ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މީގެ ކުރިން ބޭއްވި ޖަލްސާގައި ފުލުހުން ބައިވެރިވަނީ -- ފޮޓޯ: ރައީީސް އޮފީސް
29 މާޗް 2025 - 22:11
މި ސަރަހައްދުގައި އާއްމުން އެންމެ އިތުބާރުކުރާ ފުލުހުންގެ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ އިދާރާ ހަދަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ގައުމަށް ބޭނުންތެރި އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ގާބިލް އެތައް ބަޔަކު ފުލުހުންގެ މުއައްސަސާގައި އެބަތިބި ކަމަށެވެ. އަދި ތަފާތު އެކި ހުނަރުތަކާއި ތައުލީމު ލިބިފައިވާ ދިވެހީން އެންމެ ގިނަ އެއް ދާއިރާއަށް ދިވެހި ފުލުހުންގެ ހިދުމަތް ވާނެ ކަމަށް ވިދާޅުވި އެވެ.
ޒަމާނަށް އަންނަ ބަދަލުތަކާ ފައިހަމަކޮށް، އާއްމުންނަށް ބޭނުންވާނެ ހިމާޔަތާއި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ދުވަހަކު ވެސް އެތައް ކަމެއް ދަސްކޮށް، އަމަލީ ތަޖުރިބާތައް ފުލުހުން ހާސިލް ކުރާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އެކަންކަމުގެ އިތުރަށް ފުލުހުންގެ ހިދުމަތަށް 100 އަހަރު ވާން ބާކީ މި އޮތް އަށް އަހަރުގެ ތެރޭގައި މި ސަރަހައްދުގެ އެންމެ ޒަމާނީ އަދި އެންމެ އިތުބާރު ހުރި، އެންމެ އޯގާތެރި އަދި އެންމެ ތަންފީޒީ ފުލުހުންގެ ހިދުމަތް ރާއްޖޭގައި އޮންނަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ ގައުމީ ވާޖިބަކީ ކޮންމެ އުމުރު މީހަކާ ވެސް ގުޅިފައިވާ ހިދުމަތެއްކަން އެނގޭ ކަމަށާއި އާއިލާތަކަށް އަމާންކަމާއި ރައްކާތެރިކަން ދީ، މަގުތަކާއި އާއްމު ކޮންމެ ތަނެއްގައި އުސޫލުތައް ހިފަހައްޓައި ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖުތަމައެއް ދެމެހެއްޓުމަށްޓަކައި ހުރިހާ ވަގުތެއް ފުލުހުންގެ ލޯތައް ތައްޔާރީ ހާލަތުގައި އަބަދު ތިބޭން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ހިދުމަތުގެ ފުލުހުން ހޭދަކުރި ކޮންމެ ދުވަހަކުވެސް ހަވާލުވެފައިވާ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑެތި ގުރުބާނީތަކެއް ވަނީ ވެފަ އެވެ. ހުތޫރަތްތެރި އެތައް ވަގުތަކާ ފުލުހުން ވަނީ ކުރިމަތިލައިފަ އެވެ. ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކޮށްދިނުމުގައި އަމާންކަން ގާއިމުކޮށްދިނުމުގައި އަދި ކުށުގެ ވެށިން މުޖުތަމައު ސަލާމަތްކޮށް ދިނުމުގައި ލިބިފައިވާ ތަމްރީނުތަކާއި ތަޖުރިބާގެ ބޭނުން ހިފައިގެން ބޮޑެތި އެތައް ކާމިޔާބީއެއް ވަނީ ހޯދައިފަ އެވެ،" އެ ހިތޯބުގައިވެ އެވެ.
ފުލުހުންގެ ވާޖިބު އަދާކުރުމުގައި އަބަދުވެސް ތިބެނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށާއި އަދި ކިތަންމެ ގިނަ ވަގުތެއް މަސައްކަތުގައި ހޭދަކުރަން ހާލަތެއް މެދުވެރިވިޔަސް އަދި ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހުނަސް ފުލުހުން ތިބެނީ ފަސްޖެހުމެއް ނެތް ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެހެންވެ، ހިދުމަތުގައި ދެމި ތިބުމަށް ފުލުހުންގެ އާއިލާތަކުން ދެއްވާ އެއްބާރުލެއްވުމާއި ހިތްވަރުގެ މަތީން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މުއާމަލާތު ކުރުމުގައި އަހުލާގީ ރީތި ހަމަތައް ހިފަހައްޓައި ކުށްކުރުން ހުއްޓުވުމުގެ އިތުރުން ކުށަށް އަރައިގަތުމުން މުޖުތަމައު ދުރުހެލި ކުރުމަކީ ވެސް ފުލުހުންގެ ވާޖިބަކަށް ވާތީ ރައީސް ވަނީ އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމާއި ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ކިޔައިދީ މަގުދައްކައި ދިނުމުގައި ދެމިތިބުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން އެ މަނިކުފާނު ވަނީ ފުލުހުންގެ ހުވައަށް ވަފާތެރިވެ، ދީނަށް ހުރުމަތްތެރި އަދި ދިވެހިން އަބަދުވެސް ފަހުރުވެރިވާނެ ހިދުމަތެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރައިވެޓް
30 March 2025
އިތުބާރު ހޯދަން ފުރަތަމަ ކަމަކަށް ފުލުހުންގެ ފްލެޓްތައް ހެދުމުގައި ނާޖާއިޒު ފައިދާ ނެގި އެންމެން މޫނަކަށް ކަނދުރާއަކަށް ނުބަލާ ވަކި ކުރޭ
ޢިތުބާރޭ؟؟؟
30 March 2025
އެކަށީގެންވާ ތައުލީމެއް ނެތުން، ރަނގަޅަށް މުއާމަލާތް ކުރަން ނޭނގުން، ސާފުތާހިރުކަން ނެތުން، ޤާނޫނާއި ޤަވައިދު ރަނގަޅަށް ނޭނގުން، މަދުން ނޫނީ މައްސަލައެއް ޙައްލު ނުކުރެވުން، ގޭންގުތައްދެކެ ބިރުގަތުން، ކަރަޕްޝަން އަށަގަނެފައިވުން، ސިޔާސީ ނުފޫޒަށް ތަބާވުން، ބާރުގެ ބޭނުން ކުރަންޖެހޭ ތަންތާ ނުކޮށް ނުކުރަންޖެހޭ ތަންތާ ކުރުން. މިހެން ގޮސް ލިސްޓު ވަރަށް ދިގު. ޢެކަމަކުވެސް މި ސަރަހައްދުގައި ޢާންމުން އެންމެ އިތުބާުކުރާ ތަނަށް ހަދަންތޯއެވެ؟ ހޭނެތިދާނެ!!
