ޕާކިސްތާނުގައި ހިނގި ހަމަނުޖެހުމެއްގައި އަނިޔާވި މީހަކު ފަރުވާ ދޭން ގެންދަނީ: ސިހުރުން ސަލާމަތްކޮށްދިނުމުގެ ނަމުގައި އަންހެނުންތަކެއް ބްލެއިކްމެއިލްކުރި މީހަކު މަރާލި މައްސަލައެއް އެ ގައުމުގައި ވަނީ ފެންމަތިވެފައި. -- ފައިލް ފޮޓޯ: އޭއެފްޕީ
08 އެޕްރީލް 2025 - 06:37
ސިހުރު ޖެހިފައިވާ އަންހެނުންތަކަކަށް ފަރުވާ ކުރުމުގެ ނަމުގައި އެ މީހުންގެ ޒާތީ ވީޑިއޯތަކެއް ނަގައި އެ ބޭނުންކޮށްގެން ބްލެކްމެއިލްކުރަމުން ދިޔަ ކަމަށް ބުނެ ޕާކިސްތާނުގައި ދެ އަންހެނަކުވެގެން މީހަކު މަރާލައިފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ އަންހެނުންނާ ހަވާލާދީ ފުލުހުން ބުނީ ސިހުރު ބާތިލްކޮށްދޭ ކަމަށް ބުނާ މީހެއްގެ ގާތަށް އެ މީހުން ދިޔައީ ސިހުރުގެ އުނދަގޫ ޖެހިގެން އެކަމުން ސަލާމަތްވޭތޯ ކަމަށާއި އެކަމަކު އެ މީހުން ލައްވާ ވީޑިއޯތަކެއް ނެގުވުމަށް ފަހު އެ ވީޑިއޯތައް ލީކުކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލްކުރަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ.
"ސިހުރު ބާތިލްކޮށްދޭ ކަމަސް ބުނާ ރިޔާޒް ހުސައިން އަކީ ގިނަ ދުވަސްތަކެއް ވަންދެން އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރަމުން ގޮސްފައިވާކަން ތަހުގީގަށް މިހާރު ވަނީ އެނގިފައި،" ޕަންޖާބު ޕްރޮވިންސްގެ މުލްތާން ސިޓީގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފުލުހުން ބުނީ އެ މީހާގެ ޝިކާރައަކަށްވި ދެ އަންހެނަކު އެ މީހުންގެ ތިމާގެ މީހަކާއި އެހެން ފިރިހެނެއްގެ އެހީގައި އެ މީހާ މަރާލީ ކަރުގައި ފޮތިގަނޑެއް އައްސައި ނޭވާ ހާސްކޮށްލައިގެން ކަމަށާއި އޭގެ ފަހުން ހަށިގަނޑު އެއްލައިލީ ކަމަށެވެ.
ފުލުހުން ބުނީ މަރުގެ މައްސަލައިގައި މި ހަތަރު މީހުން ހައްޔަރުކޮށްފައި ވާއިރު މިކަމާ ގުޅުން ހުރި އެހެން މީހަކު ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޕާކިސްތާނުގައި 2022 ވަނަ އަހަރު، ބޮލަށް މޮހޮރެއް ޖަހާފައިވާ މާބަނޑު މީހަކު ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ޖެހުމުން އެ ހާދިސާ ހިނގި ގޮތް ބެލި އިރު އެއީ ފިރިހެން ދަރިއެއް ލިބޭނެ ކަމަށް ބުނެ، ފަންޑިތަ ހަދާ މީހަކު ބުނެގެން ޖެހި މޮހޮރެއް ކަމަށް އެނގިފައިވެ އެވެ. އަދި 2023 ވަނަ އަހަރު، ސިހުރުން ސަލާމަތްކުރުމުގެ ނަމުގައި އަންހެނެއްގެ ގައިގައި ތެޅުމުގެ ސަބަބުން މަރުވެފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރުސައި
08 April 2025
އެމީހުންގެ ދީނުގެ އޮންނަގޮތް
ހަމްދާ
08 April 2025
ތިޔައީ ހުރިހާ ގޮތަކުންވެސް ނުރައްކާ ގައުމެއް
ރެހެންދިގޮމާފުޅު
08 April 2025
އެހެންވިއްޔާ އެމެރިކާ އިޒްރާއީލް، ހުޅަނގު ގައުމުތައް އެހާ އަމާންވެފަ ޗާލީ، ފުރަތަމަ އަދި ދެވަނަބޮޑުހަނގުރާމަ ވެސް އެހާ ރައްކާތެރި ދޯ؟ ދުނިޔޭގެ ބޮޑެތި ކްރައިމް ރޭޓް ހިނގާ ގައުމުތައް ދިރާސާކޮށްބަލާއިރު ކޮންކަހަލަ މިއްލަތެއްގެ ބައެއްކަން އެކަމުގައި ކުރީގައި އުޅެނީ އެނގޭނެ އެކަމަކު އިސްލާމަފޯބިކް މީހުންނަށް މިކަން ގަބޫލުކުރަން ވަރަށް ހާޑުވާނެ އެނީވޭއިސް ފްރީ އަޕް ޑޫޑް
މާލު
08 April 2025
އެމެރިކާއާއި އިޒްރޭލް އަދި ހުޅަނގުގެ ގައުމުތަކަކީ އެންމެ ނުރައްކާ ނުބައި ގައުމުތަށް މި ތަންތާ ވެރިންނާ ރައްޔިތުންގެ ތާއީދާއެކު އާންމު ބެޑެތި ގަތުލު އާންމު ހިންގާ ދިރިތިއްބާ މުސްލިމުން އަންދާ