10 އެޕްރީލް 2025 - 21:01
އައްޑޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން މައި މަގު ހަދަން އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާޒްގެ ބައެއް ކޮޓަރިތައް ނަގަންޖެހޭތީ، އެ ބިން ހޯދަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ކޯޓަށް ދާން މަސައްކަތް ފަށައިފި އެވެ.
އެ ކުންފުނިން މިއަދު އާންމުކުރި ހަ ސޮފްހާގެ ބަޔާނުގައި ބުނެފައިވަނީ، އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާޒާއި އެތަނާ އިންވެގެން ހުރި އެހެން އިމާރާތްތަކަކީ ވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހަރުމުދަލެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެތަން އެކުންފުންޏަށް އެންގުމަކާނުލައި، އެހެން ބަޔަކަށް ބަދަލުކުރެވިފައިވާ މައްސަލައަކީ ހަމަޖެހިފައިވާ އުސޫލުގެ ބޭރުން 2013 ވަނަ އަހަރު ހިންގާފައިވާ މުއާމަލާތްތަކެއް ކަމަށެވެ.
މަގު ހަދަން އީކުއޭޓާ ވިލެޖުން ހުސްނުކުރާ ބިމަކީ، މީގެ ކުރިން ގަން އިންޓަނޭޝަނަލް އެއާޕޯޓާ އެކު އީކުއޭޓާ ވިލެޖު ހިންގާ ކުންފުނި، ގޭން އިންވެސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކުރި ބިމެކެވެ. އައްޑޫގައި އިނގިރޭސީން ތިބި ދުވަސްވަރު ހަދާފައިވާ، ގަން ބަލަހައްޓާ ޔުނިޓުގެ އެ އިމާރާތް ހުރި ސަރަހައްދަކީ ހަތަރުހާސް އަކަފޫޓަށް ވުރެ ބޮޑު ބިމެކެވެ. އެތަން ކުއްޔަށް އޭރު ދިނީ މަހަކު 40،000ރ. ދައްކާ ގޮތަށެވެ. ކުރިން ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެތަނުގެ ކުލި ބޮޑުކޮށް، 2012 ގައި އެގްރީމެންޓް އާކުރަން ހުށަހެޅުމުން އީކުއޭޓާ ވިލެޖުން ވަނީ ކުލި ބޮޑުނުކޮށް އެގްރީމެންޓްގެ މުއްދަތު 2017 ވަނަ އަހަރަށް އިތުރުކޮށްދޭން އެދިފަ އެވެ. އެއާޕޯޓު ހިންގަމުން ދިޔަ ގަން އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ވަނީ އެކަަމަށް އޭރު އެއްބަސްވެފަ އެވެ.
އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ހިމެނޭ ސަރަހައްދު. މި ހިސާބުގައި މަގު ހެދުމުގެ ބައެއް މަސައްކަތްތައް ވެސް ވަނީ ފަށާފައި. -- ފޮޓޯ: ސައީދު
އޭގެ ފަހުން ޓޫރިޒަމްގެ ގާނޫނަށް ގެނައި ބަދަލަކާ ގުޅިގެން އެއީ ޓޫރިޒަމަށް ބޭނުންކުރާ ބިމެއް ކަމަށް ކަނޑައަޅައި އެ ބިމުގެ ހުރިހާ ބާރެއް ވަނީ 2017 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން އެ ބިމާ ގުޅޭ ހުރިހާ މުއާމަލާތްތަކެއް ހިންގާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އީކުއޭޓާ ވިލެޖާ ދެމެދުގަ އެވެ.
