ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ތިން އަހަރާއި 9 މަސްދުވަހުން ނިންމަން ޖެހޭ.
އައްޑޫ ލިންކް ރޯޑް އަލުން ހެދުމަށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
08 އެޕްރީލް 2025 - 14:22
އައްޑޫގެ ގިނަ ރަށްތަކެއް، ޒަމާނީ އަދި ފެންވަރު ރަނގަޅު މަގަކުން ގުޅުވާލަން މީގެ 22 އަހަރު ކުރިން ހެދި ލިންކު ރޯޑު އަލުން ހަދަން ނިންމައި ބޮޑު މަޝްރޫއެއްގައި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފަ އެވެ. އެ ބޮޑު މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އާރުޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
އިންފްރާސްޓްޗަރަކްޗާ މިނިސްޓްރީން ބުނީ ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި 9 މަސްދުވަހުން ނިންމަން ޖެހޭ ގޮތަށް ކަމަށެވެ.
އައްޑޫ ލިންކް ރޯޑް އަލުން ހެދުމަށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މިއަދުގެ ރަސްމިއްޔާތުގައި އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އާއި ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވެސް ބައިވެރިވެވަޑައިގަތެވެ.
- ލިންކް ރޯޑް ޒަމާނީ ފެންވަރަށް ހެދުން.
- 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އެޅުން.
- ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުން.
- ދުވާރުތައް ހެދުން.
- މަގުގެ ފާހަގަތަކާއި މަގުމަތީގެ ނިޝާން ބޯޑުތައް ހަރުކުރުން.
އައްޑޫ ލިންކް ރޯޑް އަލުން ހެދުމަށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށީ 2001 ވަނަ އަހަރު އެވެ. އެ މަސައްކަތް ނިންމައި އެ މަގު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރު އެވެ.
އައްޑޫ ލިންކް ރޯޑު އޭރު ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ދިވެހި ސަރުކާރަށް ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ. ޖުމުލަ 12.5 ކިލޯ މީޓަރުގެ ލިންކް ރޯޑްގެ މަސައްކަތްކުރީ ޑެންމާކާއި ލެބެނަންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިންނެވެ. ލިންކު ރޯޑް ޕްލޭންކޮށް، ޑިޒައިންކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ސްމާޓް އެވެ.
އައްޑޫގައި ދިރިއުޅޭ މީހުންނަށް ބޮޑު ފަސޭހައެއް ލިބުނު މި ދިގު މަގު ފަހުން ބޮޑު މަރާމާތެއް ނުކޮށް އޮންނާތީ މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ނުނިމޭ މަގުތައް
09 April 2025
ދާދި ފަހުން އިންޑިޔާ ސަރުކާރުން ހަދާ ނިންމީ ތިޔަ މަގެއް ނޫންތަ
މުސްތަގްބަލުގަ މާލެއަށް ވުރެ ފުރިމަވާތަން ދެކެން ބޭނުން
09 April 2025
ހަދާމަގުތަށް ފުޅާ ތަނަވަސް މަގުތަކަށް ވާންޖެހޭ އެބަ، މާލޭގެ މަގުތަށްް ބޮޑު 2ވެހިކަލްވަނަސް މަގު ބެދޭ.
ކަޑައޭއޭ
09 April 2025
ކޮބައިތޯ މާލޭގެ އުތުރުފަރާތު މަގު ފުޅާކުރުން. ކޮންއިރަކުންތޯ ފަށަނީ. ރޯދަވެސް ނިމިއްޖެ. ފޭސް 1 ން އަންނަ މީހުން ބަހުގަ ގެނެސް ކާނިވަލަށް އަޅާލާފަވެސް 10 ރުފިޔާ ނަގާ. ދެން ދާންވީ ތަނަކަށް ދާންވީ ހިނގާފަ. ނޫނީ ޓެކްސީއެއްގަ. އެކަމަކު މާލޭގެ ދެކުނުފަރާތުން ދާ ބަސް މުޅި މާލެ ކަވަރުކޮށްފަ ވެސްޓްޕާކަށް ދިޔައިމަވެސް 10 ރުފިޔާ. މިކަން ހަމައެއް ނުޖެހޭ.
