ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ހައްޖަށް ބަޔަކު ފުރަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
27 މެއި 2025 - 11:18
ދުވަސްގަނޑެއްގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ހައްޖުގެ އަޅުކަމަށް ސައޫދީ އަށް ދިވެހިން އުފުލަން މިއަދު ފަށައިފި އެވެ.
ރާއްޖެ އިން ހައްޖަށް ދާ މީހުން މީގެ ކުރިން މައްކާ އަށް ދަތުރުކުރަނީ ކޮންމެ އަހަރަކު ވެސް ބޭރު އެއާލައިންގެ ފްލައިޓްތައް ޗާޓަރު ކޮށްގެންނެވެ. އެހެންވެ، މިއީ ދުވަސްގަނޑެއްގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ގައުމީ އެއާލައިންގައި ދިވެހިން ހައްޖަށް ގެންދަން ފެށި ފުރަތަމަ ދުވަހެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި އަހަރުގެ ހައްޖުގެ އަޅުކަމަށް މޯލްޑިވިއަންގައި ފުރަތަމަ ފަހަރަށް ފުރީ ދިވެހި ހައްޖުވެރިންގެ ދެވަނަ ގުރޫޕް ކަމަށެވެ. މޯލްޑިވިއަން އެއާލައިން Q2 6360 ފްލައިޓުގައި އެ މީހުން ހައްޖަށް ދާން ފުރީ މިއަދު ހެނދުނު 8:00 ގަ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ރާއްޖެއިން މިއަދު ހައްޖަށް ބަޔަކު ފުރަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެ ފްލައިޓުގައި 255 މީހުން ހައްޖަށް ފުރާފައި ވާއިރު، އެ ފްލައިޓް ޖިއްދާގެ އެއާޕޯޓަށް ޖައްސާނެ ކަމަށް ލަފާކުރަނީ ޖިއްދާ ގަޑިން މިއަދުގެ ހެނދުނު 11:00 ހާއިރު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ ހައްޖުގެ އަޅުކަމަށް މޯލްޑިވިއަންގައި 500 ހައްޖާޖީން ދަތުރުކުރާނެ ކަމަށެވެ. މިއީ ރާއްޖެ އަށް ސައުދީން ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ 50 ޕަސެންޓެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެފައި ވަނީ މޯލްޑިވިއަން އިން ހައްޖުވެރިން އުފުލަން ފެށުމުން ހައްޖުގެ ދަތުރުތަކަށް ކުރަމުން އަންނަ ހަރަދުން 3.4 މިލިޔަން ރުފިޔާ ސަލާމަތް ވާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި 100 ޕަސެންޓް ހައްޖުވެރިން މޯލްޑިވިއަން އެއާލައިންގައި ދަތުރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ރާއްޖެއިން މިއަދު ބަޔަކު ފުރަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސަރުކާރުން ބުނެފައި ވަނީ މޯލްޑިވިއަނުން ދަތުރު ކުރަން ފެށުމަކީ ހައްޖަށް ދާ މީހުން ދައްކާ ފައިސާ މަދު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށެވެ.
ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ރާއްޖެއިން ވަނީ "މައްކާ ރޫޓު އިނީޝިއޭޓު"ގައި ބައިވެރިވެފަ އެވެ. މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ. އޭގެ ސަބަބުން ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައި ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންހާމަ އޮފިޝަލް
27 May 2025
އެހެންނޫނީ ހައްޖަށް ގެންދަނީ 30 ދުވަހަށް. މިފަހަރު 15 ދުވަހަށް ގެންގޮއްސާ މިބުނަނީ އެއީ އަވަހަށް ގެންދިޔައިމާ ރޯގާ ޖެހޭތިއްޔޭ
ވަތް
27 May 2025
އަހަރުން ވަނީ ދެރަ.... ހިލެ އެއް ނޫން ދޯ ބޯޓު އުދުހެނީކީ.. ސަރުކާރު ނިމޭއިރުވެސް ތޮ ފްލައިޓަށް ދިޔަ ޚަރަދު މޯލްޑިވިއަން އަށް ލިބުމަކީ ނާދިރު ކަމެއް. ގެއްލުން ވާނީ ހަމަ ދިވެހި ރައްޔިތުންނަށް. މީ ވަރަށް ދެފުށް ފެންނަ އުސޫލަކުން ކުރެެވެން ޖެހޭ ކަމެއް.
