ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން: އޭނާ ބުނީ ޝިލޯންގްގެ ގަދަ ފިނީގައި ކުޅެން ޖެހުމުން ގޮންޖެހުމަކަށް ވީ ކަމަށް --- ފައިލް ފޮޓޯ: މިހާރު
20 މާޗް 2025 - 11:34
އެކުވެރިކަމުގެ މެޗެއްގައި ރޭ އިންޑިއާ އަތުން 3-0 އިން ރާއްޖެ ބަލިވި މެޗުގައި މައްސަލައަކަށްވީ، ބޭނުންވާ ވަރަށް ބޯޅައިގެ ކޮންޓްރޯލް ނުނެގުން ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ކުޅުނު މި މެޗު ކޮންޓްރޯލްކުރީ އިންޑިއާ އިންނެވެ.
ސުޒޭން ބުނީ ބޭނުންވި ވަރަކަށް ބޯޅަ އަތުގައި ނުބޭއްވުނު ކަމަށާއި، ހީވާ ގޮތުން މައިގަނޑު މައްސަލައަކަށްވީ އެކަން ކަމަށެވެ.
ސުޒޭން ބުނީ އިންޑިއާގެ ފަރުބަދަމަތީ ޝިލޮންގައި ކުޅުނު މި މެޗުގައި ދިވެހި ކުޅުންތެރިންނަށް ފިނީގެ ސަބަބުން އުނދަގޫވި ކަމަށާއި، އެކަމަކު ޓީމުން ކުޅުނު ގޭމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"ފާހަގަކުރަން ބޭނުންވޭ ރަނގަޅު ގޭމެއް ކުޅުނުކަން. ހާއްސަކޮށް ޑިފެންސްގެ ޖާގަތައް ބައްދައިގެން ރަނގަޅު ގޭމެއް ކުޅުނު،" ސުޒޭން ބުންޏެވެ.
"ހުސް ޖާގަތައް ވަރަށް މަދުން އަހަރެމެންގެ ޑިފެންސުން ފެނުނީ."
ސުޒޭން އާއި އޭނާގެ އެސިސްޓްންޓް ކޯޗު ސުޒައިރު، ޝިލޯންގްގެ ދަނޑުގައި. --- ފޮޓޯ: އެފްއޭއެމް
ސުޒޭން ބުނީ ރޭގެ މެޗުން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ދިވެހި ޓީމުގެ ފަރާތުން ފެނުނު ކަމަށެވެ. އަދި ރަނގަޅު ކުރަން ޖެހޭ ކަންތައް ވެސް މެޗުން ފާހަގަ ކުރެވުނު ކަމަށް އޭނާ ބުންޏެވެ.
"ރަނގަޅު ކުރަން ޖެހޭ ކަންތައްތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރީ ހިލޭޖެހުންތަކުން ރާއްޖޭގެ ކޮޅަށް އަންނަ ހަމަލާތައް ދިފާއު ކުރުމާއި، އުފައްދާ ހަމަލާތަކުގެ ބޭނުން ހިފުމެވެ. އިންޑިއާގެ ފުރަތަމަ ދެ ލަނޑު ޖެހީ ވެސް ހިލޭޖެހުންތަކުން ތަނަވަސް ކުރި ފުރުސަތުތަކުގަ އެވެ. އޭނާ ބުނީ ފިލިޕީންސްގެ މެޗަށް ދާއިރު އެކަންކަން ރަނގަޅުކުރަން އިސްކަން ދޭނެ ކަމަށެވެ.
މި މެޗުގައި އިންޑިއާގެ ދެ ގޯލް ޖެހީ ރިޓަޔާމަންޓުގައި ހުރުމަށް ފަހު އެނބުރި އައި ފޯވާޑް ސުނިލް ޗެތުރީ އެވެ. އަނެއް ގޯލް ޖެހީ ރާހުލް ބޭކޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީސްމީހުން
21 March 2025
ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްނުކުރެވުން ދެން ކިއްތަތިކުރީ ޕޮރެކްޓިސް ތަކުގަ
ހަމްދާ
20 March 2025
މޮޅުވާހަކަ ދައްކާ. ރާއްޖެ އަކަށް މިސަރަހައްދުގެ ގައުމުރަކާވެސް ވާދަކުރުމުގެ ގާބިލުޖަމެއްނެއް.
