ހައްޖު ކޯޕަރޭޝަންގެ މި އަހަރުގެ ކިއޫގައި 850 މީހުން އެބަތިބި.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިދިޔަ އަހަރު ހައްޖަށް ދިޔަ މީހަކު ފުރުމުގެ ކުރިން އާއިލާގެ ކުދިންނާ ސަލާން ކުރަނީ.---ފައިލް ފޮޓޯ: ފަޔާޒު މޫސާ|މިހާރު
24 މާޗް 2025 - 04:44
ހައްޖަށް މީހުން ގެންދާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ހައްޖަށް ދާން ކިއު ލިސްޓުގައި ތިބި އެންމެންނަށް މި ބުރުގައި ހައްޖުގެ އަޅުކަމަށް ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"މިއީ ޒަމާންތަކަކަށް ފަހު, އެ އަހަރެއްގައި ކިއުގައި ޖެހިފައި ތިބި އެންމެންނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހައްޖު ކޯޕަރޭޝަން މެދުވެރިވެގެން ހައްޖަށް ދާން މި އަހަރުގެ ކިއުގައި 850 މީހުން އެބަތިބި ކަމަށެވެ.
"އެ އެންމެންނަށް ހައްޖަށް ދެވޭނެ އިންޝާ ﷲ. ރައީސްގެ އަމާޒަކީ ކިއު ތަރުތީބުން ހައްޖުގެ ފުރުސަތަށް އުނިކަމެއް ނައިސް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދީ، ހައްޖު ތަކުރާރު ކުރެވޭނީ ފަސް އަހަރު ފަހުން ކަމަށް ކަނޑައަޅައި، އިސްލާމިކް މިނިސްޓްރީން މި މަހު ވަނީ އުސޫލެއް ހަދައިފަ އެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރުވިއަސް ފަރުޟު ހައްޖު އަދާކުރަން ދިގު އިންތިޒާރެއްގައި ތިބި މީހުންނަށް ހައްލެއް ހޯދައިދިނުމަށް، ހައްޖު ކޯޓާ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
25 March 2025
ހުރިހާ ހައްޖު ކޯޓާ އެއް ލިބެނީ ހައްޖު ކޯޕަރޭޝަން އަށެވެ. ދެން އެމްޕީއެލް އާއި ސްޓެލްކޯ އާއި އެއަރޕޯޓް ފަދަ ތަންތަނުން ކޯޓާ ނެތި މުވައްޒަފުން ހައްޖަށް ފޮނުވަނީ ކިހިނެއްތޯ އެވެ.؟
ހުވަނދޭ
25 March 2025
ޝައްކު ކޮންމެވެސް އެއްޗެއް ކިޔާގެން އިތުރަށް ފައިސާ ނުނަގާނެ ކަމާމެދު!!!!!!ދީނުގެ ނަމުގައި މިހާތަނަށް އޮތީ މިވެރީން ޖަރިމާ ތަށް ހިންގާކް. އެހެން ވެ ބުނެވުނީ..
ދިވެސް
25 March 2025
ކިޔުގަ ތިބި އެންމެންނަށް މިފަހަރު ދެވޭނެކަމަށް ބުނާބުނުން ގަބޫލު ކުރަން އުނދަގުލެވެ. އިތުރު ބަޔަކު އަތުން ފައިސާ ނަގަން ކުޅޭ ކުޅިގަނޑެއްގެ ވަސްދުވަނީ.
މުލޭ
24 March 2025
ޢުމުރާވެރިންގެ ކާޑު ލިމިޓު ބޭންކުން އިތުރު މިކުރީ 16.80 ވަރަކަށް ރުފިޔާއަށް ޑޮލަރެއްގެ ރޭޓުން. ކާޑުން ވިޔަފާރުކުރެވެނީ އަބަދު ވެސް މިރޭޓުންތޯ.
އަލީ!!
24 March 2025
މިއަހަރަށް ހައްޖައްދާން ކިއުގައި ޖެހުނީމަ މިއަހަރަށް ހައްޖަށް ދެވެންވާނެދޯ؟ އެއީ އެކަން އޮންނަންވާނެގޮތް.
