އުސްފަސްގަނޑު ސަރަހައްދުގައި ބައިބަލާ ކުޅޭނެ ރިންގެއް ހަދައިދިނުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރަނީ.--
19 މާޗް 2025 - 11:35
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ތަނުގައި ބައިބަލާ ޕްރެކްޓިސް ކުރަ ތަނެއް ހެދުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލް މެދުވެރިވެގެން ދިން މައްސަލަ ބޮޑުވުމުން، މާލޭގެ ޒުވާނުންނަށް ބައިބަލާ ޕްރެކްޓިސް ކުރެވޭނެ ރިންގެއް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން އުސްފަސްގަނޑު ސަރަހައްދުގައި ހަދައިދީފި އެވެ.
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ސަހަރާގެ 36،153 އަކަފޫޓްގެ ސަރަހައްދެއް ހުސްކުރިއިރު އެ ތަނުގައި ޕާކިން ބިލްޑިންއެއް އެޅުމަށް ކައުންސިލުން އޮތީ އޭރު ނިންމައިފަ އެވެ.
ނަމަވެސް މިދިޔަ ހަފުތާގައި ކައުންސިލުން ހުއްދަ ދީގެން އެ ތަނުގައި ބައިބަލާ ޕްރެކްޓިސް ކުރާ ތަނެއް ހެދުމުން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އެ ތަން ފަހުން ވަނީ ރޫޅާލައިފަ އެވެ.
ކޮންމެ އަހަރެއްގެ ކުޑައީދަށް ބައިބަލާ ކުޅޭ ގުރޫޕުތަކުން އެ ކުޅިވަރުގެ ފަރިތަކުރުން ކުރިއަށް ގެންދިއުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ކުޅޭ ތަންތަން ހަދަ އެވެ.
މާފަންނު ސަހަރާގައި ހެދި ބައިބަލާ ޕްރެކްޓިސް ކުރާ ތަން ނެގުމުން ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ މުވައްޒަފުން ލައްވައި އުސްފަސްގަނޑުގައި ހާއްސަ ތަނެއް ޒުވާނުންނަށް ހަދައިދީފަ އެވެ.
މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުގެ މުވައްޒަފުން މަސައްކަތް ކުރަން ފެށީ އިއްޔެ ހެނދުނު ކަމަށެވެ.
އުސްފަސްގަނޑުގައި ބައިބަލާ ޕްރެކްޓިސް ކުރެވޭ ވަރަށް ރޭ މަސައްކަތް ނިންމައިދީފައިވާނެ ކަމަށާއި އެއީ މާފަންނު ސަހަރާގައި ބައިބަލާ ޕްރެކްޓިސް ކުރުމަށް ޒުވާނުންގެ ތެރެއިން ބަޔަކު ތައްޔާރުވުމުން، ރައްޔިތުންގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން ކުރި މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
20 March 2025
ސިޓީ ކައުންސިލްގެ މޭޔަރު ބޮލުގައި އަޅުވާނެ ކަމެއް އޮތްތޯ ބަލާލަ ދީބަލަ.
ގައްބަރޭ
19 March 2025
ކޮބާ ލަދު؟
ޖަހަންގިރު
19 March 2025
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގަ ފަތިހު ހަޅޭއްލަވަމުން ފުޓްސަލް ކުޅެން މި އުޅޭ ބަންގާޅީންގެ ކުޅުން އެހެން ގަޑިޔަކައް ބަދަލް ކޮއްދޭނެ ފަރާތެއް ނެތްތޯ. މި މިހުންނަކީ ގަވާއިދާ ހިލާފައް އުޅެމުންދާ މީހުން މި މީހުން ކުޅެނި ދަނޑު ތައްދިއްލައިގެން މި ކަންބަލާނެ ފަރާތެއް ނެތީތޯ
ސަމްކުޅިދައިތަ
19 March 2025
އަހަރެމެން ދުވަސް ވީ މީހުންވެސް ރޯދަމަހު އަކުންބަކުން ކުޅެން ބޭނުމޭ، އެއީ އަހަރެމެން ކުޑައިރު ކުޅުނު ސަގާފީ ކުޅިވަރެއް. އެހެންވީމާ އަކުންބަކުން ކުޅެލެވޭނެ ތަނެއް ހެދުމަށް ރައީސް އިރުޝާދު ދެއްވުން އެދެން.
