ފޮރިން މިނިސްޓަރު ހަލީލް، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
08 އެޕްރީލް 2025 - 07:23
ރާއްޖެ އާއި މޯލްޓާ ގުޅިގެން ގިނަ ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
މޯލްޓާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން، ހަލީލް ވަނީ އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އިއަން ބޯގްއާ ބައްދަލުކުރައްވައިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، މޯލްޓާ އަކީ ރާއްޖެއާ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެ ގައުމު ކަމަށާއި ހަލީލްގެ މި ދަތުރަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެ ބޭފުޅުން ވެސް އެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށެވެ.
Great to meet with the Deputy Prime Minister and Minister of Foreign Affairs and Tourism of Malta, @DeputyPMIanBorg.
— Abdulla Khaleel (@abkhaleel) April 7, 2025
We touched on the many parallels between the #Maldives and #Malta, both being small island nations that are members of the Commonwealth. We discussed exploring… pic.twitter.com/1zihkGgEYb
ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެ އާއި މޯލްޓާއާ ގުޅިގެން އިތުރަށް މަސައްކަތް ކުރެވޭނެ ގިނަ ދާއިރާތަކާ ގުޅޭގޮތުން ވެސް ހަލީލާއި އިއަން ބޯގް މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓަރު ހަލީލް، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފޮރިން މިނިސްޓްރީ
އެ މިނިސްޓްރީން ބުނި ގޮތުގައި، އިއާދަކުރަނިވި ހަކަތަ އާއި ތިމާވެށި، ވިޔަފާރީގެ ފުރުސަތުތަކާއި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތް ކުރުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
މީގެއިތުރުން، ޓޫރިޒަމާއި މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ވަރުގަދަކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ހަލީލާއި އިއަން ބޯގްއާ އަލިއަޅުއްވާލެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަލީލްގެ މި ދަތުރުގައި، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އިތުރުން، ކެބިނެޓުގެ އެހެން ބައެއް މިނިސްޓަރުންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު...
08 April 2025
ޓޫރިޒަމް ކުރިއެރުވުމަށްވުރެ މުހިންމް އިންޑަސްޓްރީގައި އޮތް ބިދޭސީންގެ ނުފޫޒް ނައްތާލުން.
އިންޓެ
08 April 2025
ޓޫރިޒަމް ކުރިއެރުވުމަށް މި ސަރުކާރުން ކުރާ މަސައްކަތަކީ އަގު ވަޒަން ކުރަން ޖެހޭ ވަރުގެ ކަންތައް. މި ތަންތަން ފެނި ސޯލިހުމެން ހިތްތަކަށް ވަރަށް އަސަރު ކުރާނެ
އަހުމަދު....
08 April 2025
މުޅި އިންޑަސްޓްރީ އާ، އަދި ޓްއަރިޒަމް ވިޔަފާރިތައް ބިދޭސީންގެ އަތުގައި.
ގިޔާސް
08 April 2025
ފޮރިން މިނިސްޓަރު މިއުޅެނީ އިރާފައެއްނު. ޓަފް
ގުލާމު
08 April 2025
ބުނައްޗޭ އިންވެސްޓަރ ކޮންފިޑެންސް 100 ގެ ގައުމެކޭ. ހުރިހާ ބާރުތަކާއި މިނިވަން މުއައްސަސާއެއް އޮތީ ވެރިޔާގެ މުށުތެރޭގައޭ! މޯލްޓާގެ ވިޔަފާރިވެރިން ތިބޭނީ ކެތްމަދުވެފައި ރާއްޖޭގައި އިންވެސްޓް ކުރަން!
ޢަލިކޮއެ/ހުޅުމާލެ
08 April 2025
ތިހެން ދަމުން ދަމުންގޮސް އެންޓާޓިކާއާ ވެސް ވިޔަފާރި ފުޅާކުރަން ހިފާނެ. ބޯހަލާކު.
ބޯޓު ދަތުރުކުރާ ހިތްވާ މީހާ
08 April 2025
ގޫގުލް ސަރޗް ކޮށްފަ ތަނެއް އޮތީޔާ ދަނީދޯ؟ ދިވެހިންނާ ކިހާ ގުޅުންހުރި ދިވެހިން ކިހާވަރަކަށް ދަތުރުކޮށް ބަރޯސާވާ ތަނެއްތޯ ބަލާލުމެއްވެސް ނެތް. ދައުލަތުގަ ފައިސާނެތި ޕާސްޕޯޓްގަ ސްޓޭމްޕް ޖަހާލަން ޕިކްނިކް ދަތުރު ކޮއްލަނީދޯ. ދެންވެސް ފައިސާހުރި މުއްސަނދި ގައުމަކަށް ނާށިގަނޑު ހިފައިގެން ގޮސްގެން ދޯ އެމީހުންގެ ހިތަށް އެއްޗެއް އަރައިގެން ކޮންމެވެސް އެއްޗެއް ދިއްކޮށްލާނީވެސް
އަބްޑޫޅް +
08 April 2025
އޭތް، މާލްޠާ ގެ ބޮޑުވަޒީރުގެ ނައިބާ އެހެރީ، ސިޔާސަކޮށް އުޅެގެން، ގޮނޑިމައްޗަށް ކޮޅަށް ނަގާފަތަ؟ ނޫނީ ކަލޭމެންގެ ފޮރިން މިޝްޓަރަކީ އާދަޔާ ހިލާފަށް ކުރު މީހަކީތަ؟ އަހުރެން ކުޑައިވަރުއިރު މާލެ އައިސް އުޅުނު، "ހިތާދޫ ކުރު" ކިޔާ، ހިތާދޫ މީހަކު. އޭނަޔާ ވަރަށް ވައްތަރު.
ބެރުބެ
08 April 2025
މީހުންގެ ސިފަ އާ ގުޅޭ ގޮޮތުން ކޮމެންޓް ލިޔާނީ ވަރަށް ސަކަރާތް މީހުން. ރާއްޖޭގައި ބުލީކުރުން އޮތްވަރު މިދޭހަވަނީ.