މިސްރުގެ ހާރިޖީ ވަޒީރާ މިނިސްޓަރު ޑރ. ހަލީލް ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
18 އޮކްޓޯބަރ 2025 - 20:08
ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރަން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ހޯދުމަށް، ދަނޑުވެރިކަމުގެ ދާއިރާއިން މިސްރާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން، ދެ ގައުމުގެ ހާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިސްރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުލްލަތީ އާ ބައްދަލުކުރައްވައި، ގިނަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މިގޮތުން، ރާއްޖޭގެ އިންސާނީ ވަސަލަތް ބިނާ ކުރުމަށް މިސްރު ސަރުކާރުން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ވަކީން ހާއްސަކޮށް އަލް-އަޒްހަރު ޔުނިވާސިޓީން ފޯރުކޮށްދޭ މަތީ ތައުލީމުގެ ފުރުސަތުތަކަށް މިނިސްޓަރު ޝުކުރުއަދާ ކުރެއްވި އެވެ.
މިސްރުގެ ހާރިޖީ ވަޒީރާ މިނިސްޓަރު ޑރ. ހަލީލް ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގުތިސާދީ، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަދި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
"މީގެ އިތުރުންވެސް ދެ ގައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ގައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށާއި ދިވެހިރާއްޖެއާއި މިސްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ،" އެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ، މި ބައްދަލުކުރެއްވުމުގައި ބައިނަލްއަގުވާމީ މަސްރަހުގައި އަދި ވަކީން ހާއްސަކޮށް ފަލަސްތީނުގެ ޢައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިސްރުން އަދާކުރި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާކަން މިނިސްޓަރު ހާމަކުރެއްވި ކަމަށެވެ.
މިސްރުގެ ހާރިޖީ ވަޒީރާ މިނިސްޓަރު ޑރ. ހަލީލް ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
މީގެއިތުރުން، މިސްރުގައި ބޭއްވި ޣައްޒާގެ ސުލްހައާ ގުޅޭ ސަމިޓު، އަދި އެޔަށްފަހު ސޮއި ކުރެވުނު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމުގައި މިސްރުން އަދާކުރި ދައުރަށް މަރުހަބާ މިނިސްޓަރު މަރުހަބާ ދެންނެވި ކަމަށް ބަޔާނުގައި ބުންޏެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން، ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ފުޅާކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްކުރުމުގެ ރަސްމީ އެއްބަސްވުމެއްގައި ވެސް ދެ ވަޒީރުން ވަނީ ސޮއިކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
19 October 2025
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހަމަ މިސަރުކާރުން ފުޑްސެކިއުރިޓީއަށް ދަނޑުވެރިކަން ފުޅާކުރަން މަޝްވަރާކުރި ޗައިނާއާ. އަދި އުތުރު ތިލަފަޅުން ބޮޑުބިމެއްގަ ވަރަށް ގިނަ ބާވަތްތަކުގެ ކާނާ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހައްދަން މަޝްރޫ އެއް ޗައިނާ ކުންފުންޏަކާ ގުޅިގެން ކުރިއަށްދާން ބޮޑު ރަސްމިއްޔާތެއް ބޭއްވި. މިހާރު އެޕްރޮޖެކްޓް ނިންމާފަ މިސްރާއެކީ ސޭމް ސޭމް މި ފައްޓަނީ. ފުރަތަމަ މިސްރު މީހުނާ ހަވާލު ކުރީ އައްޑޫ ހިތަދޫ މީދޫ ބްރިޖް. މިހާރު އެނިމިއްޖެބާ؟
އުނބުށޭމު
19 October 2025
ބިންބޮޑެތި ރަށްރަށުގައި ދަނޑުބިންތަކެއް ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުން ހަދާފައި ދޭއިރު އެތަންތަން އެކިގޮތަށް ތަރައްގީ ކުރެވިދާނެ. މިސާލަކަށް ހައިޑްރޮޕޯނިކްސްގެ ރާއްޖެއަށް އެންމެ ކަމުދާ ނިޒާމްތައް ގާއިމުކޮށްފައިވެސް ދެވިދާނެ. އެކަމަށް ދިޔަ ޚަރަދު އަނބުރާ ދައްކާގޮތަށްވެސް ހެދިދާނެ. ފްލެޓްދޭގޮތަށް ކުލި ނުދައްކާތިބެ ތިންގުނަ ބޮޑުކޮށް ކުއްޔަށްދޭގޮތަށް ވަކި ބަޔަކަށް ބަހާލާ އުސޫލުން ދިނީމަކާ އެކަމަކު އޭގެ ފައިދާއެއް ނުފެންނާނެ.
