އަނަސްގެ މަރުގެ ދައުވާލިބޭ މީހުންނާއި ވަކީލުން ހައި ކޯޓުގެ އަޑުއެހުމެއްގައި: އެ މީހުން ބަންދު ނުކުރި މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި
06 އެޕްރީލް 2025 - 10:45
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި އަނަސްއަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ހަތް މީހަކަށް ދައުވާ ކުރެ އެވެ. އެގޮތުން އެ މައްސަލާގައި، ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.
ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާކުރީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ފަހު، އިސްތިއުނާފް ނިމެންދެން އެ މީހުން ބަންދުކުރަން އެދުނެވެ. ނަމަވެސް މިދިޔަ މަހު ހައި ކޯޓުން ނިންމީ އެ މީހުން ބަންދުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ދައުލަތުން ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އަނަސްގެ މަރާ ގުޅިގެން ދައުލަތުން ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުވާކުރި އެވެ. އޭނާ 18 އަހަރަށް ޖަލަށްލާން ހައި ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އޭނާގެ އަދަބު ވަނީ ލުއިކޮށް ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭޗާރާ
07 April 2025
އަދިވެސް ދިގުދަންމާލާ. 2017ގައި ހިނގިކަމެއް އަދި ނުނިމިގެން މިއުޅެނީ. ގައުމިއްޔަތު މެކުހުގައި.
ލޮކޮ
06 April 2025
ހުކުމުގައިވާ ގޮތުން، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކޯލް ރެކޯޑާއި ތަހުގީގީ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓަށް ބުރަދަނެއް ދެވެން ނެތެވެ. އެއީ، އެ ރިޕޯޓްތަކަކީ ކުށް ސާބިތުކުރަން ރިއާޔަތް ކުރެވޭނެ އެއްޗަކަށް ނުވުމާއި ކޯލް ރެކޯޑަކީ ފުލުހުން އަމިއްލަ އަށް ތައްޔާރު ކޮށްފައިވާ އެއްޗަކަށް ވާތީ އެއީ ހެއްކެއް ކަމަށް ބަލައިގަނެވެން ނެތުމުން ކަމަށް ހުކުމްގައި ބުންޏެވެ. ދެން ތި ބުދާ ބުރަދަން ހުރީ ފައިސާގަ އެކަނި
އިންސާފޭ
06 April 2025
ހެވެއްނު އީދު ނަމާދަށް ނުދެވުނު މުދިމު ހުރީ 5 އަހަރަށް ސަސްޕެންޑް ކޮށްފަޔޯ މިނިސްޓަރ ބުނީ. ރިހާކުރު ފުޅިއެއް ނެގި މީހާވެސް ކުޑަ ގޮޅީގަ. އެކަމަކު މީހެއްގެ 46 ތަނަށް ވަޅި ޖަހާ މަރާލި މީހުންގެ ބަންދު ކުރާނެތޯ ނޫންތޯގަ. އިންސާފު ހުރިގޮތް މިގައުމުގަ
މިއައު
06 April 2025
ގޭންގުތަކަކީ މިރާއްޖޭގެ ޒަޔަނިސްޓުން. އެމީހުން މުޅި ގައުމު ކޮންޓްރޯލް ކުރާނީ. އެމީހުންގެ ބާރުގެ. ދަށުގަ ސިޔާސީ ހުރިހާ އެންމެން. އަނދުން އަޅުވަން ވަގުތު ދުއްވަން ބޭކާރު ކަންކަން މިތާ ކުރަން ނޫޅޭ. ގައިމު މިގައުމުން ގޭންގުތައް ފޮހެލަން އިހުލާސްތެރި ސަރުކާރަަކަށް ނުނަގާނެ ބަރާބަރު 1 މަސްވެސް. މިއީ ހަގީގަތް
ވާނުވާ.
06 April 2025
މި މައްސަލަޔައް އެކަނި ބެލިޔަސް އިނގޭ މި ގައުމުގެ އަދުލު އިންސާފުގެ ނިޒާމް އޮތީ ފުނޑިފަ ކަން! ބައިވަރު މީހުންގެ ލޯ ކުރިމަތީ ރޭގަޑު 9 ޖެހިއިރު މެރީ! ތި ކޯޓު ތިއޮތީ ގޭންގު މީހުންގެ އަތް ދަށުގަ! ވަޅިތައް ގޮސް އަނަސް ގަޔައް ހެރުނީ އޭގެ ޒާތުގަ އަމިއްލަޔައް...އިސް ފަނޑިޔާރޫ މިގޮތައް ވިދާޅުވެފަ ތިމައްސަލަ އަވަހައް ނިންމާލާ، އަވަހައް އެކުދިން ކޮޅު އެއްކޮން ދެން މިކަމުން ސަލާމަތް ކުރައްވާ...އެތިބީ ހަމަ ކޮންކަހަލަ މާތް ކުދިންކޮޅެއް!!!