29 މާޗް 2025 - 20:29
މާދަމައަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ހަނދު ސާބިތުކުރާ ކޮމެޓީން ދެންމެ ކަނޑައަޅައިފި އެވެ.
ފިތުރު އީދު ދުވަހަކީ މާދަމާ ތޯ ނުވަތަ ހޯމަ ދުވަސް ކަމާ މެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީގެ ހަނދު ސާބިތުކުރާ ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމަށްފަހު ކުރި އިއުލާނުގައިވަނީ އިސްލާމީ ބައެއް ގައުމުތަކަށް މިއަދު އިރުއޮއްސުމަށްފަހު ހަނދު ފެނިފައިވާތީ މާދަމާއަކީ އީދު ދުވަސް ކަމަށެވެ.
ރާއްޖެއިން ހަނދު ސާބިތު ކުރުމުގައި އަމަލުކުރާ އުސޫލަކީ ރާއްޖެއަށް ހަނދު ނުފެނުނު ކަމުގައިވީ ނަމަވެސް އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ހަނދު ސާބިތުވީ ކަމަށް ބެލުމެވެ. އެގޮތުން ސައުދީ އަރަބިއާއަށް ހަނދު ފެނިފައިވާތީ އެ ގައުމުން ވެސް ވަނީ މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ނިންމައިފަ އެވެ.
މިފަހަރު ޝައްވާލް މަހަށް ހަނދު ބެލުމުގައި އިސްލާމީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރިއިރު، ފަލަކީ ހިސާބުތައް ދައްކާ ގޮތުން ރާއްޖެ އާއި ރާއްޖެ އަށް ވުރެ އިރުމަތީގައި އޮތް އެއްވެސް ގައުމަކަށް މިއަދުގެ އިރު އޮއްސުމަށްފަހު، ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެ އެވެ. އެހެންވެ، ދިވެހި ކަލަންޑަރުގައި މިހާރު ވެސް އީދު ދުވަސް ކަމަށް ކަނޑައަޅާފައި ވަނީ އަންނަ ހޯމަ ދުވަހެވެ.
ނަމަވެސް މާދަމާއަކީ އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ ބައެއް އިސްލާމީ ގައުމުތަކަށް މިއަދުގެ އިރުއޮއްސުމަށްފަހު އަށް މިނެޓަށް ވުރެ ގިނަ ވަގުތު ހަނދު ފެންނަން ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ އެވެ.
ނަމަވެސް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވެފައިވަނީ އިރުއޮއްސުމަށްފަހު ހަނދު ފެންނަން ނުހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ އީދު ކަމަށް ބެލެވެނީ ކަލަންޑަރުގައި އޮތްގޮތަށް އަންނަ ހޯމަ ދުވަސް ކަމަށެވެ.
ހަނދު ސާބިތު ކުރުމާ ގުޅޭގޮތުން ހިޔާލު ތަފާތުވުންތައް ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ އެކަމުގައި އަމިއްލައަށް ގޮތް ނިންމުމަކީ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށްވާތީ އެކަން ނުކުރުމަށް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިރުޝާދުގެދަށުން
30 March 2025
މިދާރޭޓުން ހަނދުބެލުންވެސް ސިފައިންނާ ހަވާލުކުރާނެ.
ނުތަޅުވާ
30 March 2025
ކަލަންޑަރާ ފަލަކީ ހިސާބާ ހަނދު ހަމަލޮލަށް ފެނުމާ/ނުފެނުމާ ސައުދީން/އެހެން ގައުމުތަކުން ނިންމާ ގޮތެއް ބެލުމާ ސިޔާސީ މީހުން ކިޔާ އެއްޗެއް ބެލުމާ، މި ހުރިހާ ކަމެއްގެ ތެރޭ ކޮންމެ އަހަރަކު ގަަނަނުތަޅުވާ ސައުދީން ނިންމާ ގޮތަކަށް ރާއްޖޭގެ ހަނދުބެލުން ނިންމުން ނިންމާގޮތަށް ބާއްވަންވީނު
ޖެރާޑް.
30 March 2025
ރާއްޖެއަށް ހަނދު ނުފެނިއްޖިއްޔާ އެންމެ ރަގަޅުވާނީ ސައުދީން ނިންމާ ގޮތަށް ތަބާވީމާ.. އެހެންނޫނީ ޙައްޖު ދުވަސްވެސް ދިމާނުވާނެ..