އުނބުށޭމު
19 October 2025
ހުޅުމާލޭން ބިންދިންގޮތަށް ގުރުއަތުން އެފަދަ ކަމެއް ނުކުރެވޭ ވަރުގެ މީހުންނަށް ދިނީމާ އެއްވެސްކަމެއް ނުކޮށް އަގުބޮޑު އެބިންތައް އެކަށީގެންވާގޮތެއްގައި ބޭނުންނުކުރެވި ކުއްޔަށްދޭތަން ފެންނަނީ. ވީމާ ބިންބޮޑެތި ރަށްރަށުގައި އެފަދަ ބޮޑެތި ދަނޑުތަކެއް ހަދާފައި މިހާރު އެކަން ކުރާ ފެންވަރަށާއި، މިންވަރަށާއި، ތަޖްރިބާއަށާއި، މާލީ ގާބިލުކަމާއި، ފާޑުވެރިކަމާއި، މިހެންގޮސް ގުޅުންހުރި ކަންކަމަށް ޕޮއިންޓް ދީގެން އެންމެ ރަނގަޅު ފަރާތްތަކަށް ދެވިއްޖެނަމަ ނަތީޖާ ފ
އުނބުށޭމު
19 October 2025
ދަނޑުވެރިކަމަށް ޚާއްޞަ މިނިސްޓްރީއެއް ނުހުންނަ ހަނދާނެއް ނުހުރޭ. އެކަމަކު މިހާރަށްވުރެ ފުޅާކޮށް ތަރައްގީކުރެވެންއޮތް އެދާއިރާއަށް އެމިނިސްްޓްރީގެ މަސައްކަތުން އައި މާބޮޑު ކުރިއެރުމެއް ނުފެނޭ. ހުޅުމާލޭގައި އާބަން ފާމިންއަށް ދެ ސަރަހައްދެއް ތަރައްގީކޮށްފައި އެވާފަދަގޮތަކަށް ދަނޑުވެރިކަމެއް ކުރެވޭވަރުގެ އެކަށީގެންވާ ވަރުގެ ބިންހުރިރަށްތަކުން ބޮޑެތި ބިންތައް އެފަދަ ގޮތަކަށް ތަރައްގީކޮށްފައި އެކަން ކުރެވޭވަރުގެ ބަޔަކަށް ދިނުން މުހިންމު. ގުރުއަތުން ދިނ
ސިޔާދު ހަލީމް
19 October 2025
މިސްރަކީ ދިވެހިން އެއްމެ ގިނައިން ކާނާ ގެންނަ އެއް ގައުމު. އަދި ކާނާ އުފައްދަންވެސް ވަރުގަދަ ގައުމެއް.
ހަސަން ނިހާމް
19 October 2025
މިގައުމުގެ ފުޑް ސެކިއުރިޓީ ގާއިމް ކުރަން ސަރުކާރުން މިކުރަނީ މުހިއްމު މަސައްކަތެއް. މީގެ ސަބަބުން އަންނަން އޮތް ޖީލުތަކަށްވެސް ކާނާއަށް ނުޖެހި އުޅެވޭނެ؛
އަހްމަދު ސަނީހް
19 October 2025
މިކަން ވާނެ އިންގިލާބީ ކަމަކަށް. މިކަމުގެ ސަބަބުން ފުޑް ސެކިއުރިޓީ ހަމަ ގައިމުވެސް ގާއިމް ކުރެވިގެން ދާނެ.
އައި ވޯންޓު މޯ
19 October 2025
ސުރުހީ ބަލާލާފަ މަ ހީކުރީ އެއްކަލަ ސައީދު ކަމެއް ކަމަށް.
މަ ބުނީ
19 October 2025
ލޮނުޒިޔާރަތް ޕާރކް ގައި ހަނޑޫ ދަނޑެއް ، ސަލްޓަންޕާރކްގައި ފުއްދަނޑެއް އަދި ޖުމްހޫރީ މައިދާނުގައި ހަކުރު ދަނޑެއް ހައްދައި ސައުދީއަށް އެކްޕޯރޓުކުރަށް ފެންނަނީ ! ވަރަށްސަލާމް.
އުނބުށޭމު
19 October 2025
ރާއްޖެފަދަ ބިންކުޑަ ތަނެއްގައި ތިޔަބުނި އެއްވެސް ހެއްދުމަކީ އެކަށީގެންވާ ކަމެއްކަމަކަށް ނުފެނޭ. އެކަމަކު ހެއްދިދާނެ ކިތަންމެ އެއްޗެއް އެބަހުރި. ތިޔަބުނި ތަންތާނގައި ނޫނަސް އެކަން ކުރެވިދާނެ.
ރަސްފަންނު
19 October 2025
ސަރުކާރުން ބާއްވާ މިކަހަލަ ފޮޓޯ އިވެންޓްތަކުން ސަރުކާރު އިތުރަށްވަނީ ބަދުނާމެވެ. ނަތީޖާ ނުފެންނަ މިކަހަލަ ފޮޓޯ ޝޯތައް މިބާއްވަނީ ހިތުން ރައްޔިތުން އޮޅޭނެ ކަމަށެވެ. ސަރުކާރުން ދަނޑުވެރިކަމޭ ކިޔާފައި ޑްރާމާ ކުޅޭތާ 2 އަހަރުވީއެވެ. ވީކަމެއް ހަރާމެވެ.
އަފްރާސިޔާބު
19 October 2025
މިސްރާއެކު ދަނޑުވެރިކަން ކުރިއަރުވަން މަހާސިންތާއެއް ފަށަންފެނޭ. ހައްދަން ބޭނުންވާތަކެތީގެ ތެރޭގައި ކިވީ، އާފަލު، އޮރެންޖް، ކަދުރު، ގޮދަން، މުގު، އަލަނާސި، ޒައިތޫނި، އަނބު، ފޭރު، ޕެޕަރ، ދިރި، ދަވިއްގަނދު، އަލުވި، ފިޔާ، ޕިރަމިޑް، ކުކުޅު، ގެރި، ބަކަރި، މީ ވަރަށް ފައިދާ ބޮޑު ޕްރޮޖެކަށްވާނެ. ޗައިނާ ފުޑް ސެކިއުރީ އާއި އިންޑިޔާއިން ފުޑް ޕްރޮސެސިންގ ޕްލާންޓް ގެނެސް ފެށުން ރަނގަޅުކަމެއް. އިމްޕޯޓް ހުއްޓާލައި އެކްސްޕޯޓަށް ބަރޯސާވާގައުމަކަށްވާންޖެހޭ.