ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު.
19 މާޗް 2025 - 14:52
އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާކުރަން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސްގެ އާއިލާގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނަ އަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމށް ބަޔާނުގައި ވެ އެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ އުމައިރުގެ މަންމަ، އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ވަނީ މަންދީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ހުށަހަޅާފައި ކަމަށް އާޒިމާ ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ރައީސްގެ އާއިލާގެ ފަރާތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އާޒިމާ ވަނީ އެ މައްސަލާގައި މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ އިއްވެވި، ފަސްޓްލޭޑީގެ ބަޔާނުގައި ވިދާޅުވީ ސިޔާސީ ގޮތުން ރައީސް މުއިއްޒާ ހުރި ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އެ މަނިކުފާނުގެ ދަރިކަލަކާ ގުޅިގެން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެކަމުގެ ތެރެއިން އެ ކުދިންގެ ކިޔެވުމާއި މުސްތަގްބަލާއި އިޖުތިމާއީ ހެދިބޮޑުވުމަށް އަސަރުކުރާ ފަދަ ވާހަކަތައް ދައްކަމުންދާ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
"މި ފުރުސަތުގައި އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި ތިޔަ އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާ އެކު ދަންނަވަމެވެ،" އެ ބަޔާނުގައި ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އެ މައްސަލާގައި ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓްކުރައްވާފައި ވާތީ އެވެ. ޕާޓީ އަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށް އާޒިމާ ވިދާޅުވެ އެވެ.
ނަމަވެސް އެމްޑީޕީން ވަނީ ކުއްޖާގެ ނަން ހާމަކޮށް ކަރާމާތް ނަގާލީ އާއިލާ އާއި ވަކީލް ކަމަށާއި މަންދީ ދެއްކި ވާހަކާގައި ކުއްޖެއްގެ ނަމެއް ހާމަކޮށްފައި ނެތްކަމަށް ބުނެ އެ މައްސަލަ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯލިފަތި
20 March 2025
މަންދޫހާ ދެކޮޅަށް ދަޢުވާ އެކުރީ ކުއްޖާގެ މަންމަގެ ހައިސިއްޔަތުން. ފަސްޓްލޭޑީގެ ހައިސިއްޔަތުން ނެއް ނޫންދޯ.. ފަސްޓްލޭޑީ އަށް ކިޔާލާނެ ދިވެހިންނެއް ވެސް ނެތް؟؟ ރަނގަޅުކޮށް ލާ ރަނގަޅުކޮށް ލާ. ޢީދު މުބާރަކް
ތުނޑު ހަސަނު
20 March 2025
މި މައްސަލަ ކޯޓުން ނިމޭގޮތަކުން އެނގޭނެ ސިޔާސީ ކަންކަމުގައި، ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ހެއްދެވި ނެހެއްދެވިއަށް ގޮވަންވީތޯ ނުވަތަ ނޫންތޯ! ސިޔާސީ ކަންކަމުގައި އުޅޭ އެންމެންގެ ދަރިންނަށް ވެސް ފަތިވަރު ގޮވަންވީތޯ ނުވަތަ ނޫންތޯ! ބަލަން ތިބެމާ ހިނގާ.
ނާޑުވާ
21 March 2025
ސިޔާސީ ނޫން ވެއްޖެއްޔާ އޯކޭ ދޯ. މިއީ އަލަށް ބަޔަކު ކުރި އަދި ކުރާ ކަމެއް ނޫން. މިއަދު މިސްކިތު ހުޅުޖެހި މީހާއަށް ވީހެން މިވަނީ ތިޔަ ބުނާ ލޭޑީ އަކަށް
ޖައިޝމް
20 March 2025
ރަނގަޅު ހަމަ
މައީސް
20 March 2025
ދި ބެސްޓް ♥️
ޖުންބެ
20 March 2025
ރަނގަޅު ހަމަ. ކާމިޔާބައް އެދެން. ސިޔާސިކަންކަމުގަ ކުޑަކުދިންނާ ނުބެހޭ.
ޖައިލަމު
20 March 2025
ސިޔަަސީވިޔަސް ދަރިންނާ ބެހޭނީ ވަރަށް ނާތަހުޒީބު މީހުން. މި މައްސަލާގައި މެޑަމްއަށް ކާމިޔާބު ދެއްވާށި
މެޑަމޭ
20 March 2025
މެޑަމޭ؟ އޭ ކޯޗެއް؟ތިމާގެ ފުލް ކޮންޓްރޯލްގަ އޮތް "ކޯޓޭއްގަ" ދައުވާ ލިބޭ މީހާ އަށް ލިބޭނެ އިންސާފެއް ނޯންނާނެ.
ރާހިލް ރަޝީދު
19 March 2025
ރަނގަޅު ދައުވާ ކުރަންޖެހޭ. މިކަހަލަ ކަންކަމުގެ ދޫ ދިނީމަ ދެންވެސް ކިޔާ އެއްޗެއް ކިޔާނީ އެހާ ހުތުރުކޮށް. ޑިމޮކްރެސީ އޭ ފަލޮޅޭ ކިޔައިގެން މި މީހުން ބޭނުންހާ އައުގުރާނައެއް ނުގޮވޭނެ
މިހާލުގަ
19 March 2025
ތިމައްސަލަ ބަލާ ފަޑިޔާރަށް ކިހިނެތްވާނެބާ، ނިދިން ހޭލައިގެން ހެނދުނު ދަތްއުގުޅާތީ ކުރާ ތުހުމަތެއްްގަ ޖޭއެސްސީ ހާޟިރު ނުކުރާނެބާ؟
ގެދާނޯމޮސް
19 March 2025
އެމީހުންގެ ފަލްސަފާ ޔާއެއްގޮތަށް ރައްޔިތުން ވާވެއްދި ދާނެއެވެ. ދެން ކޯޓުން ކުރާ ޙުކުމަކީ ނާއިންސާފުގެ ކަމެއްކަމަށް ރައްޔިތުންގެ ހިތްތަކަށް ފިތުނަޔާއެކު އެމްޑީޕީ ވައްދާނެއެވެ. ނުވިތާކަށް ހަގީގަތް ހޯދަންވެސް އެމްޑީޕީން ރައްޔިތަކަށް ފުރުސަތެއް ނުދޭނެއެވެ.
ސިތާދު އަލީ
19 March 2025
އަހަންނަކީވެސް އެމްޑީޕީ މީހެއް. އެކަމަކު މަންދީ ކުރި ކަންތައް ކަމަކު ނުދޭ. އެކަންކަން ހުއްޓުވަން މިހެން ފިޔަވަޅު އަޅަންޖެހޭ.