ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
24 އެޕްރީލް 2025 - 23:41
ފުލުހުން ހިންގާ ތަހުގީގުތަކާ ގުޅޭ މައުލޫމާތު އާންމުކުރަން ވާނީ ފުލުހުންގެ ޒިންމާއަށް ހުރަސްނޭޅޭ ގޮތަށް އަދި އެއިން ބަޔަކަށް ނާޖާއިރު ފައިދާ ނުނެގޭނގެ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފުލުހުން މިހާރު އަމަލުކުރަމުން އަންނަ ބައެއް އުސޫލުތަކަށް ބަދަލުތައް ގެންނަން ޖެހޭއިރު، މައުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ އުސޫލަކީ އޭގެ ތެރެއިން އެއް ކަންތައް ކަމަށެވެ. އެއީ ފުލުހުންގެ މުއައްސަސާ އަށް އާންމުންގެ މެދުގައި އޮންނަ ޖެހޭ އިތުބާރު، އެ އޮންނަން ޖެހޭ މިންވަރަށް ގާއިމު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ތިބޭފުޅުންނަށް ވެސް ހިދުމަތް ދިނުމުގައި ހިތަށް ލިބެންޖެހޭ ހިތްހަމަޖެހުމާއި އަދި އޭގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުން ބިނާވެގެން ވަނީ ރައްޔިތުންނާ ގާތްވި ވަރަކަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކޮންމެ ފަދަ ކަމެއް ދިމާވެގެން ވެސް ތިބޭފުޅުން އެކަމަކަށް އެޓެންޑުވެ، އެ މައްސަލަ ބަލަން ފަށާ ހިސާބުން ފުރަތަމަ ވެސް ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރާ ގޮތަށް ޕްރޮސީޖާ ބަދަލުކުރާ ގޮތަށް އަޅުގަނޑު އެދެން."
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ފުލުހުން މައްސަލައެއް ބަލަން ފަށާ ހިސާބުން އެކަމަކާ ގުޅޭ މައުލޫމާތު ދެވެން އޮތް މިންވަރަކުން އަބަދުވެސް ރައްޔިތުންނާ ހިއްސާކުރުމަށް ރައީސް އެދިވަޑައިގަތެވެ. ފުލުހުންނަކީ ދެފުށްފެންނަ، ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް ހެދޭނީ އޭރުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެއީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ސިޔާސީ ބޭނުމަކަށް އަދި އެ ނޫން ބޭނުންތަކުގައި ވެސް ދޮގު ހަދައި، ފިތުނަ އުފައްދާ ފަރާތްތަކުން ކުރާ ކަންކަމަށް ވެސް އެޅޭނެ އެންމެ ބޮޑު ހުރަހަށް ވާނެ އެވެ. އެކަމަކު މައުލޫމާތު ހިއްސާކުރަން ވާނީ ފުލުހުންގެ ޒިންމާއަށް ހުރަސްނޭޅޭނެ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ތިބޭފުޅުންގެ ޒިންމާއަށް ހުރަސް ނޭޅޭ ވަރަށް ހިއްސާކުރަމުން ދާނީ،" ރައީސް ވިދާޅުވި އެވެ.
"ތި ބޭފުޅުން އެ މައްސަލައެއް ބަލައިގެން އެކަމުގައި ކުށްވެރިވާ ފަރާތްތައް ހެކިތައް ހޯދުމައި، އެ ހެކިތައް ނައްތާލުމަށް ފުރުސަތު ނުލިބޭ ވަރަށް މައުލޫމާތު ދޭން ވާނީ. އޭރުން އަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމްކުރެވި، ގާނޫނީ ވެރިކަން ޔަގީން ކުރެވިގެން ދާނީ. އޭގެ އިތުރުން ދެފުށް ފެންނަ މިންވަރު އިންތިހާއަށް އިތުރުވެގެން ދާނީ."
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވިގޮތުގައި، ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ދޮގު ހަދާނެ ކަމަށް އެ މަނިކުފާނު ގަބޫލުފުޅެއް ނުކުރައްވަ އެވެ. ފުލުހުން ރައްޔިތުންނަށް ދޮގު ހަދައިގެން، ފުލުހުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށާއި އެއީ ފުލުހުން ކުރާނެ ކަމެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފުލުހުން ދޮގު ހަދާނެ ކަމަށް ބުނެ އެ މުއައްސަސާގެ އަގުވައްޓާލަން މަސައްކަތް ކުރަނީ މުޖުތަމައުގައި ބައިބައިވުމާއި ފިތުނަ އުފައްދަން އުޅޭ ބަޔަކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާން ޖެހޭނީ ކެތްތެރިކަމާ އެކީގައި ފުލުހުންގެ ހިދުމަތް ފުލުހުން އަދާކުރުމަށް ފުރުސަތު ދޭން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
25 April 2025
މިނިވަން އެއްވެސް މުވައްސަސާއެއް މިޤައުމުގަ މިހާރު ނެތީބާއެވެ؟
ށަވިޔަނި
25 April 2025
ކޮބައިތޯ އެކުއްޖާ ވެއްޓުހާދިސާއާ ގުޅުންހުރި އަނެއް ކުއްޖާ، ކީއްވެތޯ އެކަން ކަމާ ބެހޭ މީހުނަށް ނާންގާ ހުރީ، ކީއްވެތޯ ފުލުހުން މިހާދުވަސް ވީއިރު އެކަމުގެ މައުލޫމާތު ހާމަނުކުރީ، ކީއްވެތޯ އެތަނުގެ ފޮރެންސިކް ތަހުލީލު ނުކުރީ، ކީއްވެތޯ ފުޓޭޖުގެ މައުލޫމާތު ތަންތަންކޮޅު ކަނޑާފައި ދެއްކީ؟
މިއައު
25 April 2025
ތި ފަހަތުގަ ތިއޮތް ސްޓޭޖު ހަދަނަް ކިހާ ފައިސާއެއް ހަރަދު ކުރިންތޯ؟ މިކަހަލަ 1 ޓައިމް ކަންކަމަށް ލާރިތަޅާ ބުރުއްސަން ހަމަ ސަރުކާރަށް އެއްކަމެއްވެސް ނޫން
ޅިފް
25 April 2025
މައިކް އަޑު ދޮގެއް ނުހަދާނެ!!
