެ ޕަޕެޓަކަށް ބުނެލެވޭނީ ތިއަކަހަލަ އެއްޗެއް. މިތާ މަސްމާރުކޭޓުގަ އުޅޭމީހުންނަށް ވެސް ތިއަވަރު އެނގޭ. ހުރިހާ މުސްލިމުން މަޒުހަބު ކުރިއެރުވުމުގަ ހޭބޯނާރާ.
ޑަކައިތު
19 March 2025
ތީދެން މީހަކަށް ނޭންގޭކަމެއްތަ؟
ގެދާނޯމޮސް
19 March 2025
ޕަލަސްތީނު ވަށައިގެން ތިބޭ އަރަބި އަވައްޓެރިންނަށް އެބަޔެއްގެ މުސްލިމް ބިމަށް ބާރެއް ނުފޯރުވޭ މައްސަލައަކީ ދުނިޔެ ލަދުގަންނަން ޖެހޭވަރުގެ ކަމެކެވެ. އެކަމަކު އާރާސްތުކުރަން ބިލިޔަނުން ހޭދަކުރަން ކެރޭއިރު ، ބޯޑަރާއި ގޭޓްތަކުގައި ޓްރަކްތަށް ނުވަދެވި ތިބޭކަމީ ލަދުވެތި ވާންޖެހޭ ކަމެކެވެ. ޕަލަސްތީނަށް އަރަބި ފޯސްއެއް ފޮނުވައިގެން އެމީހުން ހިމާޔަށް ކުރަން ހުރިހާ އަރަބިންނަށް ނުކެރެނީ ކޮންގާނޫނަކަށް ބިރުންތޯއެވެ.
އެކޮއި
19 March 2025
އެންމެނަށްވެސް އެނގޭކަމަކީ ޔަހޫދީން ފަލަސްޠީނުގެ ބިމަށް ދަހިވެތިވެފައިވާ މިންވަރު. ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެމީހުންގެ އާރާއި ބާރު ބޭނުންކޮށްގެން ދަރިފަސްކޮޅެއް ނައްތާލާ އެބިން މުށުތެރެއަށްލާން އެމީހުން މަސައްކަތްކުރާތާ ކިތަންމެ ޒަމާނެއްވެއްޖެ.
ކިއްލި
19 March 2025
އެންމެނަށްވެސް އެނގޭ އެމީހުންގެ ރޭވުމަކީ އެތަނުން މީހުންހުސްކޮށް އެމެރިކާ ބުނާގޮތަށް ކަންކުރުންކަން. ޔަހޫދީންނަކީ ބުނާބަހުގާ އިތުބާރެއް އޮންނާނޭބައެއްނޫން. އެމީހުނަށް ޔަހޫދީން ކިޔަނީ އެހެންވެ.