ޝިމްހާދްް
09 April 2025
ވަރަށް އުފާވެރި ހަބަރެއް. އައްޑޫ ރައްޔިތުންނަށް އެމީހުންގެ ހުވަފެންތަކުގައި ރައީސް މުއިއްޒު ކުލަޖައްސުވައިދެއްވާނެ.
ބޮޑުވަރު
09 April 2025
ބޭކާރު ސަނާ ނުކިޔަބަލަ. ބޮންދަކު ލިޔަސް ކޮށްދޭން ޖެހޭ ކަންކަން، ޚިދްމަތްނުކޮށް ސަނާކިޔާ އަޑުއަހަން ބޭނުމިއްޔާ، ޓިކްޓޮކް ގުރޫޕެއް ގަނެފަ ގޭގަތިބޭ.
ސާއިމާާ
09 April 2025
އައްޑޫ ރައްޔިތުންނަށް އިބޫގެ ފަސްއަހަރު ކުރެވުނު ކޮށްދެވުނު އެއްކަމެއްވެސް ނެތް. މި ސަރުކާރުން މިކަންވެސް ކުރާނީ
65541
09 April 2025
މައުމޫނު ޒަމާނުގައި ރޭޑިއޯ އިން އިވޭނީ ތަރައްޤީގެ ގޮތުގައި ކޮންމެ ވެސް ރަށެއް ގައި ވަޅެއް ބެހެއްޓި ވާހަކަ!!!! މިއަދު އިވެނީ އޭޓީ.އެމް.އެއް ބެހެއްޓި ވާހަކަ!!!!! މާބޮޑު ތަފާތެއް ނެތް!!!!!
ދޫލަ
09 April 2025
ކޮބައިތަ؟ ހުޅުދޫ މީދޫ - ހިތަދޫ ބުރިޖުގެ އަޑެއް ބަޑެއް ނީވޭ. މަސައްކަތް ކިހައި ހިސާބަކަށް ހިނގައްޖެބާ؟ޝަކީބުބެ ނަމަވެސް ޖަވާބެއް ހޯދައިދީބަލަ!
އައްޑޫމީ
09 April 2025
އެންމެ ފުރަތަމަ ތިތަން ހެދި އިރު ފޭރާން ދެރަ ކޮށް ހެދުނީ ސަރުކާރުގައި އޭރު ތިބި މީހުންގެ އިހުމާލުން، އެމީހުން މުއްސަނދިވެ މާލޭގައި ގެދޮރު ބިނާކުރެވި އެތަންތަނުން އަދިވެސް މަންފާ އެބަލިބޭ. ލިންކު ރޯޑު އޮތީ ފުނޑި ހަލާކުވެފައި. ގައުމެއްގައި ކޮރަޕްޝަން އަށަގެންފިނަމަ ވާނެ ހައެތިވެ މިނިމެނީ.
މުނާސަބުވަގުތު
09 April 2025
ރާއްޖޭގެ ކޮންމެ ތަނެއްވެސް މުހުންމު. އެކަމަކު މިއީ ތިކަމައް އެންމެ މުނާސަބު ވަގުތުބާ. ދަރަނީގަ ހުރިހާ ރައްޔިތުން ގެނބެން ކައިރިވެފައިވާއިރު ރައްޔިތުންނައް އެންމެ ފައިދާހުރުގޮތަކައްވާނީ އިތުރު ދަރަނިތައް ނަގައިގެން ބޮޑެތި މަޝްރޫއުތައް ފެށުމައްވުރެ ރައްޔިތުންނައްއޮތް ދަރަނީގެ ބުރަ ކުޑަކުރުންނޫންބާ.
އަބްޑޫޅް +
09 April 2025
ހޫމް. މަހާސިންތާއެއް ދޯ؟