09 އެޕްރީލް 2025 - 09:35
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް އަތުން ހައިރާންކުރުވަނިވި ނަތީޖާއަކުން، 3-0 އިން ބަލިވި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، މިހާރު ހުރިހާ ވިސްނުމަކީ އަންނަ ހަފުތާގައި މި ނަތީޖާ އަނބުރާލުން ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އާސެނަލް ހޯދި މޮޅާ އެކު، އެ ޓީމަށް އަންނަ ހަފުތާގައި ރެއާލުގެ ދަނޑުގައި ކުޅޭ މެޗުން ހަނި ތަފާތަކުން ބަލިވިޔަސް ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.
ރެއާލަށް ފުރުސަތެއް އޮތީ ބޮޑު ތަފާތަކުން މޮޅުވެގެން ކަމުން އެ ޓީމަށް އޮތީ އުނދަގޫ ގޮންޖެހުމެކެވެ. އެކަމަކު ރެއާލުން ވަނީ މީގެ ކުރިން ވެސް މިފަދަ ނަތީޖާތައް އަނބުރާލައިފަ އެވެ. އެއީ އެ ޓީމުގެ ކުޅުންތެރިންނަށް އޮތް އިތުބާރެކެވެ.
"މި ނަތީޖާ އަނބުރާލުމަކީ އުނދަގޫ ކަމަކަށް ވާނެ. އެކަމަކު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ދަނޑުގައި އަހަރެމެންނަކީ ވަރުގަދަ ޓީމެއް،" ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ބުންޏެވެ.
"އެކަމަކު އަހަރެމެން ޖެހޭނެ ހެދުނު ގޯސްތައް ރަނގަޅުކުރަން. މެޗުގެ ކުރީކޮޅު ދެ ގޯލެއް ޖެހިއްޖެއްޔާ މިއީ ކުރެވިދާނެ ކަމެއް."
އަންޗެލޮޓީ ބުނީ ފުޓްބޯޅައިގައި ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ ކަމަށާއި، އެހެންކަމުން ނަތީޖާ އަނބުރާލެވިދާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.
ރެއާލުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުނީ ނަތީޖާ އަނބުރާލެވޭނީ އާއްމުކޮށް ދައްކާ ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ދައްކައިގެން ކަމަށާއި، އެ ކުޅުން ދެއްކޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެ ޓީމުގެ ޒުވާން ޑިފެންޑަރު ރައުލް އަސެންސިއޯ ބުނީ މި ނަތީޖާ އަނބުރާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެބައޮތް ކަމަށާއި، ކުޅުންތެރިން ތިބީ ޕޮޒިޓިވް ވިސްނުމެއްގައި ކަމަށެވެ.
ރޭގެ މެޗުގައި އާސެނަލުން ކުޅުނީ އެޓޭކިން ގޭމެކެވެ. ރެއާލުން އޮތީ އެއަށް ޖާގަ ދީގެން އެކަމަކު ކައުންޓާގައި ބާރު ދުވެލީގެ ބޭނުން ހިފައިގެން އެޓޭކް ކުރުމަށް ވިސްނައިގެންނެވެ. އެކަމަކު އާސެނަލުން ވަނީ ރެއާލުގެ ދުވެލި ބާރު ދެ ފޯވާޑުން ކަމަށްވާ ވިނީޝިއަސް ޖޫނިއާ އާއި، ކީލިއަން އެމްބާޕޭ ހުއްޓުވުމުގައި ކާމިޔާބު ހޯދައިފަ އެވެ.
