ބޯޓުގައި ރޯވެފައި. މި ބޯޓުން ދަތުރުކުރި އެކަކު ވަނީ ގެއްލިފައި.
06 އެޕްރީލް 2025 - 10:16
އަލިފާނުގެ ހާދިސާ ހިނގީ ޖަނަރޭޓަށް ދިމާވި ކަރަންޓު ޝޯޓަކުން ކަމަށާއި ފަސް ވަރަކަށް މިނެޓުގެ ތެރޭގައި މުޅި ބޯޓުގައި ރޯވެފައިވާ ކަމަށް "ހޮޅުދޫ ބޯޓު"ގެ ވެރިފަރާތް އަބްދުލް ވާހިދު މިއަދު ބުނެފި އެވެ.
ތ. އަދި ލ. އަތޮޅުން ދަތުރުފެށި އެ ބޯޓުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ރޯވެ، އެކަކު ވަނީ ކަނޑަށް ގެއްލިފަ އެވެ. މާލެ ދަތުރުކުރި 18 މީހުންގެ ތެރެއިން ގެއްލިގެން ހޯދަނީ، ލ. މާވަށު ޒުވާނެއް ކަމަށްވާ އަލީ މުޝްފިގް، 25 އެވެ.
އެ ހާދިސާއާ ގުޅިގެން ވާހިދު "މިހާރު"އަށް ބުނީ މިދިޔަ ނޮވެމްބަރުން ފެށިގެން ބޯޓު އޮންނަނީ މާވަށު މީހަކަށް ރަސްމީކޮށް ކުއްޔަށް ދޫކޮށްފައި ކަމަށެވެ. އެކަމަކު، ކުލީގެ މައްސަލައެއް އުޅޭތީ އެއްބަސްވެގެން ދަތުރުކުރަނީ ދެ ފަރާތުގެ ބައިވެރިވުމާއެކުގަ އެވެ.
މި ފަހަރު ވެސް، މާވަށުން ފުރައިގެން ތ. ކަނޑޫދުއަށް އަދި އެ އަތޮޅު ހިރިލަންދުއަށް ދަތުރުކުރީ ވާހިދާއި ކުއްޔަށް ހިފި ފަރާތުންނެވެ. އެކަމަކު، ބޯޓަށް މައްސަލަ ދިމާވީ ހިރިލަންދޫ ނެރުން ނައްޓާލައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށެވެ.
ހޮޅުދޫ ބޯޓު.
ވާހިދު ބުނީ ބޯޓު ދުއްވަމުންދިޔަ ތަން "ފޮލޯމީ" އެޕުން ފެންނަމުން ދިޔަ ކަމަށެވެ. ދުއްވަން ފެށިތާ 45 ވަރަކަށް މިނެޓުގެ ތެރޭގައި ކުއްލިއަކަށް ބޯޓުގެ ސްޕީޑު ދަށްވުމުން ކަމެއް ދިމާވެގެން އުޅޭތީ ފޯނަށް ބަލަހައްޓައިގެން ހުއްޓައި ދުވެލި އެއްކޮށް ހުއްޓުނެވެ. އަދި ބެޓެރި މައްސަލައެއް ޖެހިގެން އެ ވަގުތު ވާހިދުގެ ފޯނަށް އެލާޓެއް ވެސް ދިޔަ އެވެ.
އެ އެލާޓަށް ފަހު ގާތްގަނޑަކަށް ފަސް މިނެޓުގެ ތެރޭގައި މުޅި ބޯޓުގައި ވަނީ އަލިފާން ހިފައިފަ އެވެ.
"ރޭގަނޑު 8:57 ހާއިރު ބޯޓުގައި ތިބި މީހުންނަށް ގުޅިގެން. އެއްވެސް މީހަކު ޖަވާބެއް ނުދޭ އެ ގަޑީގައި."
Gellunee dheenah loabikuraa heyolafaa dhari eh
The most trusted news source in the Maldives
Mihaaru
ގެއްލިގެން ހޯދަމުންދާ މުޝްފިގު.
އޭނާ ލަފާކުރާ ގޮތުގައި އަލިފާން ރޯވާން ދިމާވީ ޖަނަރޭޓަރަށް ކަރަންޓު ޝޯޓެއް ދިމާވެގެންނެވެ. ޖަނަރޭޓަރުތައް ބަހައްޓާފައި ހުރީ، ބޯޓުގެ އެންމެ ފަހަތުގަ އެވެ. އެ ތަނުގައި އެއްވެސް ޒާތެއްގެ ކެމިކަލެއް އަދި ރޯވެދާނެ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް ވާހިދު ބުންޏެވެ. އާއްމުކޮށް މަހަކު ތިން ފަހަރު ކުރާ ދަތުރުގައި، މާލެ ވިއްކަން ގިނަ އަދަދެއްގެ ހިކި މަސް ވެސް ގެންދެ އެވެ. އެކަމަކު، މި ފަހަރު މުދާ އަރުވާފައި ހުރީ ވެސް ވަރަށް މަދުންނެވެ.
