ޕީއެންސީއިން ބޭއްވި އެއްވުމެއްގެ ތެރެއިން: އެންމެ ގިނައިން ފައިސާ ލިބޭ ޕާޓީއަކަށް ޕީއެންސީ ވަނީ ވެފައި --- ފޮޓޯ/މިހާރު
10 އެޕްރީލް 2025 - 15:44
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާގެ ގޮތުގައި މި އަހަރުގެ ބަޖެޓްގައި ކަނޑައެޅި 27 މިލިއަން ރުފިޔާގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބޭނީ ސަރުކާރު ހިންގާ ޕީއެންސީއަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ދޫކުރަން ކަނޑައަޅާފައި ވަނީ 27،981،256ރ. ކަމަށެވެ. އެ ފައިސާ ލިބެނީ ފަސް ޕާޓީއަކަށެވެ.
ފައިސާ ޕާޓީތަކަށް ބަހާނެ ގޮތުގެ ތަފުސީލު ވެސް އީސީން މިއަދު ވަނީ އާންމުކޮށްފަ އެވެ.
މި އަހަރު އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބޭ ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ ދޭން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އެއީ މިދިޔަ އަހަރުގެ ނިޔަލަށް އެ ޕާޓީގައި 68،968 މެމްބަރުން ތިބުމުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެއް ޕާޓީއަކަށް އެންމެ ގިނަ ފައިސާ ޕީއެންސީއަށް ދޭން ކަނޑައަޅާފައިވާއިރު، މީގެކުރިން އެންމެ ގިނައިން ފައިސާ ލިބެމުންދިޔަ އެމްޑީޕީއަށް މި އަހަރު ދޭން ކަނޑައަޅާފައިވަނީ 8.4 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ޕާޓީގައި ތިބީ 43،755 މެންބަރުންނެވެ.
• ޕީއެންސީ - 13.3 މިލިއަން ރުފިޔާ
• އެމްޑީޕީ - 8.4 މިލިއަން ރުފިޔާ
• ޖުމްހޫރީ ޕާޓީ - 2.6 މިލިއަން ރުފިޔާ
• އަދާލަތު ޕާޓީ - 1.7 މިލިއަން ރުފިޔާ
• އެމްޑީއޭ - 1.7 މިލިއަން ރުފިޔާ
އެ ފައިސާ ދޫކުރަން ފަށާނެ ދުވަހެއް މިހާތަނަށް އީސީން ނުބުނެ އެވެ.
މީގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ އަހަރެއްގެ ދައުލަތުގެ ޖުމްލަ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގާނޫނު އިސްލާހު ކުރުމަށްފަހު މިހާރު ވަނީ އެ އަހަރަކު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޫކުރާ ގޮތަށް ކަނޑައަޅައިފަ އެވެ.
މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓުން ސިޔާސީ ހަ ޕާޓީއަކަށް ވަނީ 44 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޖަ.
12 April 2025
މިހާރު ހުރިހާ އެއްޗެއްވެސް ލިބޭނީ ޕީއެންސީ އަށް.ޕާރޓީ ސިސްޓަމް އުވާލަންވީރައްޔިތުން ނަށް އެއްވެސް ފައިދާ އެއް ކުރާ ކަމެއް ނޫން.ޕާޓީ ކުދިން ނަށް ހުރިހާ މޮޅެއް.
ކޮރަލް
10 April 2025
68،968 މެމްބަރުން ހުރި އިރު ތައުލީމެއް ނެތް އެތައް ބަޔަކަށް މަތީ މަގާމް ތައް އެދަނީ ދެމުންނެވެ. ގާނޫނަކުން މިކަމަށް ހުއްޓުމެއް ގެންނަން މަސައްކަތް ކުރަން ވީ އެވެ.
ތައުބެގެ
11 April 2025
ރާއްޖޭގަ ތައުލީމު ނެތް މީހުން ގިނަވީމަ ދެވޭނީ ނެތް މީހުނައްނޫންތަ
އ
10 April 2025
ތި މޮޅުކަމަކައް ބަޔަކައް ވިޔަސް ރައްޔިތަކައް އޮތް ފައިދާއެއް ކޮބާ? ވެރިކަން ކުރި ބަޔަކައް އޮތް ފައިދާއެއް މިއަދުވެސް އޮތީ އަދި ފާއިތުވި 40 އަހަރުގައިވެސް އޮތީ ހަމަ އެގޮތައް.. ރައްޔަތުން ތިބީ އަތްޖަހަން.
ސިސްޓަމް
10 April 2025
ދައުލަތާ ދެކޮޅަށް މުޒާހަރާ ކުރަން ދައުލަތުން ފައިސާ ދެނީ، ޑިމޮކްރަސީއަކީ ފައްކާ ސިސްޓަމެއް.
ގޮނުއަނގަ
10 April 2025
ޕާޓީ އަކަށް ދުވާލަކަށް 35000.00 ރުފިޔާ. ރައްޔިތުންގެ ޓެކްސް ފައިސާއިން. މާނައަކީ ދައުލަތް ފަސާދަ ކުރަން ފިތުނަވެރިކުރުވާން ރައްޔިތުންގެ ފައިސާއިން ދުވާލަކު މިވަރަށް އެބަ ޚަރަދު ދެއްވައޭ. ޥަގުތުން ވަގުތަށް ހުއްޓާލާ. މަވެސް ޓެންސްދެނީ ދައުލަތް ހިންގަން. ރައްޔިތުންނަށް ޚިދުމަތްކުރަން. ފަސާދަ ކުރާ ޚަރަދު ކުރާކަށްނޫން.
ހަމަދު ސަލީމް
10 April 2025
އެންމެ ގިނައިން ދައުލަތުން ވަގަށް ފައިސާ ނަގަނީ ކޮން ޕާޓީއަކުންބާ!!
އެހެނަސް
11 April 2025
އެމްޑީޕީއިން
ޑރ ވާންޗޯ
10 April 2025
އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު ހައްޕު.
ސަސި.
10 April 2025
ތި ފައިސާއިން އާންމު ދިވެހި ރައްޔިތަކަށް ވީ ފައިދާއެއް މަންފާއެއް ނެތް. މަރުހަބާ މިނިސްޓަރ އިހްސާން
މަރުމޯލުބެ
11 April 2025
ގައިމުވެސް މާހެފި ރޯދަމަސް ފެށުމުގެ ކުރިން. މަރްހަބާ އިބޫ ސޯލިހައް
ޅަބޯ
10 April 2025
ކބބ، ރައްޔިތުންގެ ރުފިޔާ ބޯކިބާ ބަހާހެން ވެރިންވެގެން ބަހައިގެން ކަނީ، ޑިމޮކްރަސީ އަކީ ވައްކަން ކުރަންވެގެން ގެނެސްގެން އުޅޭ ސިސްޓަމެއް، މިކަމާ ރައްޔިތުން ހޭލަން ވެއްޖެ