ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ތެލެސީމިއާ ސެންޓަރުގެ އާ އިމާާރާތުގެ މަސައްކަތްތައް ރައީސް ބައްލަވާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
09 އެޕްރީލް 2025 - 15:00
ތެލެސީމިއާ ސެންޓަރަށް ދާއިމީ ޑިރެކްޓާ ޖެނެރަލެއް ހޯދަން އިއުލާންކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކުރި އިއުލާނުގައި ބުނީ ބްލަޑް ސާވިސްގެ ހިންގުމުގެ އިސްވެރިޔާގެ މަގާމަށް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.
ތެލެސީމިއާ ސެންޓަރަށް ދާއިމީ ޑީޖީއެއް ހޯދަން އިއުލާން ކުރިއިރު، އެ ސެންޓަރުގެ ހާލަތު ދަށްވަމުންދާ ކަމަށް ބުނެ ދާދިފަހުން މުޒާހަރާ ކުރުމުން އެ މަގާމަށް ވަގުތީ ގޮތުން ބޭފުޅަކު ވަނީ ހަމަޖައްސައިފަ އެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ މަގާމަށް އައްޔަން ކުރެއްވީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލަކަށް އެންމެ ފަހުން ހުންނެވި އަދި ސިއްހީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި އަހުމަދު މައުސޫމެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ސިއްހަތާ ގުޅުންހުރި ދާއިރާއަކުން ގައުމީ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ. އަދި އޭގެ ތެރެއިން މަދުވެގެން ދެ އަހަރުގެ މުއްދަތަކީ ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މުއްދަތަށް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އޭގެ އިތުރުން ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ކޯހެއް ފުރިހަމަ ކުރުމާއި މަސައްކަތުގެ ދާއިރާގައި 8 އަހަރުގެ ތަޖުރިބާ އަދި އޭގެ ތެރެއިން ހިންގުމުގެ ދާއިރާގައި ދެ އަހަރުގެ މަސައްކަތް ކުރުމުގެ ތަޖްރިބާ ލިބިފައިވާން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ތެލެސީމިއާ ސެންޓަރުގެ ހާލަތު ބެއްލެވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައިވަނީ އެ ސެންޓަރުގެ ކަންކަން ވަގުތުން ހައްލުކޮށް އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް އަންގަވާފައިވާނެ ކަމަށެވެ.
ޑީޖީއަށް މުސާރައިގެ ގޮތުގައި 21،884ރ. އާއި މަގާމުގެ އެލަވަންސްގެ ގޮތުގައި 12،534ރ. އަދި މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 339ރ. އާއެކު މަހެއްގެ މައްޗަށް ޖުމްލަ 40،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަރުބީ
09 April 2025
ރިޓަޔާރޑް…
އަފްރާސިޔާބު
09 April 2025
ރައީސް އެހާ އިސްކަމެއްދީގެން އެމަގާމަށް މީހަކު ހަމަޖެއްސީމާވެސް ކުރީ ސަރުކާރުގެ މީހުން ތިބެގެން އެމީހާ ގަބޫލު ނުކުރި. އެހެންވީމާ އިއުލާންކުރަން މިޖެހުނީ. ސަރުކާރު ތަންތަނަށް ލާންވާނީ ރައީސް ބޭނުންފުޅުވާމީހުން. އެހެން ނޫނިއްޔާ ކިހިނެއް ގައުމު ހިންގާނީ.
ކުޑަބެއްޔާ
10 April 2025
އަފްރާސިޔާބު މަނިކުފާނު ތިވަރަށް ހަޖޫ ނުޖަހަބަލަ. އޭރު ހެޑްލައިނެއް ހަދާލިއްޔޭ ތިޔަކުދިން ލައްވާ އަތް ޖަހުވާލަން
ތެލަސީ
09 April 2025
ތެލެސީމިޔާ ސެންޓަރު ހިން ގަން މިވަގުތު ރާއްޖޭގަހުރި އެއްމެ ތަޖުރިބާ ހުރި މީހަކަށް ވާނީ ކޮށީގޭ މާރިޔާ ސައީދު
މހއމ
09 April 2025
ނޫން. އެޔަށް ވުރެ ތަޖުރޮބާ ހުރި މީހުން އެބަ ތިބި.
ސީދާމީހާ
09 April 2025
މަގާމަށް ސީދާ ބޭނުންވާ މީހާގެ ނަންވެސް އިއުލާނުގައި ޖަހާލިނަމަތާދޯ؟
އިބުރާ
09 April 2025
މިކަހަލަ ކަންކަން ނިންމާއިރު ހެލްތް މިނިސްޓަރު ހާދަ ދުރެއްގަ ބަހައްޓާފައި އެހުންނަނީ
ހަމަދު ސަލީމް
09 April 2025
މި ސަރުކާރުގަ މިނިސްޓަރުންނަކީ މަހުން މަހަށް މުސާޔަދޭން ލާފަތިބޭބައެއް. އެއްވެސް ބާރެއް ހައިސިއްޔަތެއް ނޯންނާނެ. ކޮންމެ ކަމެއްވެސް ކުރާނީ ރައީސްގެ ޚާއްސަ އިރުސާދުގެ ދަށުން.
ސަސި
09 April 2025
5 ވަރަކަށް މީހުން ނަގާބަލަ.
ފަސާދަބެއްޔާ
09 April 2025
އެކަމަނާއަށް ތިސޮރު ކަމުނުދިޔައީ.
ގޮހޮޑާ
09 April 2025
ޝިރުނާ ބޭރުކުރާށޭ! ޝިރުނާ އިސްތިޢުފާ!!