މި މެޗުގައި ތަރިއަކަށްވީ އާސެނަލުގެ ދެ ގޯލް ޖަހައިދިން މިޑްފީލްޑަރު ޑެކްލަން ރައިސް އެވެ. އޭނާ އާސެނަލްގެ ފުރަތަމަ ގޯލް 58 ވަނަ މިނެޓުގައި ވައްދާލީ އާދަޔާހިލާފު މޮޅު ހިލޭ ޖެހުމަކުންނެވެ. އޭނާ އެ ބޯޅަ ގޯލަށް އަމާޒުކޮށްލީ ރެއާލުގެ ޑިފެންސިވް ފާރުގެ އަރިމަތިން ފޮނުވާލައިގެންނެވެ. އެ ޓީމުގެ ދެ ވަނަ ގޯލް 70 ވަނަ މިނެޓުގައި ރައިސް ޖެހީ ވެސް އެހާމެ މޮޅު ހިލޭ ޖެހުމަކުންނެވެ. މި ފަހަރު ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. އާސެނަލްގެ ތިން ވަނަ ގޯލު އޭގެ ފަސް މިނެޓު ފަހުން ޖެހީ މިކޭލް މެރިނޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަބޯ
09 April 2025
އަންޖަލޮޓީ އަނގަ ހުރީ އެއްކަން މޮހިފަހުރި ވެލިގޯނޏެއްހެން. ހީވަނީ ހަމަ އާސެނަލްހެން 2 ވަނަލެގްވެސް
ޕާޕާ ޕެރޭޒުގެ މައިދައިތަ
09 April 2025
ރައިސްގެ ދެ ފްރީ ކިކުގަވެސް ޑަބަލް ޓަޗްވި އަލްވަރޭޒްގެ ޕެނެލްޓީހެން. މަ ސައުދީން މީހުން ހަނދު ބަލާއިރު ބޭނުންކުރާ ޓެލެސްކޯޕުން ފަހުން ބެލިއިރު ވަރަށް ރީއްޗަށް ފެނުނު. ދެން މޮރީނޯގެ ގޯލުގަ އޭނަ ޝޮޓް ނެގިއިރު އާސެނަލް ސަޕޯޓަުން ވިނީއަށް ރޭޝަލް އެބިއުސްކުރި. އެހެންވީމަ އަސްލު އެތިން ގޯލުވެސް އެއީ ގޯލެއް ނޫން. ސުމެއް ސުމަކުން ދެވަނަ ލެގް ފަށާނީ.
15
09 April 2025
15 ބްރަދާ 15، ހަޖަމް ކޮށްލާ އެ ނޫން ގޮތެއް ނޯންނާނެ
ލެއްގިކޮމިޝަނަރ
09 April 2025
ކޮން ފަނަރައެކޭ ތިކިޔަނީ. ތިމެޑްރިޑަކަށް ނީންނާނެ ހަލާލު 5ތަށިވެސް ލިބިފައެއް. އޮފްސައިޑް ގޯލާ ވަގު ޕެނަލްޓީއާ ރެފްރީގެ ދީލަތިއެހީއާ ޔޫއެފާގެ ފުރިހަމަ ސަޕޯޓް ލިބިގެން ބާކީ ލިބުނު 10 ތަށީގެ ވާހަކަދޯ ތިބުނަނީ.
ޕާޕާ ޕެރޭޒް
09 April 2025
އާސެނަލް އަށް ވަރަށް އުނދަގޫ ވާނެ ދެވަނަ ލެގް ހޯދަން. ރެފްރީ ވީއޭއާރު ޔޫއެފާ ފަންޑިތަވެރިން މިހުރިހާ ބަޔަކާއި ދެކޮޅަށް އާސެނަލް ކުޅެންޖެހޭނީ
ގުނަނ
09 April 2025
ހަމަ ރަގަޅަށް ތި ބުނީ. އެކަމް މިފަހަރަކު ތިހެން ނުވާނެ
ރަދީފްއޮފިޝަލް
09 April 2025
ސާބަހޭ އާސެނަލް.އިރާދަކުރެއްވިޔާ 2 ވަަނަ ލެގް ވެސް ކާމިޔާބް ކުރެވޭނެ.އިންޝާﷲ.