މާލޭގެ މޭޔަރު އާދަމް އާޒިމް: ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ސިޓީ ކައުންސިލުން އެހީވާން ވަނީ ނިންމާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
31 މާޗް 2025 - 16:26
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އާންމުކުރި ފްލެޓް ލިސްޓަށް ޝަކުވާއަށް ހުށަހެޅުމުގެ ފުރުސަތު ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މިފެށޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގައި ކައުންސިލުން އެހީތެރިވާނެ ކަމަށެވެ.
ފްލެޓަށް ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވަނީ ވެސް އެ ތާރީހަށެވެ.
ސިޓީ ކައުންސިލުން ބުނީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި އެހީވުމުގެ ގޮތުން، އާންމު ހިދުމަތްތަކާ ބެހޭ ބައި މިއަދުން ފެށިގެން އޭޕްރީލް 5 އާ ހަމައަށް ހުޅުވާނެ ކަމަށެވެ. އެ ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރު 2:30 އަށް އަދި ރޭގަނޑު 9:30 އިން 11:00 ހިދުމަތް ދޭނެ އެވެ.
އެކަމަކު އަންނަ މަހުގެ 6 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް އެ ހިދުމަތްދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އެ މުއްދަތުގައި ރޭގަނޑު ހިދުމަތް ދޭނީ 9:00 އިން 11:00 އަށެެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި ހަމަޖައްސާފައިވާ އުސޫލާ މެދު ހިތްހަމަނުޖެހި ހައުސިން މިނިސްޓްރީ ދޮށުގައި މީހުން މުޒާހަރާ ވެސް ކުރި އެވެ.
މިދިޔަ ހަފްތާގެ ނިޔަލަށް އެ ލިސްޓަށް 2،843 ޝަކުވާ ލިބިފައިވާ ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ 2،079 ޝަކުވާ އާއި ދެ ކޮޓަރީގެ ފްލެޓް ލިސްޓަށް ހުށަހަޅާފައިވާ 764 ޝަކުވާ އެވެ.
ލިސްޓާ ގުޅިގެން ހުށަހަޅަމުންދާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ވެސް ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މި ސަރުކާރުން ރިވިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
އެ ލިސްޓުގައި 2،695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް، އަދި 424 މީހެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިކޮށްފައިވެ އެވެ.
އެ ލިސްޓާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވެސް ވަނީ މާލޭގައި މުޒަހަރާކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަތޭ
01 April 2025
ޢެމް.ޑީ.ޕީން ފްލެޓާއި ގޯތިތައް ބަހާލި ހަރާން ކޯރު ގޮތް ނޭންގޭ އިންސިއެއް އަދި ޖިންނިއެއް ވެސް ނެތޭ ބްރޯ.
އަހްނަދް
01 April 2025
ބަލަގަ ކޮން ޥާހަކައެއް ދައްކާކަށް؟ ތި ޖަހަނީ ސަކަރާތް. ރައްޔިތުންގެ ބޮލަށް ސަވާރުވާން
އާދަލް މުހައްމަދު
01 April 2025
މިދިޔަ ވެރިކަމުގައި އަހަރުމެންގެ ފްލެޓް ވަގަށް ނެގީ އެމްޑީޕީއިން. މިއަދު މިކަހަލަ ވާހަކަ ދެއްކީމަ ހަމަ ހިނި އަންނަނީ.
ޝަހުމް އާދަމް
01 April 2025
އެމްޑީޕީ މީހުންގެ ލަދު ކޮބާ މިކަހަލަ ކަންކަން ކުރަން؟
ހުސައިން ވަހިދު
01 April 2025
ކޮން ޑްރާމާއެއް ކުޅޭކަށް އެމްޑީޕީގެ އާޒިމް
ލިސްޓް
01 April 2025
ވަގުލިސްޓް ނެހެދިނަމަ ތިގަނަތޭޅެކަނުޖެހޭނެ
ަައޒިމު
01 April 2025
ކައުންސިލުން މާލެ ތެރެ ރަނގަޅަށް ނުބެލެހެއްޓޭ... ފުރަތަމަ އެކަން ކުރަންވީނު.
ނަރީޝް
01 April 2025
މީކީ ރައްޔިތުންނަށް ހެޔޮއެދިގެން ގައުމަށް ފައިދާހޯދަން ކުރާކަމެއްނޫން. މީ ހަމަޖެހުމައި އެކުވެރިކަން ނަގާލާ ރައްޔިތުން ރުޅިއަރުވަން ކުރާކަމެއް
މީ ހަޤީގަތް
31 March 2025
ޢެމްޑީޕީން ހިޔާ ފްލެޓުންވެސް އަހަރުން ކަޓުވާލީ ދިރިއުަޅޭތާ ވެންޓިލޭޝަން ރަގަޅޭ ކިޔާފަ، މިހާރު އެތަނުން މުއްދަތު ހަމަވެގެން ނިކުމެ މިއުޅޭ ހާލުބަލަން އާދެބަލަ، ކީއްވެމިހާރު އެކަންނުކުރަނީ. މުރާޖާކުރީ ވެސް ހަމަ އެމްޑީޕީލިސްޓް، ލިސްޓުގަވެސް ނެތިއްޔާ ކިހިނެއް ޝަކުވާވެސްލާނީ، ހިޔާފްލެޓުވެސް ދިން އިރު އަނބި ފިރިންނަށް ކުރިން ލިބިފަ ހުއްޓަސް، އޮފީސްފްލެޓާ، ގުޅިފަޅާ ސީލައިފުން، ވިނަރެސް ލިބެންއޮތް މީހުނަށްވެސް، ބަހާ ހުސްކޮށްލީ އެތަންތާ މިއުޅެނީ ކުއްޔަށް،
ބެބީ
02 April 2025
މަގޭ ފުލެޓް ގަނޑު ވެސް އެންޑީޕީން އަތުލި ތި ހުރީ މިހާރު ކުލަލާރީތި ކޮށްފަޮޔޯ ކިޔާފަ ކުލީ ތަނެއްގަ އުޅުނަސް ރީތި ކުރަން ކުލަ ލާނެދޯ .. ތީ ހާމަ ވ ތަކެއް
ދެރަ
31 March 2025
ޒިންމާދާރު ކަމެއް ނެތް. ދިރިއުޅުމުގެ ހާލަތު ( ލިޔެފަ އޮތް އެއްޗެއް ފިޔަވާ) އެއްވެސް ވަރަކަށް ނުބަލާ، މިސަރުކާރުންވެސް އެހާ ދުވަސް ކޮށްފަވެސް (ރަށު ކައުންސިލްތަކުން ހެދި އެއްޗެއް ހެދުން ފިޔަވާ) ހަމަ އެމްޑީޕީގެ ލިސްޓް އޮތީ ލިސްޓުގަ ޝަރުޠު ނެތް މީހަކަށް ޝަކުވާވެސް ނުލެވޭ، މީހުންނާ އިނދެ ދަރިން ލިބި ރަށުން ގެވަޅާ 600 އަކަފޫޓަށްވުރެ ބޮޑަތި ތަރިކަ ބިންތައް ގެދޮރު އަޅާ ދިރިއުޅިފަ ދަރިންނަށް 30، 40 އަހަރުވެފަ އިންޑިޔާ މާލެން އުޅޭ މީހުންވެސް ލިސްޓްގަ ހުރި