ޚދކދކކސ
20 March 2025
ހޮލިޑޭ ހަދަން ގޮސް އުޅޭބަޔަކު ނޫޅޭނެދޯ ބޯޅަ ގެންގުޅެވޭތޯ ބަލާކަށް
އަހްމްދް
20 March 2025
މޮޅަތި ވާހަކަ ނުދައްކާ ހަގީގަތަށް ވާހަކަ ދައްކަން ވެއްޖެ ނޫންތޯ؟ ތިދައްކާ ވާހަކަތަކާ ނިކުންނަ ނަތީޖާއާ އުޑާ ބިމާހާ ތަފާތު.
ބަލަ
20 March 2025
ޤައުމުގައި ފުޓުބޯޅައިގެ ފޯރި ދުއްވަލީ ބައްސާމް އާއި މާޒިޔާ ވެގެން ނިއު 2 ވަނަ ޑިވިޝަނަށް ވައްޓާލައިގެން. މާޒިޔާގެ އަމިއްލަ އެދުން ބޮޑުކަމުން، ނިއުހެދި ރެކޯޑު ހަދަން ބޭނުންވެގެން. މިހާރުވެސް ނިއު މިއަހަރު 1 ވަނަޑިވިޝަނުގައި ކުޅޭގޮތަށް ހަމަޖައްސައިފިއްޔާ ފުޓުބޯޅައިގެ ފޯރިހިފާނެ. ނިއު 1 ވަނަ ޑިވިޝަނުގައިނެތި މިވީ އަހަރުތަކުގައި ފުޓުބޯޅަ މިވެއްޓުނީ ލަންކާ ބޫޓާނަށް ވުރެ ދަށަށް.
އިއްޕަޓޭ
20 March 2025
މީނާއަށްވުރެ ރަނގަޅު ދިވެހި ކޯޗެއް ހަމަނެތީތަ؟ މީގެ 4 އަހަރުކުރިން އަމިއްލަ ގައުމުގަ ފެއިލްވި ސާފް ޗެމްޕިއަންޝިޕް ޓީމު ގޮވައިގެން އަދިވެސް އެއުޅެނީ. ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭކަށް ބޭނުމެއްނުވޭ. މާޒިޔާގަ ބެންޗު ހޫނުކުރާ ގްރޫޕް އަރުވައިގެ މިކަމެއް ނުވާނެ.
އަންފެއަރ ޖަޖިން
20 March 2025
ލަދު ކޮބާ؟ 11 މީހުން ގޯލްކުރިމަތީގަ، ވީބަލި އެއީވެސް 3-0 އެއްމެ ޟޮޓެއް ނުނެގުނު. އަޅެ ކަލޭމެން ކުޅުނީ ބުރެޒިލާތަ؟ ނޫނީ ސުޕޭނާތަ! ކަލެއަށް ހަލާކު ހުރި.
ލަދުން ބޯހަލާކު
20 March 2025
މެޗް ކުޅުމުގެ ކުރިން: ލީގެއް ނެތެސް ބުންވަރު ސަތޭކަ ހަމަ. އޭޝިއަން ކަޕަށް ކޮލިފައިވާން މިފަހަރު ވަރަށް ފަސޭހަވާނެ. މިއީ ބަސްމަގު. ނިމުނީމަ ފިނި. ބޯޅަ ކޮންޓްރޯލެއް ނުވޭ.
ވާނުވާ،،،
20 March 2025
ލަދުން މަރޭ،،، މި މީހުން ދަނޑަށް އަރުވަންވީ އަތަށް ހައެއްކަ އަންގިއާ ބޮލުކޮައްޕި ލައްވައިގެން. ދާހިއްލާ ފޯވެފައޭ ތިބީ... އަޅެފަހެ މި މެޗް ކުޅުނީ އެންޓާޓިކާގަތަ،،، ދެއްކުންތެރިކަން ނޫން ދެން ކޮންކަމެއް.
ރަދީފްއޮފިޝަލް / ނަތަންޔާހޫއަށް ހަލާކުހުރި
20 March 2025
ރޯދަމަސް ވީމަ ނެތް ކޮމެންޓެއް ލިޔެވެނެ. އެހެންނޫންނަމަ ރަނގަޅު ރައްދެއް ދޭނަން.