ފޮރިން މިނިސްޓަރު ހަލީލާއި ސެކްރެޓަރީ ހާލާ.
07 އެޕްރީލް 2025 - 19:46
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި މިއަދު މޯލްޓާ އަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، އޭނާގެ މި ދަތުރުގައި މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު އިއަން ބޯގްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މޯލްޓާގެ ކެބިނެޓުގެ އެހެން ބައެއް މިނިސްޓަރުންނާ ވެސް ހަލީލް ބައްދަލުކުރައްވައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ބެހޭ މަޝްވަރާތައް ބާއްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އޭގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނެވި ތަރައްގީ އާއި އިޔާދަކުރަނިވި ހަކަަތައިގެ ދާއިރާ އާއި ވިޔަފާރި އާއި ޓޫރިޒަމްގެ ދާއިރާ އިން ގުޅުން ބަދަހިކުރުން ހިމެނޭ ކަމަށް ސަރުކާރުން ބުންޏެވެ.
މިނިސްޓަރު ހަލީލްގެ އަރިހުގައި މޯލްޓާ އަށް ވަޑައިގަތީ ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
08 April 2025
މަނީލޯންޑުރީގަ އިސްކޮން އުޅޭގައުތަކައް މިސަކަރުގެ މިނިސްރުން މިދަނީ ކީއްކުރަންބާ؟ އަދީބު މިގައުމައް ދަތުރު ކުރީމަވެސް މިގޮތައް އަގަނޑު ހިތުގަ ސުވާލު އުޕެދިފަ ހުއްޓަ ރައީސް ޔާމީނު ވިދާޅުވީ ފަޅުރައްތައް ވިއްކާފަ އެންމެ ފައިސާ ޕޮއްޗެއްވެސް ރައްޔިރުންގެ ތިޖޫރިއައް ނުވަދެއޭ! މިފަހަރު ކިހާވަރަކުން ދާނެބާ
ޑެބީ
08 April 2025
ސަން މެރީނޯއަށް ދިޔަނަމަ ރަސްމީ ދަތުރުގަ. ޓޫރިޒަމް ޕްރޮމޯޓުކޮށް ސަލާންޖަހައިގެން ލާރި ހޯދަން ދާންވާނީވެސް އާބާދީ ބޮޑެތި ގައުމުތަކަށްދޯ.
ހަސަން ކޮއި
08 April 2025
ހެހެހެ.އިހަށް ފަހަރަކުވެސް މީހަކު ތިޔަ ޤައުމަށް ގޮސް އެންބުރި އައިސް ކަންކަން ހިގިމަގު އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ.
އަދުހަމް މ.
08 April 2025
ދިވެހި ވަޒީރަކު މޯލްޓާއަށް ދާންޖެހޭ ސަބަބެއް އެބަ އޮތްތަ؟ ރާއްޖެއަށް ފަތުރުވެރިން އަންނަ ގަުމެއް ނޫން. މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ގައުމެއްނޫން. ކައިރީގަ އޮތް ގައުމެއް ނުން. ސިޔާސީ ގޮތުން ދުނިޔޭގަ ނަންހިނގާ ގައުމެއް ނޫން. ވިޔަފާރީގެ މަރުކަޒެއް ނޫން. އެކަމަކަު ފައިސާ ދޮވުމާއި މާލީ ކުށްކުރުމުގެ ހާއްޔެއް
ދިއްދޫމީހާ
08 April 2025
ތިޔަ ވުރެން ރަނގަޅުވާނެ ފަޅު ރަށަކަށް ދިޔަސް..
އަބްޑޫޅް +
08 April 2025
އެއީ مالطا (މާލްޠާ)
އަބްޑޫޅް +
08 April 2025
ހާލާ އަތުގަ އޮވޭތަ، ސެކެޓެރީ ކަމުގެ ސަނަދު؟ އެއް ލަންބަރު ކާތިބުކަމުގެ ސަނަދުން ވެސް ފުދޭނެ ކަންނޭގެ.
ފިކުރީ
08 April 2025
ކުރީގެ ޓުރިޒަމް މިނިސްޓަރ ފަހުން ނައިބުރައީސްކަން ކުރެއްވި ބޭފުޅަކުވެސް ވަރައްގިނައިން ވަޑައިގެންނެވި ގައުމެއްކަމައްބުނާ ގައުމެއް މޯލްޓާއަކީ. މިވަރުންވެސް މޯލްޓާއައް ވަޒީރު ވަޑައިގެންނެވި ބޭނުން ގެޓްވާނެކަމައް އުންމީދުކުރަން. ރަނގަޅުކޮއްލަން ކުރެވުނު ކަމަކުން ދިވެހީންގެ ޚަޒާނާ މިއޮއްގެން ދޮވެލަނީ
ރާވެރިބެ
07 April 2025
މޯލްޓާ އަށް ދާ ދިވެހި މިނިސްޓްރުންގެ ވްޒީފާ ގެއްލިގެން ގޮސްފަވަނީ ވަރަށް ގިނަ ތުހުމަތު ބޮލުގަ އެޅިގެން. މޯލްޓާއަކީ ބައިނަލް އަގްވާމީ ޖިނާއީ ކުށްކުރާ މީހުންގެ ފައިސާ ދޮންނަ ގައުމެއް ކަމަށް އަޑުއަރާފަ އޮންނަނީ. ރަސްމީ ކޮންކަމެއްބާ މިފަދަ ގައުމަކަށް ގޮސް ކުރާނީ؟
މަރިއްކޮ..
07 April 2025
މި މީހާ ކުރާ ދަތުރުތަކުން އެދެވޭ ނަތީޖާ ނުކުމޭތަ؟ ތިޔަ ދަތުރުތަކުން ގައުމަށް ފައިދާނުކުރާނަމަ އިސްރާފުވެގެންދަނީ ރައްޔިތުންގެ ފައިސާ. ތިޔަ ހަލީލަކީ ފޮރިންއަށް ކަމުދާ މީހެއްނޫން. މި ސަރުކާރަކުނެތް އެފަދަ މީހެއް.