"ޖަނަރޭޓަރު ބަލަހައްޓަން ވެސް ހުންނާނެ މީހެއް. އޭނަ އެ ރޭ އެ ކޮޓަރި ބެލިއިރު އެއްވެސް ކަމެއް ނެތް. އެހެންވެ، އެ ތަނުން ނުކުމެގެން ކޮފީ ބޯން އިންދާ މި ހާދިސާއެއް ހިނގީ." ނ. ހޮޅުދޫގައި އޮޑިދޯނިފަހަރުގެ ވިޔަފާރިކުރާ ވާހިދު ބުންޏެވެ.
ބޯޓުގައި ނުވަ މީހުން މަސައްކަތްކުރެ އެވެ. ވާހިދު ބުނީ ގެއްލުމެއް ދިނުމަށް އެއްވެސް މީހަކު ގަސްތުގައި ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ހޮޅުދޫ ބޯޓު.
"ކަރަންޓު ޝޯޓެއްގެ ސަބަބުން މުޅި ބޯޓުގައި ރޯވާން ދިމާވި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. [ރޯވެދާނެ] އެއްވެސް ކަހަލަ ކަމެއް އެއްވެސް މީހަކަށް ފާހަގަކުރެވިފައެއް ނުވޭ...ގެއްލުމެއް ދޭން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް،" ވާހިދު ބުންޏެވެ.
މީގެ 17 އަހަރު ކުރިން ބަން ލަކުޑި ބޯޓު މި ފަހުން ވަނީ ވަރަށް ބޮޑަށް މަރާމާތުކޮށްފަ އެވެ. މިއީ، ވާހިދު އަމިއްލައަށް އިސްވެ މަރާމާތުކުރި ފަހުން ކުރާ ދެ ވަނަ ދަތުރެވެ. އަލިފާނުގައި 92 ފޫޓުގެ ބޯޓު އަޑިއަށް ދިޔަސް އިންޝުއާ ކޮށްފައި ހުރުމުން މާލީ ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވާނެ އެވެ. އެކަމަކު، އެ ހާދިސާ އިން އޭނާއަށް އެންމެ ބޮޑު ހިތާމައެއް ލިބުނީ ޒުވާނަކު ގެއްލުމުންނެވެ.
".ބޯޓު އިންޝުއާކޮށްފައި އިންނާނެ ހަތަރު މިލިއަން ރުފިޔާއަށް. މިއީ އެންމެ ބޮޑު އިންވެސްޓްމަންޓު،" އޭނާ ބުންޏެވެ.
"އަޅުގަނޑު އަތުން މި ފަހުން މަސައްކަތް ވެސް ކޮށްފައި މި ހުރީ. މީހަކާ ހަވާލުކޮށްފައެއް ނޫން. ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ހުރި އެއްޗެއް..ވަރަށް އެހެން ކަހަލަ ހަނދާންތަކެއް އެބަހުރި. މީގެ ކުރިން ވެސް ފަރަށް އެރުމާ، މި ކަހަލަ ކަންތައް ދިމާވެފައި ހުރީމަ [ބޯޓުގައި ރޯވުން] ސިކުނޑީގައި ތަހައްމަލު ނުކުރެވޭ ކަމަކަށް ނުވޭ. އެކަމަކު، އެންމެ ބޮޑަށް ދެރަވި ކަމަކީ ބޯޓުން ދަތުރުކުރި މީހަކު ގެއްލުން،" ވާހިދު ބުންޏެވެ.
