މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރު ސަލީމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
10 އެޕްރީލް 2025 - 08:19
ރާއްޖެ އިސްލާހު ކުރުމުގެ ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަތްމަތީގައި ކަމަށާއި އެ މެމްބަރުންގެ އެ ހިތްވަރު ނެތް ނަމަ ގައުމު އިސްލާހު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އިއްޔެ ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ސަލީމް އެހެން ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަންގެ ޖަރީމާ ހިންގާ މީހުންނާ މެދު މިދިޔަ 15 ވަރަކަށް އަހަރު ވެސް އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭ މައްސަލައިގެ ކަންބޮޑުވުން ބައެއް މެމްބަރުން ފާޅުކުރެއްވުމުންނެވެ.
ސަލީމް ވިދާޅުވިގޮތުގައި ގައުމު އިސްލާހު ކުރުމުގެ އިހުތިޔާރު ރައްޔިތުން ދީފައި ވަނީ ރައްޔިތުން އިންތިހާބުކުރި މަޖިލިހުގެ މެމްބަރުންނަށެވެ.
"މިތަނަށް [މެމްބަރުން] ފޮނުވާފައި ތިބީ 5،000 މީހުންނަށް ނާދެވޭނެތީ އަޅުގަނޑުމެން މި ކަންކަން އިސްލާހު ކުރަން. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ނެތް މިއިން ސަލާމަތް ވެވޭކަށް. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މި ޒިންމާ ނަގަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ، ރައްޔިތުން ހުރިހާ ބާރެއް ދިނީ ރައްޔިތުންގެ މަޖިލިހަށް ކަމަށާއި އޭގެ ތެރޭގައި ގާނޫނު ބަދަލުކުރުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ފަނޑިޔާރުން ވަކިކުރުމުގެ އިތުރުން ވެސް އެހެން އެތައް ބާރެއް ހިމެނޭ ކަމަށެވެ.
"އެހެންވީމާ ހަގީގަތުގައި ހުރިހާ ކުށްވެރިންނަކީ ރައްޔިތުންގެ މަޖިލިސް މެމްބަރުން. ރައްޔިތުންގެ މަޖިލިސް އަށް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ގާނޫނު ބުނާ ގޮތަކުންނެއް. އަދި ގާނޫނަށް ބަދަލު ގެނެސްގެން ވެސް ކޮންމެ ގޮތެއް ހަދައިގެން ވެސް މި މަޖިލިހަށް ރައްޔިތުން ފޮނުވާފައި ތިބި މަންދޫބުން މި ގައުމު އިސްލާހު ކުރުމުގެ ބާރު އޮތް ބަޔަކީ ހަމައެކަނި،" ސަލީމް ވިދާޅުވި އެވެ.
ގާނޫނުތަކުގެ އަލީގައި އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގައި ގޯސްކޮށް ކޮންމެ މީހަކު ކަމެއް ކުރިޔަސް ފިޔަވަޅު އެޅުމުގެ ބާރު ވެސް އޮތީ ރައްޔިތުންގެ މަޖިލިހަށެވެ. އެހެންވެ، މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގޯސްވުމާއި ހިތްވަރު ނެތުން ކަމަށް ސަލީމް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލިހުގެ އެއްވެސް ކަމެއް ނެތިއްޔަކާ މި ގައުމު އިސްލާހު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެ އިސްލާހު ރައްޔިތުން ދީފައި އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް."
މާލިއްޔަތު ކޮމިޓީގެ އިއްޔެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، މިހާތަނަށް އައި ހުރިހާ ސަރުކާރެއްގައި ވެސް ކޮރަޕްޝަންތައް ހިންގާ ކަމަށާއި އެކަމަކު ކޯޓާ ހިސާބުން ހުކުމެއް އަންނާނެ ގޮތެއް ނެތް ކަމަށެވެ. އެހެންވެ، ދިވެހިން ތިބީ "ކޮރަޕްޝަނަށް ބައްޓަންކޮށްފައިވާ" ނިޒާމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރު ޣަފޫރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
"އެހެން ނޫން ނަމަ އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓާއި މި ހުރިހާ އެއްޗެއްގައި ކޯޓަށް ދާ މައްސަލަތައް ސާބިތު ކުރެވެން ޖެހޭނެ. އެކަމެއް ނުވޭ،" ގަޕޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޮޑިޓް ރިޕޯޓު ލިޔެގެން މިހާތަނަށް ދައުލަތަށް ލިބުނު ފައިސާއެއް ނެތް ކަަމަށާއި އެކަމަކު އޮޑިޓަ ޖެނެރަލްގެ އޮފީސް ހިންގަން އަހަރަކު 70-80 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. އެހެންވެ، ރާއްޖޭގައި ކަންކަން "ރޭވިގެން" ދަނީ ކޮރަޕްޝަނާ އެއްކޮށް ކުރިއަށް ދާ ގޮތަށް ކަމަށް ހީވާ ކަމަށް ގަޕޯ ވިދާޅުވި އެވެ.