ހާރޖީ
27 May 2025
އިސްރަށް ވެހިންނަށް ދިވިހި ބަހުން ވާހަކަ ދައްކާލެވޭނެ ކުރޫއިން ތިބބޯޓެއްގައި ދަތުރު ކުރުމުކީ ކިހާބޯޑު އުފަލެއްތޯ! ޝުކުރިއްޔާ މުއިއްޒު އަދި އެމްޑީ އިޔާސް.
ޔަގީންޓާރ
27 May 2025
ޝަހީމޫ މީސްތަކުންނަށް އޮޅުވާލަން ނޫޅޭ! މޯލްޑިވިއަނުން އެންމެ ފުރަމަތަ ދިވެހި ހާޖީން ހައްޖަށް ގެންގޮސްފައިވަނީ 2013 ވަނައަހަރު!
ރއެެފއެ
27 May 2025
އިންޑިއާއަށް އެއަރޕޯޓު ދިނީ ނަޝީދު
ސަލީމު އިދުރީސް
27 May 2025
ސަރުކާރުން ބުނެފައި ވަނީ މޯލްޑިވިއަނުން ދަތުރު ކުރަން ފެށުމަކީ ހައްޖަށް ދާ މީހުން ދައްކާ ފައިސާ މަދު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެއް ކްމަށެވެ! މިއީ ބޮޑު އޮޅުވާލުމެއް މިއައްވުރެ އަގުބޮޑުކޮން އަދި މިހާތަނައް ހައްޖައްނުދޭ! 15 ދުވަހައް 70000 ރުފިއާ މިއީ ދުނިއޭގެ އެންމެއަގުބޮތި އެއާލައިންތަކުގެ ބިޒުނަސްކުލާހުގަ ދަތުރުކޮއްގެން މަތީ ހޮޓާތަކުގަ ތިބެވި އިތުރުވާހާ ފައިސާ
މިނާ ޓެންޓް
27 May 2025
މި ފަހަރު މިނާ ޓެންޓް ކެޓަގަރީ އަޕްގްރޭޑް ކުރުމަށް ކިހާ ހަރަދެއްކުރި ބާ؟ އަމިއްލަ ޖަމާއަތްތަކުން ގެންދާނަމަ ދެލައްކަ ތިން ލައްކާގަ އުޅޭނީ ހައްޖު އަގު
އިބުރާ
27 May 2025
@މިނާ ޓޭންޓް؛ 69ހާސް ރުފިޔާ ނެގީ 30 ދުވަހަށް ގެންދާ ޕެކޭޖަކަށް. ދެން އެއަށްވުރެ މަދު ދުވަހަށް ގެންދާ ނަމަ ޚަރަދުންވެސް އެވަރު މަދުވާންޖެހޭނެ. އަދި ނުވިތާކަށް މިހާރު އެކިޔަނީ މޯލްޑިވިޔަންގައި ގެންދެވުނީމަ ވެސް އެތައް މިލިޔަން ސަލާމަތްވި ވާހަކަ. އެހެންވިއްޔާ އެބަޖެހޭ 69ހާހުން ބައެއް އުނިކޮށްދޭން.
