އައިޖީއެމްއެޗްގައި ހުޅުވި ހާއްސަ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ބަޔަކު ސާޖިކަލް މާސްކް އަޅައިގެން---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
14 މާޗް 2017 - 19:21
ރާއްޖޭގައި މި ދުވަސްވަރު ހުމާއި ވައިރަލް ރޯގާ ފެތުރުންދާ އިރު، ރައްކާތެރި ކަމުގެ ގޮތުން ބޭނުން ކުރާ ސާޖިކަލް މާސްކް ހުސް ނުވެ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
"އެއްވެސް ދަތިކަމެއް ނެތި މާސްކު ލިބެން ހުންނާނެ މާލެ އާއި ރަށްރަށުގެ އެސްޓީއޯގެ ބޭސް ފިހާރަތަކުން،" އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
މާލޭގެ ބައެއް ފާމަސީތަކުން މިއަދު ވަނީ ސާޖިކަލް މާސްކް ހުސްވެފަ އެވެ. އެއާ އެކު ސެނިޓައިޒާ ވެސް ލިބުން ވަނީ ދަތިވެފަ އެވެ.
މިހާރު ފެތުރެމުން ދާތީ، މާލޭގައި ވަރަށް ގިނަ ބަޔަކު މިއަދު ވަނީ މާސްކު ބޭނުންކުރަން ފަށައިފަ އެވެ. އެއީ މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށާއި އަމިއްލަ ސަލާމަތަށް ޓަކައި އާންމުންނަށް ކުރެވިދާނެ މުހިންމު ކަމެއް ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުވައްމުލައް
15 March 2017
ގައިމު ފުވައްމުލަކުގަ އިންނަ ތިޔަބުނާ އެސްޓީއޯ ފާމަސީ ގަ އެއްމެ މާސްކެއްވެސް ނެތް. ވަރަށް ވެދުން................
ޢަހްމަދު
14 March 2017
އާސަންދައިން މާސްކު ލިބޭތާ؟
އަޑީބް އެންޑް ބަދީއް
14 March 2017
ހުސްނުވާ އާސަންދަ. ހުސްނުވާ މާސްކު.
ހުސެންބެ
14 March 2017
ރ.އަތޮޅުގިނަ ރައްތަކުން މާސްކް ހުސްވެފާ. ރިޕޯޓަރ އަށް ވަރަށް ވެދުން
ޢަބްދުﷲނާފިޒު
14 March 2017
މާސްކް ސްޓޮކް ލިމިޓެޑެއް ނޫން ދެއްތޮ، އެކަމަކު ވެކްސިން ސްޓޮކް ލިމިޓެދް ދެއްތޮ، ހާދަ ދެރައޭ.
GAN Island
14 March 2017
އަމައްޔާއި ..........!! ތިޔަ ކުންފުންޏަކުން ތިޔަ ވާހަކައެއްބުނީ ކާކުތަ ؟؟ 4 ލައްކަ މީހުންނަށް ހުސްނުވާވަރަށް ފޭސް މާސްކު ހުރެއްޖެއްޔާމު ތިޔަ އެސްޓީއޯ އަކީ މާސްކް އުފައްދާ ކާޜުހާނާއެއް. . . ހަތަރުގުޅަ ޕެނަޑޯލް ހަމައަށް ނުލިބޭ ތަނެއްގައި ތިޔަ ވިދާޅުވަނީ މިލިޔަނެއްޔާ މާސްކް (ކޮންމެ ރައްޔިތަކަށް މާސްކެއް ، އަދި ސިއްޙީ ފަރުވާދޭތަންތަނަށާއި އެތަންތަނުގެ މުވައްޒިފުންގެ ބޭނުމަށް މީހަކަށް 20 މާސްކް ކަމުގައި ބެލިޔަސް ކިތައްމާސްކް ބޭނުންވާނެ) އޮތްވާހަކަ ތޯ ؟؟ . . އިއްޔެ ނޫންތޯ ހެލްތް ގެ އިސްވެރިޔަކު ވިދާޅުވީ ޖެނެއަރީ މަހުން ފެށިގެން ބަލިމީހުން ފެންނަމުން ދިޔަ ކަމުގައި ވިޔަސް އެވާހަކަ ''ރައްޔިތުންނަށް އަންގާން ނުޖެހޭތީ'' ނާންގަވަނީ ކަމަށް. . . . ތިވާހަކަ ތިހެން އަންގާކަށް އަދިނުވޭނޫންތޯ ؟؟ ފޭސްމާސްކް ހުންވެއްޖެނަމަ މޫނުގައި ފޮތިބަންނަން ދެރަވަރު ރައްޔިތުންނަށް އަންގާލީމަ އޯކޭވާނެ. . . . އަދިވެސް އިތުރު 300 މިލިޔަން ޑޮލަރު ޙަރަދުކޮށްގެން ލަޤްޒަރީ ބްރިޖެއް އަޅާލެވޭތޯ ބަލާލަބަ.
ވަާނުވަާ
15 March 2017
ފުރަތަމަ ވާނުވާ އެގިގެން ވާހަކަދައްކަބަލަ. ޙެޔޮނުވާނެ. ޑ
އެމީހާ
15 March 2017
ވާނުވާ ނޭންގޭއިރުވެސް އަންގަ ތަޅާތި....އޭރު ނުލިބޭ ކިތެމެ ބޭހެއް އަމިއްލަ ރަށުގަހުރެ ގަންނަން ލިބޭ...... .ހަމަ ގަންނަން ލިބެނީ ތިބުނާ އެސް.ޓީ.އޯ ބޭސް ފިހާރައިން...އަދިވެސް ލިބޭ މިންވަރައް ޝުކުރު ކުރާކައް ނޭންގޭ ދޯ !!!!!!!!!!!!!
ޑޭޓާ
14 March 2017
ރާއްޖެތެރޭ ރަށްރަށުން ހުސްވިޔަސް އޯކޭ ދެއްތޯ
ބަންދަލް މުހުތާރު
14 March 2017
މާސްކުގެ ވާހަކަ ބާއްވާފަ ވެކްސިން ގެ ވާހަކަ ވެސް ދައްކަބަލަ ! ގެނޭތަ އެބަ؟ ސައުދީ ރަސްގެފާނު އަންނަނީ ވެކްސިން ހިފައިގެންތަ ؟
ތަކުރު
14 March 2017
ސާޖިކަލް މާސްކު ބޭނުން ކުރަން އަހަރެށް ފަހުން ނޭންގީ ކީއްވެބާ؟؟
ޗިކުސް
14 March 2017
ދަތި ނުވެ ބޭސް ލިބެންހުރި ވާހަކަ ޔަގީން ކޮއްދީ ، މާސްކެއް ނުބޭނުން.
އެދުރުބެ
14 March 2017
ނުބޭނުން : ކުއްބަހެއް ރަގަޅު ގޮތަކީ "ބޭނުމެއްނޫން"