އިންޝުއަރެންސާ ގުޅޭގޮތުން އާއްމުކޮށް މީހުން ރަނގަޅު ނަޒަރަކުން ނުދެކެ އެވެ. އަމިއްލަ ތަޖުރިބާގައި ވާހިދު ބުނީ، އަލިފާން ރޯވުމުން އޭނާއަށް ފުރަތަމަ ގުޅީ ވެސް އިންޝުއަރެންސް ކުންފުނިން ކަމަށެވެ. އަދި ވަރަށް ރަނގަޅަށް ކަންކަން ހަމަޖައްސާދީފައިވާތީ، އޭނާ ވަނީ ބޮޑެތި އިންވެސްޓްމަންޓުތައް ކޮށްފައިވާ ފަރާތްތަކުން މުދާ އިންޝުއަ ކުރަން އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުބޭ
06 April 2025
ވަރަށް ވާނުވާ ނޭނގޭ ކޭސް އެއް. މުޅި ދޯނީގައި އަލިފާންހިފަން ނެގި ވަގުތަށް ބަލާއިރު ވަރަށް ގަބޫލުކުރަންދަތި ކަންކަން ހިނގާފަ ހުރީ. ދޯނީގަ ތިބި މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށްލީމަ އަސްލު ކަމެއް އެނގޭވަރުވާނީ. ކޮންމެ ގޮތަކަށް ދިމާވިޔަސް ލައިފްޖެކެޓު ހުންނަންވާނީ ޕަސެއްޖަރުން ކައިރީގައި. ބޯޓުގެ ވަކި ތަނެއްގައި ހުރިހާ ލައިފްޖެކެޓް ރައްކާކުރެވިފައި ހުރެގެން ނުވާނެ. އޭރުން އިމަރޖެންސީ ކޭސްއެއްގައިވެސް ލައިފް ޖެކެޓް ހިފައިގެން ފުންމާލެވޭނީ.
މުދިން
06 April 2025
މުޅިއޮޑީގައި ހަސަނުދެފައޭ ކިޔާއަޑު އަހަން.
ސއްލަތި
06 April 2025
އަޅުގަނޑަށް ހީވަނީ ގިނަ މީހުން ވަރަށް ބޮޑަށް އަންޑަ އެސްޓިމޭޓް އެބަކުރޭ އަލިފާން ހިފަން ނަގާ ވަގުތު، ފަސް މިނިޓު ތެރޭ އިންސާނަކަށް އެއްވެސް ކަމެއް ކުރާނެ ފުރުސަތެއް ނުދޭނެ ވަރަށް އަލިފާންގަނޑު ހިފުމަކީ އަޖައިބުވާން ޖެހޭ ކަމެއް ނޫން،
މުހައްމަދު...
06 April 2025
ބޯޓުގެ ވެރި ފަރާތުން ބުނެފައިވާ ގޮތާއި ޚިލާފަށް ލިިޔެފައިވާ، ވަރަށް ބޮޑަށް އޮޅުން އަރާ ސުރުޚީއެއް، ވެރި ފަރާތުން ބުނީ، އޭނަޔަށް ބޯޓުގެ ސްޕީޑް ދަށްވާކަމަށް ފާހަގަ ވެގެން އަދި އެލާޓެއް އައިސް ގެން ފޯނަށް ބަލަން ހުއްޓާ، ސިގްނަލް ކެނޑެން ނެގީ ފަސް މިނެޓްގެ ވާހަކަ، މުޅި ބޯޓުގައި އަލިފާން ހިފަން ފަސްމިނެޓް ނެގި ވާހަކައެއް ނުބުނޭ، ވެދާނެ އޭގެ މާކުރިންވެސް އަލިފާން ރޯވެފައި ހުރިކަމަށް، ފޮލޯމީން ހަރުކޮށްފައި އިން ޑިވައިސް އަލިފާނުން ހަލާކުވީ ކަމަށްވެސް.
raajje
06 April 2025
5 މިނެޓުތެރޭ މުޅިބޯޓުގައި ރޯވުން ހަމަޖެހޭވާހަކައެއްނޫން، އެހެނެއްނޫން، ޕެޓުރޯލުއަޅާފަ ރޯކޮށްލައިފިއްޔާ ފޮޓޯއިންތިޔަފެންނަ އޮޑީގައި 5 މިނެޓަށްވުރެން އަވަހަށްވެސް މުޅިއޮޑީގައިރޯވެދާނެ، ކަރަންޓުޝޯޓެއްވުމަށްފަހު މުޅިއޮޑީގައި 5 މިނެޓުންރޯވުން "މުޅީއޮޑީގައި" ނުވާނެމިހެނެއް، ތަހުގީގުކުރަންޖެހޭ، އިންސުއަރެންސް ކޮންޕެނީން ފައިސާދިނުމުގެކުރިން މިކަންބަލާނެތާދޯ
ާބިރަަދު
06 April 2025
ބޯޓްގެ އަޑީގައި ރޯވެގެން މީހުނަށް އެނގެން ވަގުތު ނަގާނެ އެނގޭއިރު އޮންނާނީ ކަމެއް ނުކުރެވޭވަރަށް ހިފާފަ..5މިނިޓް ކިޔާފާނެ އެމީހުނަށް އެނގުން ފަހުން.
