އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް
20 މާޗް 2025 - 08:07
ޝަރުއީ އުސޫލުތަކާ އެއްގޮތަށް، ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފި އެވެ.
މިނިސްޓްރީން އިއްޔެ ވަނީ ވަގުފު ފަންޑުން ހޭދަކުރުމުގެ އުސޫލު އެކުލަވާލައި، އާންމު ކޮށްފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ފަންޑު ފަށަނީ 15 މިލިޔަން ރުފިޔާގެ ފަންޑަކާއެކު ކަމަށެވެ.
ވަގުފު ފަންޑަށް ސޮދަގާތާއި ހައިރާތާއި ހިބައާއި ވަސިއްޔަތުގެ ގޮތުން ދޭ ހަދިޔާ ވެސް ބަލައިގަނެވޭނެ ކަން ފާހަގަ ކުރައްވައި، ޝަހީމް ވިދާޅުވީ އެ ބައި ފަންޑުގެ ތެރޭގައި ބަލަހައްޓާނީ ނަގުދު ފައިސާގެ ވަގުފާ ވަކިން، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށެވެ.
ކޭޝް ވަގުފުން އިންވެސްޓްކޮށް އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން ނިންމާފައިވާ ކަމަށާއި ދިވެހި ރައްޔިތުންގެ ތެރެއިން މާތް ﷲ ގެ މަގުގައި ނަގުދު ފައިސާ ވަގުފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިއްޔެ އާންމުކުރި ވަގުފު އުސޫލުގައި ވާގޮތުން އޭގައި ބުނާ މަގުސަދު ހާސިލް ކުރުމަށް 7 މެމްބަރުންގެ ކޮމިޓީއެއް އުފައްދަން ޖެހެ އެވެ. އަދި ފަންޑަށް ޝަރުއީ ލަފާދޭ ކޮމިޓީއެއް ވެސް އޮންނަން ޖެހެ އެވެ. އެ އުސޫލުގައި ނެތް ކަމެއްނަމަ ގޮތް ނިންމަން ޖެހެނީ އެ ކޮމިޓީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސަން
21 March 2025
މިތަން އޮޑިޓުކުރާ ދުވަހަކުން ހުންނާނެ ކުޅިވަރު. ހަމަ ޔަގީން!!
އަހްމަދީއަހްމަދު
20 March 2025
މަގުޞޮދު ހާސިލް ކުރުމަށް ކޮމެޓީއެއް. ލަފާދޭން ކޮމެޓީއެއް، ތިކަމަށްލިބޭ ފައިސާ އިން މިކޮމެޓީތައް ހިންގާށާ މެމްބަރުންނަށް މުސާރަ ދީފާ އެއްޗެއް އޮންނާނެބާ؟
އޮަޓޯ
20 March 2025
އިހަށްވެސް މިސްކިތްތަކަށް ވަގުފު ހުރި. ދިވެހިރާއްޖޭގައި ވަގުފުގެ ޙުކުމްތަކާއި ވަގުފު ކުރެވޭ ގޮތާބެހޭ އެއްވެސް މަޢުލޫމާތެއް ގިނަ ރައްޔިތުންނަކަށް އެއްގޮތަކަށްވެސް ނޭނގޭ. ޤާނޫނީ ވަކީލުންގެ ތެރޭގައި ވަގުފުގެ ޙުކުމްތައް، ވަގުފު ވާރުތަވާގޮތް ދަންނަ މީހުން މަދު. މިކަމާބެހޭ ޙުކުމްތައް ހިމެނޭ ފޮތެއް މިނިސްޓްރީން އަވަހަށް އެކުލަވައިލައްވައި ނެރުއްވުން އެދި ދަންނަވަން. މިހާރުވެސް އިހުގެ ވަގުފުތަކާބެހޭގޮތުން ވެސް އެތައް މައްސަލައެއް ކޯޓުތަކަށް ހުށަހެޅޭ.