ސަސި
30 March 2025
ތިވެރިން ކުރާ ތަހްގީގާ ކުރާ ކަންކަމަށް އަމިއްލައަށް ސުވާލު އުފެއްދީމަ ރައްޔިތުން ކުރާނީ ކޮން އިތުބާރެއް
ގުގު
30 March 2025
ގައުމުގަ އޮތް އެންމެ ކަރަޕްޓް މުއައްސަސާ.
ބައިރޯ
30 March 2025
މިާހާރު ނޫންކަން ޔަގީންވީތާ
ގެދާނޯމޮސް
30 March 2025
ތިބަޔަކަށް މައްސަލައެއް ހުށަހަޅާ ހިސާބުން ތިބެނީ ބޯދަމައިގެންނެވެ. ދެން އަހަރު ވެގެން ލަސްވަންޏާ ދިއައީމާ ބުނާނެ ވައްކަމެއްނަމަ ، ވަގުން ވަދެވޭ ގޮތަށް ހުރުމަކީ ތިބޭފުޅުން ގެ ޒިންމާއެކޭ އެވެ. ވަގައް ނަގާ އެއްޗެއް ހޯދާކަށް ނޫޅޭނެއެވެ. އެއިން ބަޔެއް އެޅޭހެން ވެސް ހީވާކަހަލައެވެ! އިޚްލާސް ތެރި ކަމުގެ ޒައްރެއްގެ މިންވަރުވެސް ތަރިބުރާފަ ނުތިބޭނެއެވެ.
ލަތީފާ
30 March 2025
ލޮލް! މިގައުމުގެ ބެލެނެވެރިން އަދި ވެރިން އިސްލާހް ނުވެ، އެވެސް މުވައްސަސާއެއް ރަނގަޅު ނުކުރެވޭނެ. މިގައުމަށް ވޭތިވެ ދިޔަ 45 އަހަރު ރަނގަޅު އުޅުންހުރި ތެދުވެރި، ބަހާއި އަމަލު ދިމާވާ ވެރިއެއް ނުލިބޭ! މިއަދު މައިންބަފައިން ތައުލީމު ލިބި ފައިސާ ކުރިއަށްވުރެ ލިބުނަސް ތިބީ ފޯނު އަދި މާއްދިއްޔަތުގަ ގަރަބުވެފަ! ދެމެފިރިން އަދި ދަރިފުޅަށް ހަގީގީ މާނައެއްގަ ވާހަކަ ދައްކާ އާއިލީ ވަގުތެއް ނެތް. މުޅީން ދެއްކުންތެރިކަން
ރަދުން
30 March 2025
މިވެރިކަމާއިއެކު ފުލުހުންގެ ދައުރު މާބޮޑަށްވެސް ފުރިހަމަ.ރައީސްގެ ލަފާފުޅު ރަގަޅުވީމަ ތަފާތު މިފެންނަނީ.
އިސްމާލު2.0
30 March 2025
ރާއްޖޭގައި ޕްރޮފެޝަނަލިޒަމް އޭގެ އެންމެ އެކަށީގެންވާ މިންވަރެއްގައި ހިފަހައްޓައިގެން ހިނގަނީ އެންމެ 3 މުވައްސަސާ. މީރާ، އޮޑިޓު އޮފީސް އަދި ޕީޖީ. ފުލުސް އޮފީސް އެއްކޮށް ރިފޯމްކޮށް އޯވަރހޯލް ކޮށްގެން މެނުވީ އެ ހިސާބަށް ދާން ވަރަަށް ޒަމާން ނަގާނެ.
ނުވާނެ
30 March 2025
ގައުމުގައި ހިންގާ ކޮންމެ ކުށެއްގެ ފަހަތުގައި ފުލުހަކު ހުރީމަ އިތުބާރު ކުރެވޭނެތޯ. ނަވާނެ.