މހއމ
06 April 2025
ގަބޫލުކުރަން ދަތި ކިތަންމެ ކަމެއް ހަގީގަތުގައި ހިނގާނެ. والله أعلم!
raajje
06 April 2025
ާބިރަަދު: ތީވަރަށްރަނގަޅުވާހަކައެއް، ނަމަވެސް އަޅުގަނޑުކޮމެންޓުކޮށްފައި އެވަނީ އާޓިކަލްގައިބުނާއެއްޗަކަށް، ބޯޓުގެވެރިފަރާތުން ދިންމައުލޫމާތު އާޓިކަލްގައި ހިމެނިފައިވަނީ ނުބައިކޮށްކަމަށްވެސް ބައެއްކޮމެންޓުތަކުންއެބަފެނޭ!
ނެތޭނެތޭނެރޭ
06 April 2025
މުއިއްޒުގެ ސަރުކާރު ފެއިލްވެފައިވާ ކަމުގެ އަލާމާތް ތަކޭ މިފެނިގެންދީ ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަން އިނގޭނެއޭ މިހާރު ވޯޓެއް ނެގިއަސް މުއިއްޒު އަށް 1000 ގަނޑު ވޯޓް ވެސް މާލޭން ނުލިބޭނެއޭ ނުލިބޭނެއޭ ބުލާ ތައް ވެސް ކޮއްޓަކަށް ލެވުނީ އެއްވެސް ނޫނޭބޮޑު ވަބާ އެއްފަދަސަރުކާރެކޭ އެއްވެސް ޒިންމާ އެއް ނަގާ ޒިންމާއަދާކުރާ އެންމެ ވަޒީރަކު ވެސް ނެތޭނެތޭ ނެތޭ ނެތޭ
މހއމ
06 April 2025
ހުރިހާ ކަމަކާ ސޔާސީ ނުވެބަލަ. ބަޔަކަށް ބޮޑު ހިތާމައެއް ލިބިގެނޭ އެއުޅެނީ. ތިމާ ނޫން މީހުނާ ދޭތެރޭވެސް ވިސްނާލަބަލަ. ތިޔަ އުޅުން އިސްލާހު ކޮށްލަބަލަ.
ލިބެއޭ
06 April 2025
ކަރަންޓް ށޯޓަކުން ބޯޓްގައި ރޯވެއްޖެނަމަ އެކަމުގައި ޒިންމާ ވާންޖެހޭނީ ޑިފެންސް މިނިސްޓަރު ގައްސާން އޭނާ އަށް އެކަން ނުބެލިގެން އެބޯޓްގައި ރޯވީ އެއީ އޭނާގެ ފަރުވާ ކުޑަކަމުންނޭ އެކަން އެގޮތަށް ހިނގާނީ ދެން އޭނާ އަށް މިބަދަލު ދެވޭނެތޭ ހަގީގަތުގައި މިބަދަލު ދޭންޖެހޭނީ އޭނާ ނުވަތަ މުއިއްޒުގެ އަމިއްލަ ޖީބުންނޭ މިސަރުކާރު އައި ފަހުން އެތައް ހާސް ތަނެއްގައި ރޯވެ އެތައް ބިލިއަން ރުފިޔާގެ ގެއްލުން އާންމުންނާއި ސަރުކާރުގެ މުދަލަށް އިންތިހާ ގެއްލުން
ބެރުކުރޭ
06 April 2025
އަލިފާން ރޯވީ ކަރަންޓް ޝޯޓަކުން ކަމަށް އެމްއެންޑީއެފް އިން ބުނަނީ ބޯޓް ގައި ރޯވިއިރު އެތަނުގައި ބަލަހައްޓައިގެން ތަމެންތިބީތޭ ގަމާރު ބީތާއިން ދައްކާޒާތުގެ ވާހަކައޭ ތިޔާ ދައްކަނީ ބޯޓް ގައި ރޯވި ގޮތެއް ބޯޓްގައި ތިބި މީހުންނަށް ނޭނގޭ އިރު ދެން ތަމެންނަށް ވަކިން އެކަން އިނގެންވީ ތަމެން އެކަމަށް ޓަކައިހެދި ހިސާބު އިލްމެއް ހުރީއެއް ނޫނޭ ތިޔާއީ ގައްސާން ބޮލުން ތިޔާ ކަން ނައްޓާލަން ވެގެން ހަދާރޯބުހުތާނު ދޮގޭ ގައްސާން ބޭރުކުރޭ ސަރުކާރު ތެރޭން ބޭރުކުރޭ