އެނގިފައިވާ ގޮތުގައި މިތަކެތި އެއާޕޯޓުން ބޭރުކުރަން އުޅުނީ ފުލުހެއް.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 މާޗް 2025 - 22:52
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ނެރުނު ޑަސްބިން ކޮތަޅުތަކަކުން ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލައެއް ބަލަން ފަށައިފި އެވެ.
ކަސްޓަމްސް އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު އޭގައި ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެކަމަކު ފެނުނީ ކިހާ އަދަދެއްގެ ސިނގިރޭޓް ކާޓަންތަކެއް ކަމާއި އެ މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ކަސްޓަމްސް އިން ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި މިތަކެތި އެއާޕޯޓުން ބޭރުކުރަން އުޅުނީ ފުލުހެކެވެ. އެ މައްސަލާގައި ފުލުހުން އެދިފައި ވަނީ ކަސްޓަމްސް މެދުވެރިކޮށް މައުލޫމާތު ހޯދާށެވެ.
މީގެ ކުރިން ވެސް ކަސްޓަމްސް އިން ވަނީ ރާއްޖެ އަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓަންތައް އަތުލައިގެންފަ އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް މި އޮފީހުން މި ދަނީ ތަހުޤީޤުކުރަމުންނެވެ.
— Maldives Customs Service (@CustomsMv) March 25, 2025
ރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ.
އެ އިސްލާހާ ހަވާލާދީ، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން ނުވަތަ ބޮއެގެން، ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އަދި ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު..
26 March 2025
ރާއްޖެ އުފެދުނީއްސުރެން ވައްކަންކޮށްގެން ހޯދާ މުދަލާއި ފައިސާ ދިރިއުޅުމަކީ ދައުލަތުގެ ދައުލަތުގެ އިސް މަގާމުތަކުގައިތިބޭ އިއްޒަތްތެރިންނަށް ޚާއްސަ ކަމެކެވެ. ގިނަ ރައްޔިތުން ދައުލަތުގެ އިސް މަގާމަށް އިސްކުރަން ބޭނުންވަނީ ވެސް މަސައްކަތްކުރާ މަދު ރައްޔިތުން ދައުލަތަށް ހޯދާދޭ މުދަލާއި ފައިސާއިން ވައްކަންކޮށްފަ އެމީހުން މަސައްކަތެއް ނުކުރިޔަސް ބޭނުންވާ ކަމެއް ކޮށްދޭނެ ބައެކެވެ.
ގުލްމާ
26 March 2025
ޕޮލިސްމިހާ ހައްޔަރު ކޮށް ވަނަވަރު ހަމަކުރޭ!ތަފާތުނުކުރޭ.......... ޕޮލިހުން މިހާރު ވައކަންކުރާލެއް އަދި މާގިނަ މިހާރު..
ސަލީމު އިދުރީސް
26 March 2025
ޑުރަގުގެ ވަބާ މިގައުމުގަ މިހާބޮޑުވެ ނުހުއްޓުވިގެން އުޅެނީ މިހެންވެ! ގައުމުގަ ހިންގާ ހުރިހާ ޖަރީމާއެއްގަ ސިފައިންނާ ފުލުހުން ބައިވެރި ވާކަން އެގެނީ ނޫސްތަކުން މިކަހަލަ ހަބަރު ގެނެސް ދޭތިއެއެއް ނޫން ފާޅުކަން ބޮޑުކޮއް ހިންގާ ޖަރީތަކެއް ވީމަ! މިގައުމަކީ ގާނޫނެއް އޮތް ދައުލަތެއް ކަމުގެ އެއްވެސް ނިސާނެއް ނުފެނޭ! ގަންދީ ހުވާކޮއްގެ ދިވެހި ދިއާ ވާހަކަ ދައްކަމުން ވައްކަން ކުރާއިރު ބިރުނުގަންތާ ލަދުގެ ކަންފުޅެއް ހުރިނަމަވެސް މިގޮތައް ނުވާނެ
ސެލް ޓޯކް
26 March 2025
ބަލަ ވޭޕް ވިއްކާ މީހުންގެ ވާހަކަ ލިޔާ ކޮމެންޓްވެސް ނުޖަހަމެއްނު؟؟ ކޮބާހޭ ސ.ހިތަދޫގަ ވޭޕް ވިއްކާ ބިދޭސީ މީހާގެ ވާހަކަ
ދޯދި
26 March 2025
ތިޔަ ސިގިރެޓު އޭނައަށް ލިބުނު ގޮތެއް ވެސް ބަލަން ޖެހޭނެތާ؟ އެވެސް މީގެ ބައިވެރިން. އަބަދު މަގުމަތިން ރާ ފޮށި ފޮށި ހޯދާއިރު، ދުވަހަކު ވެސް އެ ދިން ވެއަރ ހައުސްއެއްގެ ވާހަކަ އެއް ނާދޭ، ނުވަތަ ރިސޯޓެއްގެ ވާހަކައެއް ނާދޭ. އެއީ ވަކި ބަޔަކަށް ނޫނީ އެތެރެނުވެވޭ އެއްޗެއް.
ޖުލައި2021
26 March 2025
ފުލުހެއްވީމަ ވަނަވަރު ހާމަނުކުރަނީތަ؟ އާއްމު މިހެއްނަމަ މައިންބަފައިންނަށް ދާންދެން ވަނަވަރު ލިޔެ ފޮޓޯވެސް ނެރޭނެ
ކެކެކެކެކެކެކެކެކެކެ
26 March 2025
ކަސްޓަމުން މިހިފަހައްޓަން ޖެހެންޔާމުން ކޮބާ އޭވިއޭށަން ސެކިއުރިޓީގެ ބޭނުމެއް؟
ބިންބި ސަހަރު
26 March 2025
ނޭގޭ ކަންތައްތަކުގެ ވާހަކައިން ކޮމެންޓް ކުރަންވެއްޖެއްޔާ މީހާގެ އަގު ވެއްޓުންނޫން ކަމެއް ނުވާނެ،
ގުރަޑީ ބޯއީ
26 March 2025
ލައްކަ ފައިދާވާ ވިޔަފާރީއެކޭ ދޯ
ދަގަތްފާނު
26 March 2025
ހެހެ، ސިނގިރެޓުކޮޅެއްގެ މައްސަލައެއް ބަލަބަލާފަ ނޫސްބަޔާންނެރެން ފުލުހުން ތިބެން އެޖެހެނީ ރޯދަމަހެއްގެ ފަހުދިހައިގަ. މިހުއްނަނީ ދުވަހަކުވެސް އަހަރެމެން އަޑުއެހިކަހަލަ ވާހަކައެއްނޫން.
އެންމެން ހެޕީ
26 March 2025
ޔުނިފޯމް އެޅިމީހުން ނެކްސްޓް ލެވެލް ގަ