ޗޫޤީ
19 March 2025
ބައިބަލާ ކުޅުމަކީ ފަރުޟު ޢައިނެއްހެން ހީވާ ދަރަޖައަށް މިހާރު އެކަންތައް ގޮއްސި. ބައިބަލާ ނުކުޅެ އެންމެ އަހަރެއް ފާއިތުވިޔަސް ފާފަވެރިވަނީ ތޯއްޗެއް. ނުވަތަ ރޯދައިގެ ސަވާބު ފުރިހަމައަށް ނުލިބެނީ ތޯއްޗެއް.
މުއިއްޒު ބޭބެ
19 March 2025
ޢެހެންތާ ވާނީ ވެރިންތިބެނީ އެވެރިންގެ ދިށުވެފަ. ކޮންނޮހޮރުއްޕާނެއްތަ އަޅުމީފިހެ.
ސީތާ
19 March 2025
ކޮންމެއަހަރެއްގެ ރޯދަމަހަކީ ކުޅިވަރުކުޅުމާއި މަޖާނެގުމާއި ނާޗަރަންގީ ކުޅުމުގެ މޫސުމެއްކަމުގައި މިޤައުމުގެ ސަޤާފަތެއްކަމުގައި ވެއްޖެ. މިހާ ދީންވެރި ވެރިން ގިނަ ސަރުކާރުގައިވެސް މިފެންނަނީ އިސްލާމީ ސުލޫކާ ޚިލާފު އެތައްކަމެއްދަނީ ފެންނަމުން.
އޮމްބަޑޭ
19 March 2025
ޕްރެކްޓިސް ކުރަން އާރަށުގަ ތަނެއް ހަދާދީބަލަ!!
އުދުހޭ
19 March 2025
ރޯދަވީމަ ބުނަންއޮތް އެތި ނުބުނެ ދޫކޮށްލީ
ބޭންގު
19 March 2025
ޒުވާނުންނޭ ތިކިޔަނީއޯ؟ ޢެމީހުން ޒުވާނުންނަށް ވެފަ އަހަރުން ނުވާތީތަ ކުޅެލާނެ ފުޓްސެލް ދަނޑެއްވެސް އަހަރުންނަށް ނުލިބެނީ. ޒުވާނުންގެ ޑެފިނީޝަން ނޭނގޭތީ އިނގޭ މީހަކު ބުނެދީފާނަންތޯ
ރަދީފްއޮފިޝަލް / ޒުވާނުންނަކީ ގައުމުގެ އެންމެ އަގުބޮޑު އެސެޓް
19 March 2025
''އިސްތށިގަނޑު ދިގުވާން ޖެހޭނެ ، ލަދު ހަޔާތް ހުރެގެން ނުވާނެ ، އަތްފައި އިސްކުރަން ކެރެން ޖެހޭނެ} . މިއީ އަދި ބައެއް ސިފަތައް. އަހަރުމެން މިއީ ޒުވާނުންނެއް ނޫން. މިހާރު އުމުރުން 46 . ވ.ވެދުން
ޢިބޫ
19 March 2025
މިހާރު އެބައެނގޭތާ ސިޓީކައުންސިލުންކަށް ސަހަރާގަ ރިންގް އަޅައިދިނީ، އެއީ ވެރިކަމަށް ކުރިމަތިލާން ހިތުގައޮތީމަ ޒުވާނުން އަތްދަށުލެވޭތޯބަލަނީ.