ސައުދޫ
30 March 2025
ސައުދީއަށް ހަނދު ފެނުނީމަ ރާއްޖެއަށް އެފެނުނީ..
ފާމުލަދޭރި ކިލެގެފާނު
29 March 2025
ހަނދު ސާބިތުކުރާ ކޮމެޓީ ގެ ދައުރެއް މިކަމުގައިނެތް. ރާއްޖެ އަށް ހަނދު ފެނޭތޯ ނޫންތޯއެއް ނުބަލާ. ފަލަކީ ހިސާބުން ދައްކާ ގޮތަށް ޢަމަލު ކުރުމަކީ ވެސް އިޚްތިޔާރީ ކަމެއް. މި އަހަރު ރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލް މަހުގެ ހަނދު ނުފެންނާނެ ކަމަށް ފަލަކީ ހިސާބުން ދެއްކި ނަމަވެސް ސައޫދީގެ ނިންމުމަށް ރާއްޖެއިން އެއަށް ތަބާވީ. ކޮމިޓީ އުވާލާފަ ސަރުކާރުން ނިންމާ ގޮތެއް ވަޒީރު އިޢުލާން ކޮށްލުމުން ޚަރަދު ކުޑަ ވެފައި ވަގުތު ސަލާމަތް ވާނެ.
ފަހުދު.
29 March 2025
މައުމޫން 1 ދެންތިބި އެންމެން 0. އީދު މުބާރަކް
ބައްޕާގެ އިބުރާ
29 March 2025
މީގެ ފަހުން މިތަނުގައި ހަނދު ސާބިތު ކުރުމަށް ބަލަން ޖެހޭނީ ހިސާބު ނޫނީ މެތަމެޓިކުސް! ސައުދީން ހަނދު ބަލާނީ! ޢީދު މުބާރިކު
ތަމީން
29 March 2025
ރާއްޖެއަކީ ސައުދީގެ އަވަށެއް. އެހެން ވީމާ އޯކޭ އެއްނު
raajje
29 March 2025
ފަލަކީހިސާބެއްއަޅުގަނޑެއްނުދަންނަން، ވިސްނުމުގެނަޒަރަކުން މިކަމާމެދުއެއްޗެއްބުނާނަމަ ބުނެވޭނީ އެހެން އިސްލާމީގައުމަކަށްހަނދުފެނިގެން ރާއްޖެއަށް އީދުކަމަށް ނިންމުމަކީ ވަރަށް ތާކުންތާކުނުޖެހޭކަމެކޭ، ރާއްޖޭގައި ހަނދުބެލުމުގެ ގާބިލުކަންނެތީތޯ؟ ޒަމާނުއްސުރެކަންކުރާ އުސޫލަކީ ހަމަނުޖެހޭ އުސޫލެއްނަމަ އެކަންބަދަލުކުރަންޖެހޭނެ! ރާއްޖޭގެ އެކިރަށްރަށަށްނަމާދުވަގުތުވެސްވަނީ އެކިވަގުތުގައި، މާލެއަށްނަމާދުވަގުތުވީމާ ހުރިހާރަށަކަށްވެސް ވަގުތުވީކަމަށްބަލަންވީނުން
ރަބަތު
30 March 2025
ނަމާދު ވަގުތޭ ބުނީމަ އެއްޗެއް ބުނެލާނަން، 11:50 ގައި މެންދުރުވެގެން ބަންގި ގޮވިޔަސް 12:30 ގައި މެންދުރު ބަންގި ގޮވިޔަސް ހުކުރު ނަމާދު ހުތުބާ ފެށުން މި އިންނަނީ 12:35 ގައި. މިވެސް އެގަޑި ބަދަލުނުވާގޮތަށް ސިއްކަ ޖެހިފައި އޮތް ކަމެއްބާ؟
ނޫންތެ
29 March 2025
ސައުދިއަރަބިޔާ ޙަނދުއަރާ އޮއްސޭގަޑި ފޮލޯކުރަންޏާ ނަމާދު ގަޑިތައްވެސް ސައުދީއާ އެއްގޮތަކަށްތާ ފޮލޯކުރަންޖެހޭނީ.