ފުލުހުން އަތުލައިގެންފައިވާ ވޭޕް ސާމާނުތަކެއް: ވަގަށް އެތެރެކުރަން އުޅުނު ވޭޕް ސާމާނުތަކެއް ވަނީ އަތުލައިގެންފައި --- ފޮޓޯ/ޕޮލިސް
19 މާޗް 2025 - 12:09
ވައިގެމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ވޭޕާއި ވޭޕްކުރަން ބޭނުންކުރާ ބައެއް ސާމާނުތައް ކަސްޓަމްސުން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި ފެނުނީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި ތިން މީހެއްގެ ލަގެޖުން ކަމަށެވެ.
ކަސްޓަމްސްއިން 2،062 އައިޓަމް އަތުލިއިރު އޭގެ ތެރޭގައި ހިމެނެނީ:
- ނެނޯ ސްޓިކް: 1،714
- ޓެރިއާ ސްޓިކް: 200
- ކެލިބާން ކާޓްރިޖް: 96
- ވީމޭޓް ކާޓްރިޖް: 20
- ވޭޕް ފްލޭވާ ލިކުއިޑް (ފުޅި)؛ 2
އިއްޔެ 2،000 އަށްވުރެ ގިނަ ވޭޕްގެ ސާމާނު އަތުލައިގެންފައި ވާއިރު، މިމަހުގެ ހަ ވަނަ ދުވަހު ކަނޑުމަގުން ވިޔަފާރި ބަނދަރަށް އެތެރެކުރި ޝިޕްމަންޓެއްގައި ފޮރުވައިގެން ވަގަށް ގެނައި 400 ވޭޕް ސާމާނު ވެސް ވަނީ އަތުލައިގެންފަ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެ ކުރުމަކީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށިގެން މަނާ ކަމެކެވެ.
ކަސްޓަމްސް އިން އެ މައްސަލަ ބަލަމުން ދާއިރު، ދާދިފަހުން ފުލުހުން ވަނީ ވޭޕް ވިއްކަމުންދިޔަ ތަނެއް ފާސްކޮށް، ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.
އެ ބިދޭސީ މީހާ ދިރިއުޅޭ ތަނާއި މަސައްކަތްކުރާ ކެފޭ ފާސްކުރިއިރު 84 ވޭޕް ކާޓްރިޖާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޖާބެ
19 March 2025
ތިއޮތީ ވަރަށް ބޮޑު ކަމެއް ކުރެވިފަ ، އަފިހުން ކަހަލަ އެއްޗެއް ތީ ،ހޫން
ނަފާ
19 March 2025
ކަސްޓަމްސް އިހުމާލުން ވޭޕުގެނާމީހުންވަނީ ފޮށިތައް ދޫކޮއްލާފަ ފިލާފައި މިތަކެތި ޖޫޜީމާނާ އާއި ހަވާލުވާނެ ފަރާތެއްނެތް!!
މުޖައްބިރު
19 March 2025
ވޯޓުން ތި ކުރިކަމުގެ އަސަރު އަންގާލާނަން އިންޝާﷲ.
ރަދީފްއޮފިޝަލް / ބައެއް މީހުން މިހާރުވެސް ވޭޕް ބޮމުން ސައިކްގަ ދުއްވާ
19 March 2025
ތިޔާ ތަކެތި އަތުލެވޭނެ. ނަމަވެސް ނާކޯ އަތުނުވެ އެބަ ނިކުމޭ ދޯ.އެހެންވީމަ އިހްލާސްތެރިކަމުގަ މައްސަލައެއް އުޅޭކަން މިކަމުން ވެސް ހާމަވޭ އެހެންނޫންތޯ!! ވ.ވެެދުން
ޙަކީމް މުންގީ
19 March 2025
ވޭޕް ކުރުމަކީ މީހާގެ ސިއްހަތު ހަލާކު ކޮށްލާ ކަމެއް.
ލުންގީ
19 March 2025
ރޭޕް ކުރުކަމަކީ އަދި އެއަށްވުރެ މާނުބައިކަމެއް.
މެގްނަ
19 March 2025
ވޯކް ވިސާގައި އަންނަ މީހުން ވޭފް އެތެެރެެ ކުރޭ. މިކަން ހުއްޓުވަން އެ މީހުންގެ ލަގެޖް ސްކޭން ކުރަން ޖެހޭ ގޮތް ހަދަން ފެނޭ.
ކަސްޓަމްސް ހަބޭސް
19 March 2025
މިގޮތަށް މަސައްކަތްކޮށްގެން އަތުލަމުން ދަންޏާ ތިކަން ހުއްޓުވޭނެ. ވީ މޭޓް ވެސް އެއީ ތީގެ ވައްތަރަކަށް ކިޔާނަމެއްދޯ. ކީކޭ ބުނާނީ
ޖަމީލުބެ
19 March 2025
ތި އަތުލާ ތަކެއްޗަށް ހަދަނީ ކިހިނެއްތޯ؟ އަދި އެކަމަށް ކިހާ ދުވަހެއް ހޭދަވޭތޯ އެކަމަށް ކިތައް އިދާރާގެ ރުހުން ލިބެން ޖެހޭތޯ؟