ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ މަގެއް މަތި: އަންނަ މަހުން ފެށިގެން ތައިލެންޑަށް ދާއިރު އެރައިވަލް ކާޑު ފުރަން ޖެހޭ --- ފޮޓޯ/ވިޒިޓް ބެންކޮކް
10 އެޕްރީލް 2025 - 16:02
ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، އަންނަ މަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާ މީހުން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަން ޖެހޭ ގޮތަށް ހަދައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކު އެ ގައުމަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަން ޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
އޮންލައިންކޮށް އެ ފޯމު ފުރަން ޖެހެނީ ތައިލެންޑަށް ދާން ތިން ދުވަހަށް ވުމުންނެވެ.
މި ބަދަލުގެ ސަބަބުން ރާއްޖެ އާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްްޓްރީން ބުނީ ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރު ވެސް 90 ދުވަހުގެ "އެންޓްރީ ވިސާ"ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށެވެ.
އެހެންވެ، ތައިލެންޑަށް ދަތުރުކުރާ ދިވެހިން ރާއްޖެއިން ފުރުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" އޮންލައިންކޮށް ފުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު، އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.
ތައިލެންޑަކީ ޓޫރިޒަމާއި ވިޔަފާރި އަދިވެސް އެހެން ބޭނުންތަކަށް ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ ގައުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލީމާ
11 April 2025
ތައިލެންޑަށް އަބިދަރިންނަށް ކޮންމެ ފަދަ ދެރަށް ދީފަ ދާ ގިނަ ދިވެހި ފިރިން ކުރަންޖޭ ކުޑަކުޑަ ތަކުލީފެއްދެއްތޯ؟ ވިޔަފާރީގެ ނަމުގަ ގޮސް ކުރަނީ އެހެންކަމެއް، ދެން މިއަދު މުޅި މާލޭގެ ތައިލެންޑް ކުދީން
އެމްސް
11 April 2025
އެތައްލައްކަ ބަންގާޅު ކުދިންނާއި އަޅާބަލާއިރު ތައިލޭންޑް ކުދިން ނެތޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ!
ނޯޓިކޯ
10 April 2025
ވަރުގަދަ ބޯޑިން ޕާހެއް ގެންގުޅޭ އިމިގުރޭޝަނެއް އެއީ. އޭތިކޮޅު ބޯޓު ތެރެޔަށް ވެއްޓިއްޖެޔާ ދެން ޒަމާން ދިޔައީއެ،
ހައީ
11 April 2025
އެ ހުންނާނެ އިމގްރޭޝަން ކައުންޓަރުގަ ލިބެން. އަލުން ފުރާލެވޭނެ. މިހާރު ދެން ނުޖެހޭނެ އެ ކަރުދާހުގަ ފުރާކަށް. އޮންލައިންކޮށް ފުރާލާފަ ޕްރިންޓް ކުރާނީ
އެމްސް
11 April 2025
ބޯޑިން ޕާސް އާއި އިމިގްރޭޝަން ފޯމް އަކީ ތަފާތު 2 އެއްޗެވެ!