މީގެކުރިން ހައްޖުގެ އަޅުކަމަށް ބަޔަކު ފުރަން އެއާޕޯޓްގައި: ފުރަތަމަ ހައްޖަށް އިސްކަންދީ، ފަސް އަހަރު ފަހުން ހައްޖު ތަކުރާރު ކުރެވޭ ގޮތް ވަނީ ހަދާފައި - ފޮޓޯ: މިހާރު
18 މާޗް 2025 - 21:21
އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދީ، ހައްޖު ތަކުރާރު ކުރެވޭނީ ފަސް އަހަރު ފަހުން ކަމަށް ކަނޑައަޅައި، އިސްލާމިކް މިނިސްޓްރީން އުސޫލެއް ހަދައިފި އެވެ.
ރާއްޖޭން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ ނަމުގައި މިއަދު ގެޒެޓްކުރި އުސޫލުގައިވާ ގޮތުން އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭނެ އެވެ. އަދި ހައްޖު އަޅުކަން އަދާކޮށްފައިނުވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނަށް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ވަކި ޕަސެންޓެއް ހާއްސަކުރާނެ އެވެ.
އޭގެއިތުރުން ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ މީހުންގެ ތެރެއިން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިޔަކު ބޭނުންވާ މީހުންނަށް ހައްޖު ލިސްޓްގައި ކުރިން އަޅުކަން އަދާކޮށްފައިނުވާ އާއިލާ މީހަކު ހިމެނޭ ނަމަ، އެމީހަކަށް ފުރުސަތު ދޭނެ އެވެ.
އެފަދަ އާއިލާގެ މީހަކު ނެތް ނަމަ، އެހީތެރިއެއްގެ ގޮތުގައި ކުރިން ހައްޖުވެފައިވާ މީހަކަށް ފުރުސަތު ދޭނީ އެމީހާ ހައްޖުގެ އަޅުކަން އަދާކުރިތާ ފަސް އަހަރުވެފައިވާ ނަމަ އެވެ.
އުސޫލުގައިވާ ގޮތުން ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ނަމަ، ހައްޖު ކޯޓާއިން އެމީހަކަށް އިތުރު ފުރުސަތެއް ދެވޭނީ އެންމެ ފަހުގެ ހައްޖުގެ އަޅުކަން އަދާކުރިތާ ފަސް އަހަރުވުމުންނެވެ. ނަމަވެސް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހައްޖު ހިދުމަތްތެރިންގެ ގޮތުގައި ގެންދާ މީހުން މީގެ ތެރޭގައި ނުހިމެނެ އެވެ.
މި އުސޫލާ އެކު އަމަލުކުރަން ފަށައި ކަންތައްތަކާ ގުޅިގެން މިހާރު އޮތް ހައްޖު ލިސްޓަށް ބަދަލުތަކެއް އަންނާނެ އެވެ. އުސޫލުގައިވާ ގޮތުން މުހައްރަމް 1447 ގެ ކުރިން ހައްޖު ކިއު ތަރުތީބަށް އެ ބަދަލުގެންނަން ޖެހޭނެ އެވެ.
ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރުވިއަސް ފަރުޟު ހައްޖު އަދާކުރަން ދިގު އިންތިޒާރެއްގައި ތިބި މީހުންނަށް ހައްލެއް ހޯދައިދިނުމަށް، ހައްޖު ކޯޓާ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހައްޖާ ބެހޭ ގަވައިދު ކުރިން އޮތް ގޮތުން އެ އަޅުކަން އަދާކުރަން ކިތަންމެ ގިނައިން ވެސް ސައުދީއަށް ދެވޭނެ އެވެ. ނަމަވެސް އެ އުސޫލު އެ ގޮތަށް އޮތުމުން، ރާއްޖެއިން ހައްޖަށް ދިއުމަށް ލިބޭ މަދު ކޯޓާއިން ފުރުސަތު ނުލިބޭ ކަންބޮޑުވުން އަބަދު ވެސް އޮވެ އެވެ.
ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށް ފަހު ވެއިޓް ލިސްޓުގައި 9،115 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި އަލަށް ހައްޖަށް ދާން ފައިސާ ދެއްކި 8،623 މީހުންނާއި ރިޕީޓްކޮށް އެ އަޅުކަމަށް ދާން ނަން ނޯޓުކުރި 492 މީހުން ހިމެނެ އެވެ.
ވެއިޓް ލިސްޓުގައި އެންމެ ގިނައީ އަލަށް ހައްޖަށް ދާން ނަން ނޯޓުކުރި 65 އަހަރުން ދަށުގެ މީހުންނެވެ. އެ ކެޓަގަރީގައި 7،150 މީހުން އެބަތިއްބެވެ. އަދި އެ އުމުރުގައި ރިޕީޓްކޮށް ހައްޖަށް ދާން ނަން 393 މީހުން ނަން ނޯޓުކޮށްފައި އެބަތިއްބެވެ.
