ފުލުހުންގެ ވެހިކަލެއް: އެއާޕޯޓުން ވަގަށް ނެރެން އުޅުނު ސިނގިރޭޓު މައްސަލާގައި ފުލުހުންގެ އިސްވެރިންތަކަކަށް ތުހުމަތު ކުރެވޭ..-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
08 އެޕްރީލް 2025 - 13:50
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިއުޓީ ފްރީ އިން ސިނގިރޭޓްތަކެއް ބޭރުކުރި މައްސަލަތަކުގައި ފުލުހުންގެ ބައެއް އިސްވެރިންތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރާ މައްސަލައިގެ ހަގީގަތް ބަލަން ފަށައިފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާންއާ "މިހާރު" އިން ސުވާލު ކުރުމުން ވިދާޅުވީ، ފުލުހުންގެ އިސް އޮފިސަރުންތަކަކަށް އެފަދަ ތުހުމަތުތަކެއް ކުރަމުންދާތީ އެ ކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. އެކަމަކު، މިހާތަނަށް ވަކި ކަމެއް ފާހަގަނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ ބައެއް އިސްވެރިންގެ ބައިވެރިވުން ވަގަށް ސިނގިރޭޓް ބޭރުކުރުމުގައި އޮތް ކަމަށް ކުރާ ތުހުމަތުތަކާ އެކު، އެކައުންޓުތަކުގައި ގިނަ އަދަދަކަށް ފައިސާ ދައުރު ކުރި ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އޭގެ ހަގީގަތް ވެސް ބަލާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު އޭގައި ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލައެއްގައި މިދިޔަ މަހުގެ 25 ގައި ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި އެކަކީ އިންޓެލް ފުލުހުކެވެ. އެއީ ދަފްތަރު ނަމްބަރު ރސ. 14358، ޔޫސުފް ނަޒީރު އެވެ. އެހެންވެ، އޭނާ ވަނީ މުސާރަ ނުހިނގާ ގޮތަށް ފުލުހުންގެ ވަޒީފާ އިން ސަސްޕެންޑުކޮށްފަ އެވެ.
އެ މައްސަލާގައި ދެން ހައްޔަރުކުރީ މ. ސިލްވަނެސްޓް، އަހުމަދު އަފްޒަލެވެ. އެއީ އެއާޕޯޓުގައި މަސައްކަތްކުރާ މީހެކެވެ.
އެ މައްސަލާގައި އެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫލަ
09 April 2025
ދެރަ ކަމެއް، ގައުމު ކުށުގެ ވެށިން ސަލާމަތް ކުރަން ހުވައި ކޮށްގެން ތިބި މީހުން، ބޮޑެތި ޖަރީމާތަކުގައި ބައިވެރިވުމުން، ގައުމުގެ ހާލަތާމެދު ކަންބޮޑު ނުވޭތޯ؟
އެކްސިް
08 April 2025
ހުރިހާ ކަމެއް ކުށަކަށް ހަދަންޏާ ދެން އުޅޭނީ ހުސް ކުއްވެރިންތާ.
ފިޔާޒް
08 April 2025
މީހުންގެ ނަން ހާމަކުރުން އެދެން.
އެންމެން ހެޕީ
08 April 2025
ގުޅިގެން ހިންގާ ޖަރީމާ
ބޮޑުކައްކާ
08 April 2025
މާރުކޭޓުވެސް ހެޕީ!
ވޯލް
08 April 2025
ފުލުހުން ނުހިމެނި ރާއްޖޭގެ ހހިންގާ މިފަދަ ކުށްތަް ހިންގިތާނެކަމަށް އެއްވެސް ދިވެއްސަކު ޤަބޫލު ނުކުރާނެ.
ރޯނު އެދުރު އަލަމާ
08 April 2025
ޕޮލިހުންނޭ ކިޔާފަ ކީއްވެތޯ އެއާޕޯރޓް ޑިޕާރޗާ ހޯލް ތެރޭ އިންޓެލް އޮފީސް ހަދާގެން މި ތިބެނީ؟ ޕޮލިހުން ޑިޕާޗާރ ހޯލުން ނެރެ ލޯ ރިސްކް އޭރިއާ އެއްގަ އޮފީސް ހަދާދޭން ޖެހޭ. މީގެ އިތުރު އޭވިއޭސަން ސުކުރީންނުވެ ޕޮލިހުން ހުދުކާފޫރުހެން ދިޔުން ހުއްޓުމަކަށް ގެންނަން ޖެހޭ އެބަ