ހޯރަބޭ
25 April 2025
ކުރުސީނެތްނަމަ ހާދަ ޖަރީމާއެއް ފޮރުވާނޭ.
ރަށްއިތުމީހާ
25 April 2025
ހަގީގަތުގައި ފުލުހުންގެ އަމަލުތައް ހުންނަނީ ރަށްއިތުން ފާޑް ނުކިޔާ ގޮތަކަށް ނޫން.
ފުކެއް ބޮޑުވަރު
25 April 2025
ތިހެންބުނާ މީހާއާއި ބޭޅާގެ އައުލާދުންގެ އުނދުޅި ބޭނުމާހެދި ފުލުހުން އެއުޅެނީ ސަލާމަތްނުވެގެން.
ހަސަނު
25 April 2025
ދައުލަތުން ކޮންމެ އަހަރަކު އެތަށް ބިލިއަނެއް ހަރަދުއެބަ ކުރަންޖެހޭ ފުލުހުންނަށް. ފުލުހުންހެ މުސާރައާ، ބޭސްފަރުވާއާ، ޕެންޝަނާ، ފުލުހުންގެ ގޯތިގެދޮރު އެޅުމަށް.. މި ބޮޑު ހަރަދުކޮށްގެން އޭގެ ބަދަލުގާ ރައްޔިތުންނަށް ލިބޭ އެއްޗެއް ނެތް.. ބުނަނީ ހައްޔަރު ނުކުރެވެނީ ހެކި ނުލިބިދާނެތީއޭ. ބޭކާރު ހަރަދެއްނު މި ކުރެވެނީ.. އެއީ ކަނޑަށް އަޅާ ލާރި..
ދޮންތަކުރު
25 April 2025
ހަސަނާވޭ. މަބުނަންތޭ. ބައެއް މައްލަތަކަކީ ވަގުތުން ވަގުތަށް މީހުން ހައްޔަރު ނުކޮށް ފުލުހުން ފާރަ ލައިގެން ހެކި އިތުބާރު ހުރި ހެއްކާ މައްސަލާގައި އިތުރު ބަޔަކު ޝާމިލިވޭތޯ ކުރާ ތަޙްޤީޤަށް ދޫކޮށްލަން ޖެހޭނެ. އެކަމަކު ދޯ ވަކިހިސާބަކުން ފުލުހުން ތަޙްޤޤު ބައެއްމީހުންނަށް ދޫކޮށްލަތީ ރައްޔިތުން މުކުންނަނީވެސް. މިހާރު ފުލުހުންގެ އަމަލުތަކަށް މީހުން ތިބެނީ ވަރަށް ހޭލާކަން ފުލުހުންގެ ވެރިން އެބަޖެހޭ ޤަބޫލުކުރަން.
އުދުހޭ
25 April 2025
ޕްރެސް ކޮންފަރެންސް ކުރިއަށްދަނިކޮށްވެސް ގުޅައިގެން ނުފޫޒުފޯރުވަނީއޭ. މިނިވަނެއްނޫން. ދެން ކިހިނެއްތަ ތެދެއް ހެދޭނީ؟ މުސާރަކޮޅަށްޓަކާ އުޅޭ މީހުންނޭ އެ އުޅެނީ.
ކޮރަލް
25 April 2025
ފުލުހުންނަށް ޕްރެޝަރު ވ ބޮޑެވެ. ސިޔާސީ މީހުންގެ ޕްރެޝަރެވެ. ރައްޔިތުންގެ ފަރާތުން ނެވެ. ހިއުމަން ރައިޓް ގެ ފަރާތުންނެވެ . މާލޭ ބައެއް ބޭފުޅުންގެ ފަރާތުންނެވެ. އެއީ ގާބިލް ބައެކެވެ .ފުލުހުން މިނިވަން ކަމާ އެކު މަސައްކަތް ކުރުމަށް ފުރުސަތު ދެއްވާ ށެވެ . ނޫނީ އެމީހުންގެ އަގު ވެއްޓޭނެ އެވެ