ފީނައިގެން ބ. އަތޮޅުން ދުނިޔޭގެ ރިކޯޑު ފޮތަށް އެެރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން.
21 މާޗް 2025 - 20:05
ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ބ. އަތޮޅުގައި ފީނައިގެން ދުނިޔޭގެ ރެކޯޑެއް ހެދުމަށް އެ އަތޮޅު ކައުންސިލުން ފްރީޑައިވް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
"ބާނި" ގެ ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތް އޮންނާނީ އެ އަތޮޅު އަނގަފަރު ސަރަަހައްދުގަ އެވެ. އެތަނަށް އެއް ފަހަރާ ހާހަކަށް ވުރެ ގިނަ މީހުން ޖަމާވެ، ފީނައިގެން ގިނީސް ވޯލްޑް ރެކޯޑުން ޖާގަ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ބާއްވާ މި ހަރަކާތުގައި ބ. އަތޮޅުގެ ރައްޔިތުންނާއި އެ އަތޮޅުގެ ރިސޯޓުތަކުގެ އިތުރުން މުޅި ރާއްޖެއަށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
ގިނަ އަދަދެއްގެ ރިސޯޓުތައް ވެސް ހިންގާ ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި އެ ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން ހޭލުންތެރިކޮށް، އެ އަތޮޅަކީ ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް އިޝްތިހާރުކުރުމެވެ.
އެއީ އަތޮޅު ފެންވަރުގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
ބ. އަތޮޅު، ބަޔޮސްފިއާ ރިޒާވްއަކީ އެ ހަރަކާތުގެ ޕާޓްނަރަކަށް ހެދުމަށް އެއްބަސްވުމުގައި ސޮއި ކުރަން ހަމަޖެހިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑީގައި
22 March 2025
މީ ހާދަ އަޑީގައި އޮތް ރެކޯޑް ފޮތެކޭދޯ؟