އޮނަރަބްލް އަފީފު ދީދީ
27 May 2025
ޔަޤީންކަމާއި އެކު ޑޮލަރުން އާމްދަނީލިބޭނެ ބޮޑު މާކެޓެއް އޮތް ޙަރަދުގެ ގޮތުންވެސް އެއަރ ބަސް A-330 ގަތުމަށާއި އޭގެ މެއިންޓަނަންސް އަދި އޮޕަރޭޝަނަލް ކޮސްޓަށް ހިގާ ޙަރަދަށްވުރެން އެތައްގުނައެއް ކުޑަ އިންވެސްޓެއް ކޮށްގެން މޯލްޑިވިއަންގެ ސީޕްލޭން ފުލީޓަށް ބޯޓް އިތުރުކޮށްގެން ކުންފުނީގެ ވިޔަފާރިފުޅާކޮށް ރާއްޖޭގެ ކަނޑަށް ޖައްސާ ބޯޓްގެ ވިޔަފާރީގެ މައިކުންފުންޏަކަށް މޯލްޑިވިއަނަށް ވުމަށް އޮތް ފުރުސަތުނަގާލީ ވާދަވެރި ކުންފުނިތަކުގެ ބާރުގައި މިމީހުންނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
27 May 2025
ތިކަމަކީ މޯލްޑިވިއަން ގެ ސީނިއަރ މެނޭޖްމަންޓާއި ކުންފުނީގެ ބޯޑްގައި ތިބިމީހުން މޮޅުވެގެން އެމީހުންގެވިސްނުމާއި އިލްމާއި ހުނަރުވެރިކަމާއި ކުޅަދާނަކަމުން އެމީހުންހޯދައިގަތް ކަމެއްނޫން. ތިއީ މިދެންނެވިމީހުން މެޑަލްޖަހާން އުޅުނެއްކަމަކު އެމީހުންކުރި ކަމެއްވެސްނޫން. މޯލްޑިވިއަން ކުރިއަރުވަން ބޭނުންނަމަ ކުންފުނި ބަޤުރޫޓްވެ މޯލްޑިވްސް އެއަރވޭޒް އާއި އެއަރ މޯލްޑިވްސް ދިޔަމަގުން ދިޔަނުދިނުމަށްޓަކާ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓާއި ބޯޑް ބަދަލު ކުރަންޖެހޭ.
ކަހެރުވައް
27 May 2025
ކޮބާ ކޮބާ ތި ދަތުރުތަކުން މޯލްޑިވިއަނަށް ވާ ފައިދާއާ ގެއްލުމުގެ ހިސާބު އޮތީ ކިހާ ހިސާބެއްގަތަ؟ މައުލޫމާތު ހޯދުމުގެ ގާނޫނުގެ ދަށުން ނޫސްވެރިޔާ މިކަން ބަލައިދީބަލަ.
އޮނަރަބްލް އަފީފު ދީދީ
27 May 2025
ވީލްބޭސްޑް ބޯޓަށް ވުރެން އެތައްތަނެއް ޙަރަދުކުޑަ އަދި ރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ފެތުރިފައިވާ ކުޑަކުޑަ ރަށްތަކަށް ވަކިންޙާއްސަކޮށް ރާއްޖޭގައިއޮތް އަގުބޮޑު ފަތުރުވެރިކަމަށް ބޭނުންތެރި ކަނޑަށް ޖައްސާ ބޯޓް އިތުރު ކުރުމުގެ ބަދަލުގައި ދައުލަތް ދަރަނިކޮށް ތިޔަ "ބާމަތި ފުޅާ ބޯޓް ކުންފުންޏަށް ގެނައީ" ޓީއެމްއޭ ފަދަ އެބައެއްގެ އަތް ދަށުގައި ސީޕްލޭން ވިޔަފާރި އޮތް ކުންފުނިތަކުގެ ނުފޫޒު ހުރި ފަރާތް ތަކަކުން މޯލްޑިވިއަން އަށް ލަނޑު ދިނުމަށް.
ސިކުނޑިނެތް
27 May 2025
ދަރިޔާ ކިހާވަރަކުންތޯ ދައުލަތް ދަރަނިވީ މި ބޯޓު ގެނެސްގެން. މީ މަހު ކުއްޔަށް ގެނެސްގެން އުޅޭ ބޯޓެއް.
ސަމަދްް
27 May 2025
މި ގައުމުގެ ކަންކަން ކުރިޔަށްއޮތްތާގައި އަދި މިޔަށްވުރެ މާބޮޑުތަނުންވެސް ރަނގަޅުވާނެ. ރައީސް މުއިއްޒު އަހަރެމެން މިގެންދާ މިސްރާބު ކިތަންމެހާވެސް އުޖާލާ.