"އެހެންވީމާ ކޮންމެ އެއް ދިމާލަކަށް މިކަން ދާން އެބަޖެހޭ. މިކަން ރަނގަޅު ކުރަންޏާ ރަނގަޅު ކުރަން. ވަރަށް ބާރަށް ވާހަކަ ދެއްކެވިފައި މި ކަންކަމަށް ފިޔަވަޅު އަޅާފައި ނުކުމެވޭއިރު ތެދުވޭ،" ކަންބޮޑުވުމާ އެކު ގަޕޯ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަތާރަންފިލައިން
10 April 2025
ސަލީމަށް ވިސްނި ވަޑައިނުގަންނަވަނީތޯ؟ ކޯޓުތަކަށް ހުށަހެޅިފައ ހުރި މައްސލަތައް ހުއްޓިފައިވަނީ ފނޑިޔާރުން މައްސަލަތައް ކުރިޔަށް ނުގެންގޮސް ބަހައްޓާފަ ހުންނަކަން. ކޮން މެމްބަރެއްތޯ ކޯޓުތަކުގައި ނުނިމިހުރީ ކިތައް މައްލަތޯ މަޖިލީހަށް ހުށަހަޅާލެވުނީ. ކޮން ފަނޑިޔާރެއްތޯ ސުވާލެއް ކޮށްލަން ޙާޟިރުކުރީ. ދައުލަތުގެ ރައީސްވެސް މިކަން ނުބައްލަވާނެކަން އެއޮތީ ވިދާޅުވެފައި. އަތެއް ނުބާނާނަމޯ. މައުމޫނު ވެރިކަމުގައި ހުށަހެޅި ބައިވަރުވެސް ހުރީ ފުނިޖާހާފައި.
ބުޅާބޮޅ
10 April 2025
ލޮލް. ތިމާގެ ހާލަތު ކޮބާ. ހުޅުމާލެން ބިންލިބުނީ މަތިން ދެއްވި ހަދިޔާއެއްދޯ
ނަންބަރު1
10 April 2025
ދެން އެހެންވިއްޔާ ތިހުރިހާ މެމްބަރުން ޖަލަށް ވަދެފަ ޖަލުގަ ތިބި މީހުން ދޫކޮށްލަންވީނު.
ނާޑުވާ
10 April 2025
5000 ރައްޔިތުން ފޮނުވާފަ ތިބި ބައެއްކަމަށް ޤަބޫލުކުރާނަމަ މެމްބަރުން ވަކިކުރުމުގެ ބާރު ޕާރޓީ އަށް ދޭން ވޯޓެއް ނުލީސް. މެމްބަރުންގެ އެންމެހާ ބާރުތަށް ދޫކޮށްލާފަ މޮޅު ވާހަކަ ދައްކާނެ ކަމެއްނެތް.
ދޭހިލޭ
10 April 2025
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ތިޔަވަރުގެ ތެދެއް ހަދާފައެއް ނެތް. މިގައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންގެ މަޖިލިސް. މަޖިލީހުގެ މެންބަރުންގެ އަމިއްލަ އެދުމާހެދި މެންބަރުންގެ މަސްއޫލިއްޔަތު އަދާނުކޮށް ކޮންމެ މެންބަރަކުވެސް ބަލަނީ ދާއިރާގެ މީހުންގެ ގޭގެ ފުރާޅުގައި ޓިނުޖަހަން، ފާލަންއަޅަން، ބޭސް ސިޓީއަށް ބޭސްނަގައިދޭން ފަދަ ކަންކަކަމަށް ލާރި ހޯދުނު ގޮތަކަށް ހޯދޭތޯ. އެކަމުގެ ސަބަބުން މިހިސާބަށް މިދިޔައީ.
އެނދިމަރިޔަނބު
10 April 2025
5000 މީހުންގެ އަޑެއްވެސް، ބަހެއްވެސް ނީއްވޭނެ ތްރީލައިން ވިޕް ނެރެންޏާ. އޭރުން އިވޭނީ ހަމަ އެންމެ އަޑެއް
ދަރި
10 April 2025
ހިނިއަންނަނީ! މީނާ މިހެން ބުނީމަ ހަމަ ހިނިއަންނަނީ!
މަ ބުނީ
10 April 2025
މަ ގޭ ދިދަ އެބުނީ ތެދެއް !
ޗޫޤީ
10 April 2025
ކިހިނެއް ގައުމު އިސްލާހުކުރާނީ. ތިލަފަތަށް ވޯޓު ދޭށޭބުނީމަ ގޮސް ފައިސާ އަތުލާފައި ތިލަފަތް ވިއްކި މީހުންވެސް މިގައުމުގައި އެބައުޅޭ.
ހާހޫރު
10 April 2025
ވަކި ފިހާރަ ތަކެއްގެ ކޮންޓޭނަރުތައް މާ އަވަހަށް ކުލިޔަރު ވޭބާ، ކަސްޓަމުންވެސް ޕޯޓުސް އިންވެސް، ކޮންމެ ވެރިކަމެއްގައިވެސް؟ ސަބަބަކީ ކޮބައިބާ؟