ރެދަން
24 March 2025
އަޅޭ ރައީސްގެ ހެޔޮފުޅު ކަމުން ހާދަހާވާ ރަގަޅޭ! :ޕ
ކުރޮޅި
24 March 2025
ކިޔުގައި ނެތް ބަޔަކު ފަގީރުންގެ ލިސްޓަށް ލައި ސަރުކާރުގެ އެހީގައިކަމަށް ބުނެ ދައުލަތުގެ ފައިސާއިން ހޭދަކޮށް ކިޔު ފަޅައިލައި ހައްޖަށް ފޮނުވުން އޯކޭ ދެއްތޮ
ކކކކ
24 March 2025
ކުޑަކުޑަ ޤައުމަކަށް ކޮންމެ އަހަރަކު އެންމެ މަދުވެގެންވެސް 1000 ހައްޖު ކޯޓާ ލިބޭ އިރުވެސް ފައިސާ ދައްކައިގެން ހައްޖަށް ނުދެވި ދިހަ ބާރަ އަހަރު މަޑުކުރަން ޖެހޭތީ ހައިރާންވާން ޖެހޭ. ސުވާލަކީ އެވަރަށް މީހުން އަތުން ފައިސާ ނަގައިގެން ދިހަ ބާރަ އަހަރު އެފައިސާ ހިފަހައްޓައިގެން އެ ފައިސާއަށް ކީއްހޭ ތިކުރަނީ.. އަދިވެސް ބަލަމުން ތިދަނީ މޙުން އަތުން ފައިސާނެގޭތޯ.
ހުވަނދޭ
24 March 2025
ތިހެން ބުނެފިއްޔާ ދެން ތި ތިކަން ނުވީ..........ޔަޤާިންކުރޭ ކުދީންނޭ. 1.މާކުރީން ލާރިނަގާިގެން އެއިން ވިޔަފާރިކުރަނީ ދެން މިއަނަނައަހަރު ބުނަނީ ކުރީން ނެގި ވަރަކުން ނުވެޔޭ އިތުރަށް ލާރިދައްކާށޭ. 2.ކިޔުތަރުތީބު އާއމުކުނުތާނެ މިސަރުކާރަކުން . އޭރުންތާ ދޯ އިތުރަށް ކަޓު ނަގައިގެން ކުނަމްބަރު އަވަސް ކުރެވޭނީ. ކޮންމެ ކަމެއްގައި ގޮގާއި މަކަރު... ކިހާދެރަ ދޯ
ނާބަ
24 March 2025
ވަރަށް ތާހިރެއްނު 1000 ކޯޓަ ދެނީ އެހެން އެއްވެސް ގްރޫޕަކުން މީހަކު ހައްޖަކަށް ނުގެންދޭ 850 މީހުން މިއަހަރު ކިޔުގަ ދާން ބުނާއިރ 150 ކޯޓާަވީތަނެއް ނޭގުނު 1000 ކޯޓާލިބޭނަމަ ކިޔުގަވެސް ތިބޭނީ 1000 ޖާގަ. ނަސީބެއް މިއަހަރު ކިޔުގަ ތިބީ 200 މީހުނޭ ނުބުނިކަން ޝުކުިރއްޔާ ރައީސް ޝުކުިރއްޔާ މެޑަމް ސާޖިދާ
މުލޭ
24 March 2025
1000 މީހުން އެކަނި ފޮނުވާލީމަ ފުދޭނެތަ. އެމީހުންގެ ކަންކަން ބަލަހައްޓަން ބަޔަކު ދާން ނުޖެހޭނެތަ. އެތަނަށް ގޮސް އެމީހަކާ އެމީހަކު އަމިއްލައަށް އުޅެގަންނަންވީތަ. ދަތުރަކީ ހަމައެކަނި ސަޢޫދީއަށް ދިއުން ކަމަށް ދެކޭނަމަ ފްލައިޓަށް އަރުވާފައި ފުރުވާލީމަ ނިމުނީ.
އަފްރާސިޔާބު
24 March 2025
150 ކޯޓާ އަކީ ހައްޖު ކޯޓާއެއް ނޫން. އެއީ ހައްޖު ކުރިއެރުވުމަށް އިޝްތިހާރު ކުރާ ކޯޓާ. އޭގެ ފައިސާ ހޭދަކުރަންޖެހެނީ އިޝްތިހާރަށް. އެއީ ހެޔޮފުޅުކަމުން ކުރާ އިޝްތިހާރެއް.
މުއްތު ކުމާރު
24 March 2025
ޙައްޖާއި އުމުރާ އަށް ގެންދަން ގުރޫޕު ހަދާއިގެން އުޅޭ މީހުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވާނެ މި ވާހަކަ! ޜޯދަ މަހު ވެސް ބަޔަކު އަތުން ލާރި ކައިލާފައި އުމްރާ އަކަށް ނުގެންދޭ؟ މިހާރު އެވާހަކަ ނިމި އަނެއްކާ އާ ހެޑިން އެއް އަރުވާފައި މިއޮތީ ވަރަށް ރީތި