ކޮވެލި
20 March 2025
މީނަގެ ކަމަކީ އަބަދުވެސް ކޮންމެވެސް ފައިސާ ގަނޑެއް އެނބުރުން. ޒަކާތުގެ ގޮތުގައި ފައިސާ ހޯދައިގެން އެބަހަނީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިންނެއް ނޫން. ދެދުވަހުން އެއް ދުވަހު ކޮންމެވެސް ގޭސް ގަނޑެއް ފެންމަތި ވެފައި އޮންނަނީ. ތި މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އެންޑް ވެލްފެއަރ އަށް ބަދަލު ކޮށްލާ.
ރަންނަބަނޑޭރި
20 March 2025
ފަންޑު މެނޭޖުކުރުމުގެ ޒިންމާ ޕެންޝަން އޮފީހާ ހަވާލުކޮށްފަ، ފަންޑުގެ ފައިދާއިން ހޭދަކުރުމުގެ ކަންކަން އިސްލާމިކް މިނިސްޓްރީގެ އަތްމައްޗަށް ދޫކޮށްލުން މާ ރަނގަޅުވާނެ ކަމަށް ފެނޭ. ފަންޑް މެނޭޖްކުރުމުގެ އެކްސްޕާޓީޒް ހުންނާނީ ޕެންޝަން އޮފީހުގަ، އޭރުން ރައްޔިތުންނަށް ދެފުށް ފެންނަ އިތުބާރު ހިފޭ އުސޫލަކުން އެކަން ކުރެވޭނެ. ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާވެސް މިގޮތަށް ޕެންޝަން އޮފީހާ ހަވާލުކޮށް ބެލެހެއްޓުން މާ މޮޅު އިތުރު ކަމަށް ފެނޭ.
ގެދާނޯމޮސް
20 March 2025
މިނިސްޓްރީ އަކަށް އެއްޗެއް ވަންްނަންޏާ އެކަމާއަވަދިނެތި އުޅޭމީހުން ގެ ކޮރަޕްޝަން ކަންކަން މިހާތަނަށް އޮތީ ފެންމަތި ވެފައެވެ.
ޑރ ވާންޗޯ
20 March 2025
ކޮންމެއަހަރު ހައްޖަށާ އުމުރާއަށް މީހުންގެންދިޔުމުގެ ނަމުގަ އެކިއެކިގްރޫޕުން ބޮޑުއަގުނަގައިގެން ނުގެންގޮސް، ގެންގޮސްފިއްޔާ ނުގެނެސް އެހިންގާ ކޮރަޕްސަންބެލޭތޯ؟. ހާލުގަޖެހުނުމީހުން ސަލާމަތްކުރުމުގެނަމުގަ ތިޔަފަންޑުން ހަރަދުކޮށްފަ ކޮރަޕްސަންހިންގި ގްރޫޕްގެވެރިން އެފައިސާގަ މުއްސަނދިވެދޫކޮށްލާފަ އެތިބެނީ މައްސަލަ ނުބެލި ހިނދިފަ......ތިޔަފަންޑަކީވެސް ކޮރަޕްސަންގެ ބައިވެރިޔަކަށްވުމުގެ ބިރުމިޒަމާނުގަ ކަންކަންމިހިގާގޮތުން ވަރަށްބޮޑު.
ދޮހުއްތު
20 March 2025
ތިފަންޑަށް ފައިސާ ޖަމާކޮށްފަ ވަކިދުވަހަކުން ފައިސާ ނެގޭގޮތަށް އޮންނަ ނަމަ ތިފަންޑަށް ފައިސާ ލިބޭވަރު ވަރަށް ގިނަވާނެ. އަދި ބޭރު ގައުމުތަކުން ތިފަންޑަށް ފައިސާ ޖަމާކުަރެވޭ ގޮތަށްވެސް އެމް އެމް އޭ މެދުވެރިވެގެން ހަދަންވާނެ. މިހެން ވެއްޖެނަމަ ފަލަސްތީނު ރައްޔިތުންނަށް ފައިސާގެ އެހީ ފޮނުވާލަން ވަރަށް ފަސޭހަވާނެ.
