ތައިލެންޑް: މިއަދުން ފެށިގެން ތައިލެންޑަށް ދާއިރު އެރައިވަލް ކާޑު ފުރިހަމަކުރަންޖެހޭނެ.
01 މެއި 2025 - 14:31
ތައިލެންޑަށް ދަތުރުކުރާ ބޭރުގެ ގައުމުތަކުގެ ރައްޔިތުން ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރަންޖެހޭނެ ގޮތަށް އެ ގައުމުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތައިލެންޑްގެ އިމިގްރޭޝަން ގާނޫނަށް ގެނައި ބަދަލުގެ ދަށުން މެއި 1 އަކުން ފެށިގެން އެ ގައުމަށް އެތެރެވާ، ދިވެހިން ވެސް ޑިޖިޓަލް ކާޑު ފުރިހަމަކުރަންޖެހޭނެ ކަމަށެވެ.
އެ ފޯމު ފުރިހަމަ ކުރަންޖެހެނީ ތައިލެންޑަށް ދަތުރުކުރުމުގެ ތިން ދުވަސްކުރިން ކަމަށް އެމްބަސީން ބުންޏެެވެ. އެ ގައުމުގެ އިމިގްރޭޝަން ވެބްސައިޓުން މި ފޯމު ލިބޭނެ އެވެ.
IMPORTANT NOTICE!
— Maldives in Thailand (@MDVinThailand) May 1, 2025
In accordance to the Thai Immigration Act, B.E. 2522, from today, 1 May 2025 onwards, all foreign nationals entering into the Kingdom of Thailand by Land, Air, Sea are required to submit Thailand Digital Arrival Card (TDAC) within 3 days prior to the arrival… https://t.co/gdBoaXeyrr
ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި އޭގެ ސަބަބުން ރާއްޖެ އާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް ނާދެ އެވެ. ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް 90 ދުވަހުގެ އެންޓްރީ ވިސާގައި އެ ގައުމަށް ދަތުރުކުރެވޭނެ ކަމަށް ބުންޏެވެ.
އެކަމަކު އެ ގައުމަށް ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް އިލްތިމާސްކުރި އެވެ. އަދި ބޭރުގައި އުޅޭއިރު އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިވުމަށް ވެސް އިލްތިމާސްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބު.
01 May 2025
އެގައުމުގެ ގާނޫނާ ގަވައިދުގަ އޮންނާނީ ފޭރުމާ ވައްކަން ކުރުންނޫން ހުރިހާ ކަމެއް ހުއްދަކަމައް ކިހާ ބޮލައްފަސޭހަ
ބުނާނަން
02 May 2025
ތައި މީހުންނަކީ ދިވެހިން ކަހަލަ މޮޔަ ބަޔެއް ނޫން