އަލަށް ހައްޖަށް ދާން ދެ ވަނަ އަށް އެންމެ ގިނައިން ތިބީ 65-75 އަހަރާ ދެމެދުގަ އެވެ. އެ އުމުރުގެ 1،370 މީހުން ނަން ނޯޓުކޮށްފައި ވެ އެވެ. އެ އުމުރުގައި ރިޕީޓުކޮށް ހައްޖަށް ދާން 91 މީހުން އަދި 75 އަހަރުން މަތީގައި، އަލަށް ހައްޖަށް ދާން 103 މީހުންނާއި ރިޕީޓުކޮށް އަޅުކަމަށް ދާން އަށް މީހުން ވެއިޓްލިސްޓުގައި އެބަތިއްބެވެ.
ހައްޖު ކިއުގައި 9،000 އަށްވުރެ ގިނަ މީހުން މި ވަގުތު ތިބިއިރު، މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހައްޖަށް ގެންދަން ރާއްޖެއަށް ލިބޭ ކޯޓާ ހަމައެކަނި ސަރުކާރުގެ ކުންފުންޏަށް ދޭން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮހޮއްތުބެ
19 March 2025
ރަނގަޅު ނިންމުމެއް
އައިސާާ
19 March 2025
އެހެންވީމާ 65. މަތީ މީހުން ވެސް ކިއު ލިސްޓް ނަގަންޖެހެނީ. އެއިރުން އަހަރުމެންނަށް ވެސް. ދެވިދާނެ ކަން ނޭގެ އަހަރެމެންގެ ރައްޓެއްސަކު ވެސް. ނެތީމަ ކިއުގަފަހަތަށްޖެހެނީ މިހާރު
އިހުރާމް
19 March 2025
ހައްޖަކީ 1 ފަހަރަ އަދާ ކުރެވޭފަދަ ތަނަވަސް ކަމެއް ހުރެގެން އަދާ ކުރަން އޮތް ރުކުނެއް. ގިނައިން އަދާ ކުރުމުގެ ތަނަވަސްކަން ހުރި މީހުން 1 ފަހަރު އަދާކޮށްފައި ހެޔޮ ވިސްނިގެން އަނެކުންނަށް އެފުރުސަދީ އެހީތެރިވިޔަސް އަދާ ކުރިކަމުގެ ސަވާބު ދެއްވާނެ.
އުސްމިދު
19 March 2025
މީގެ ސަބަބުން ނުދެވި އޮތް އެތައް ބަޔަކަށް ފުރުސަތު ލިބޭނެ. މި ހަގީގަތް ގަބޫލް ކުރަން ޖެހޭ
ސިޔާދު މުހައްމަދު
19 March 2025
ކުރިންވެސް އޮތެއްނު މި ގޮތް. ރައީސް މުއިއްޒް ހަމަ މޮޅީ. ރައްޔިތުންގެ ހައްގުގައި ހާދަ ކަމެކޭ މިކޮށްދެނީ
ށސ11
19 March 2025
5 އަހަރުވެސް އަވަސް. ޢަލަށްދާމ މީހާ ނަންނޯޓުކޮށް ފައިސާދައްކައިގެން އެންމެ އަވަހަށްވެސް މިލައްވާލަނީ 7 އަހަރު 8 އަހަރުފަހުން. ވީމާ ތަކުރާރުކޮށް ހައްޖަށްދާ މީހުނަށް 5 އަހަރުފަހުން ދިޔުމުގެ ބަދަލުގައި 10 އަހަރަށް ހަދާބަލަ. ވަކި 65 މީހުނަށް އިސްކަންދެވިގެން ނުވާނެ. ތަރުތީބުންދޭންވާނީ.
ހަސްފަތު
19 March 2025
އަޅުގަނޑަށްވެސް ފުރުސަތު ލިބެން ޗާންސް ބޮޑުވީ މި
ކިއްލި
19 March 2025
ތިޔަ ނިންމެވި ނިންމެވުން ވަރަށް ރަނގަޅު. އެކަމަކު ފަގީރުންނަށް އެހުޅުވާލާ ފުރުސަތު އެހާ ރަނގަޅެއްނޫން. އަސްލު ފަގީރުންނަކީ އެފުރުސަތު ކޮންމެހެން ލިބެންޖެހޭ އަދި ވާޖިބުވާބައެއްނޫން. އެހެނެއްނޫން އެމީހުންވެސް ފުރުސަތުދީފާ ކިއުތަރުތީބަށްލާނަމަ ދެން އެގޮތް ގޯހެއްނޫން.
ތޫބާ ނާޒިްމް
19 March 2025
މުހިއްމު ނިންމުމެއް. އެހެން ނޫނީ އެތައް ބަޔަކަށް ނުދެވި އެތައް ދުވަހަކު ނުދެވި ތިބޭނެ
އައިޝަތް މާހާ
19 March 2025
ދެން މަށަށްވެސް އަވަހަށް ދިޔުމުގެ ފުރުސަތު މިލިބުނީ. އަލްހަމްދުﷲ
އަބްޑޫޅް +
19 March 2025
އަލްހަމްދުﷲ؟ ރަންކޮޅާ، ދެލޯފުލާ، ރަގަޅު ގޮތަކީ "އަލްހަމްދު އައްލޯހު" އެއް ނޫން؛ "އަލްޙަމްދު ލިއްލާހު" (އަލްޙަމްދު لله)