މަތީބޭސް
20 March 2025
ފަލަސްތީނަށް އެހީވާން ބޭނުމިއްޔާ ރެޑްކްރެސެންޓަށް ހަވާލުކުރީމާ އެ ނިމުނީ. އެ ފަންޑް މިފަންޑް ކިޔައިގެން ބޯކާނެކަމެއްނެތް. އިހަކަށްދުަވަހުވެސް ތިކަަހަލަ ގްރޫޕަކަށް ލާރިދިނީމާ ހެދިގޮތެއްނޭގޭ. ބެލީމާއެެގެނީ އަހަރީރިޕޯޓްވެސް ނުނެރޭތާ އަހަރުތަކެއް ވެެއްޖެކަން
މިއައު
20 March 2025
ހަމަ ސުވާލެއް. ކީއްވެގެންތޯ ރާއްޖޭގެ ގޭންގުތަކާ ބެހޭ ގޮތުން، އެމީހުން ގެ އަނިޔާވެރިކަމާ އެމީހުނއ ދައުލަތުގެ އެކި އެކި މުއައްސަސާތައް މުށު ތެރެއަށް ލާފަވާ ގޮތާ، ހައްގު ނޫން މުދާ ހޯދައިން އެ ގަންނަށް ގަނޑާ، މާރާމާރީގެ ކަންކަމާ ބެހޭ ގޮތުން ދަރުސް/ހުތުބާ ނުދެނީ ކީއްވެތޯ؟ އަބަދުވެސް މީސް މީޑިއާގަ ވެރިން ކުރާ ގޯސް ކަންތަކުގެ ވާހަކަ ދައްކާތީ އެކަމާ ހުތުބާ މިއަންނަނީ
ހަފުސް
20 March 2025
ކޮބާތަ ވަގުފް އަކީ ފުރަތަމައިނުން؟
ޢާފް
20 March 2025
ޢިސްލާމް ނުކިޔަވާކަން.. އަދި ދީނީ މައުލޫމާތު މަދުކަން އެގެނީ
އޯކޭކ
20 March 2025
ދެން ކިޔައިދިނީމަ ނިމުނީނުން. އެއްމެ އިނގޭ
މހއމ
20 March 2025
އަޅެ އެނގޭ މީހާ ބުނެދީބަލަ @ޢާފް
އަހަންމަދާ
20 March 2025
ވަގުފު ނީންދެ އެއްވެސް އިސްލާމް ފޮތެއްގަ އެހެންވެ ނޭނގުނީ. އެކަމު ވަގުފު ކިޔާދީފަ ދޯ އެ ފަންޑު ކިޔާ ދޭންވާނީ.
ބަކުރުު
20 March 2025
ވަގުފަކީ ހުއްޓުން. ޓްރެފިކް ލައިޓަށް ހުއްޓުމަކީވެސް ވަގުފު ކުރުން. ވަގުފު އެންމެ ގިނަވާނީ މުސްޙަފްގައި. ވަގުފު ކުރަންވީ ތަންތަނުގައި ހުންނާނެ ވަގުފުގެ އަލާމާތްތައް ކުދި އަކުރުން ލިޔެފާ. ﷲއަށްޓަކައި ވެސް ފައިސާ އާއި ތަކެތިން ވަގުފުކުރެވޭކަމަށްވޭ. ބައެއް މިސްކިތް ތަކުގައި ހުންނަ ގޮނޑީގައި ލިޔެފާ ހުންނާތީ ފެނޭ "މީ މިސްކިތަށް ވަގުފު ކޮށްފައިވާ ގޮނޑިއެކޭ"