ކަސްޓަމްސް އިން ކުރިން ހިފެހެއްޓި ކެނަބިސް ޝިޕްމަންޓެއް.- އެކްސް ފޮޓޯ: ހޯމް މިނިސްޓަރު އިހުސާން
19 މާޗް 2025 - 23:27
ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރަން އުޅުނު ވޭޕް ޝިޕްމަންޓުތަކެއް ކަސްޓަމްސް އިން އަނެއްކާވެސް އަތުލައިގެންފި އެވެ.
އެ އިދާރާ އިން މިއަދު ބުނީ، ވައިގެ މަގުން ސިއްރުން ރާއްޖެ އަށް އެތެރެކުރަން އުޅުނު ވޭޕްގެ 2008 އައިޓަމް ކަސްޓަމްސް އިން މި ފަހަރު ހޯދި ކަމަށެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ ޝިމްމަންޓް އަތުލައިގަތީ އެ ދުވަހު ރާއްޖެ އަށް އެތެރެކޮށްފައިވާ އެއާ ކާގޯ ޝިޕްމެންޓެއްގައި ވޭޕް ފޮރުވާފައި ހުރިކަމަށް ޝައްކު ކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމުން ބުންޏެވެ.
ކަސްޓަމްސް އިން އެ މައްސަލަ އިތުރަށް ތަހުގީކުރުމުން އަންނައިރު އިއްޔެ ވެސް ވަނީ ވައިގެމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ވޭޕާއި ވޭޕްކުރަން ބޭނުންކުރާ 2،062 އައިޓަމްސްް އަތުލައިގެންފަ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ކަނޑުމަގުން ވިޔަފާރި ބަނދަރަށް އެތެރެކުރި ޝިޕްމަންޓެއްގައި ފޮރުވައިގެން ވަގަށް ގެނައި 400 ވޭޕް ސާމާނު ވެސް ވަނީ އަތުލައިގެންފަ އެވެ.
ކަސްޓަމްސް އިން އެ މައްސަލަ ބަލަމުން އަންނައިރު، ދާދި ފަހުން ފުލުހުން ވަނީ ވޭޕް ވިއްކަމުންދިޔަ ތަނެއް ފާސްކޮށް، ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެ ކުރުމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށިގެން މަނާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
20 March 2025
ވޭޕް އެތެރެ ކުރިޔަކަ ނުދޭ. އެކަމަކު ޑުރަގު އެތެރެކުރުން ނުހުއްޓުވޭ. ތަފާތަކީ ކޮބާ؟
ޥޭޕް
20 March 2025
ތިދޫކޮއްލާ..
ހިޔަޅު
20 March 2025
ލޮބުވެތި ދިވެހި ރައްޔިތުންނޭވެ. ނިކަން ވިސްނާވަޑައިގަންނަވާ. އެކަމެއް ހުއްޓުވަން ބޭނުންވާ ނަމަ، ކޮންމެ ގޮތަކުންވިޔަސް ހޯދައިގެން ހުއްޓުވޭނެ ކަމާއި، ރާއްޖެއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރިކުރުން ނުހުއްޓިގެން އުޅެނީ އެކަން ނުކުރެވިގެން ނޫންކަމާއި، ގަސްދުގައި ހަމަ އެކަން ނުކުރާތީކަން މިހިރަ ސާފުކޮށް ފެންނަނީއެވެ.
އެޑްމުންޑޯ
20 March 2025
މިހާރު ދެން ޑަރގް އެކޭ ވޭޕް އެކޭ މާބޮޑު ތަފާތެއްނެތް ،
ޑރ ވާންޗޯ
20 March 2025
ނޫނޭ މިހާރު ޑްރަގް ތިޔާގިވާނެ ވޭޕްއަށްވުރެ.؟؟
ހޮޓްކިންގ
20 March 2025
އަޖައިބަކީ ޝިޕްމަންޓް އަތުލެވުނީމާ އެހިސާބުން އެކަން ނިމޭތީ. ގައިމު އެތެރެކުރާ ބަޔަކުވެސް ތިބޭނެތާ. ކީއްވެ ވަގަށް އެފަދަ ޖަރީމާ ހިންގާ ފަރާތްތައް ހާމަ ނުކުރަނީ. ކޮންމެވެސް ގުޅުން އޮތް ގޭންގެއް، ބޮޑުންގެ ހާއްޔެއްގެ ބައިވެރިވުން އޮތީދޯ؟ މިހެން މިކަން ހިންގާތީ ސަރުކާރާމެދު ރައްޔިތުން އިތުބާރު ނުކުރަނީ. ކަންކަން ސިއްރުކޮށްގެން ބައިވެރިވެގެން އުޅޭހެން ހީވަނީ.
އަދުލުއިންސާފު
20 March 2025
ވަގު ޝިޕްމަންޓް އެތެރެކުރާ ޚަބަރު ނޫހުން ފެނޭ. އެކަން ކުރީ ކޮން ކުންފުންޏަކުންކަން ސަރުކާރުން ހާމަނުކޮށް އެކަން އޮންނަނީ ފޮރުވާފަ. އަދި އެ "ވަގުން" މާއިމެދު އެޅި ފިޔަވަޅެއްވެސް ނޭގޭ. އެހާވެސް ސިއްރުކޮށް ސަރުކާރުން މިކަންކުރަނީ. އެހެންކަމުން ކުރެވޭ ތުހުމަތަކީ ސަރުކާރުގެ ނުފުޒުގަދަ ފަރާތެއް ނުވަތަ ބަޔަކު މިއިން ކޮންމެ "ވަގު" ޝިޕްމަންޓަކާ ގުޅިފަހުރުން.
ޖަމީލުބެ
20 March 2025
ތި ހޯދާ ޝިޕްމަންޓުތައް ނައްތާލާތޯ؟ ނައްތާލާނަމަ އެކަމަށް ކިހާ މުއްދަތެއް ހޭދަވޭތޯ؟ ތި އެތެރެ ކުރާ ފަރާތްތަކަށް ގާނޫނީ ފިޔަަވަޅު ނާޅުއްވާތޯ؟ "ހަރުކަށި ފިޔަވަޅު" އަޅުއްވާނަމަ އެތަކެތި އެތެރެކުރުމަށް ޖެހިލުން ނުވަނީ ކީއްވެތޯ؟ މަގުމަތީގަ ވޭޕް ބޭނުންކުރާމީހުންނަށް ފިޔަވަޅު އަޅުއްވަނީ ކޮން އިދާރާއަކުންތޯ؟
ބަކުރު ބޭ
19 March 2025
ވައްކަން ކުރަން މަގު ފަހިކޮށްދިނީ ކޮން ބައެއް؟ މިހާރު ވަގު ސްޕީޑު ހުރި ގޮތުން ކޮންމެ 24 ގަޑި އިރު ތެރޭގައި 1 ވަގު ޝިޕުމެންޓު