އޭއައިއޭ އިން ބުނީ، އެ މައްސަލައިގައި ގާނޫނީ ލަފާ ހޯދުމަށް ފަހު ޝަރީއަތް މެދުވެރިކޮށް އެ ބިމުގެ މައްސަލަ ހައްލުކުރުމާ މެދު ގޮތެއް ނިންމަން ފެނޭތޯ ބެލުމަށް އެ ކުންފުނީގެ ބޯޑަށް ހުށަހަޅަން ކުންފުނީގެ މެނޭޖްމެންޓުން މިހާރު ނިންމާފައިވާ ކަމަށެވެ.
މި މަސައްކަތް މިގޮތަށް ހުއްޓާލައިފި ނަމަ މި ޕްރޮޖެކްޓްގައި ޑިޒައިންކޮށް ތަރައްގީ ކުރަމުންދާ ނަރުދަމާ އާއި ފެނުގެ ނިޒާމް އަދި މަގު ބައްތިތަކަކަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުމުގެ މަސައްކަތްތަކަށް ވެސް ހުރަސް އެޅިގެންދާނެކަން ފާހަގަކުރަމެވެ. މިކަންތައްތައް ފުރިހަމަ ނުކުރެވިއްޖެ ނަމަ މި ޕްރޮޖެކްޓްގައި ތަރައްގީކުރެވޭ އެއްވެސް އިމާރާތެއްގެ ބޭނުން ނުކުރެވޭނެ ކަން ވެސް ފާހަގަކުރަމެވެ.
އެކުންފުނިން ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓާ މެދު އައްޑޫ ސިޓީ އާއި ދެކުނުގެ ރައްޔިތުން ގެންގުޅޭ ތަސައްވުރާއި އުންމީދުތަކަށް އިހްތިރާމުކޮށް ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސް ނިންމުމަށް ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ.
އެކުންފުނިން ބުނީ، އެއާޕޯޓު ޕްރޮޖެކްޓްގެ ދަށުން ހަދާ މަގަކީ، ޕްރޮޖެކްޓްގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ. އެ މަގު ނުހެދިއްޖެ ނަމަ، ޕްރޮޖެކްޓްގެ ދަށުން ހަދާ ބައެއް އިމާރާތްތައް ބޭނުން ކުރަން ދަތިވެދާނެ ކަމަށް ވެސް ބުންޏެވެ.
އީކުއޭޓާ ވިލެޖު ކައިރިން ހަދާ މަގުގެ ބައެއް މަސައްކަތްތައް މިހާރު ވަނީ ފަށާފައި. -- ފޮޓޯ: ސައީދު
"މި މަސައްކަތް މިގޮތަށް ހުއްޓާލައިފި ނަމަ މި ޕްރޮޖެކްޓްގައި ޑިޒައިންކޮށް ތަރައްގީ ކުރަމުންދާ ނަރުދަމާ އާއި ފެނުގެ ނިޒާމް އަދި މަގު ބައްތިތަކަކަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުމުގެ މަސައްކަތްތަކަށް ވެސް ހުރަސް އެޅިގެންދާނެކަން ފާހަގަކުރަމެވެ. މިކަންތައްތައް ފުރިހަމަ ނުކުރެވިއްޖެ ނަމަ މި ޕްރޮޖެކްޓްގައި ތަރައްގީކުރެވޭ އެއްވެސް އިމާރާތެއްގެ ބޭނުން ނުކުރެވޭނެ ކަން ވެސް ފާހަގަކުރަމެވެ،" އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަޔާނުގައިވެ އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ، އެ ޕްރޮޖެކްޓަށް ބޭނުންވާ ބިންތައް ހުސްކުރަން، ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަމުން އާއި އިމާރާތްތައް ވެސް ހުސްކުރި ކަމަށެވެ. އޭގެ ތެރޭގައި ފެނަކަ އޮފީހާއި ފުލުހުންނާއި ކަސްޓަމަސްގެ އިތުރުން އެމްއެންޑީއެފާއި އެ ސަރަހައްދުގައި ހިންގި ރެސްޓޯރެންޓެއް ވެސް ވަނީ ހުސްކޮށްފަ އެވެ.
އެ ކުންފުނިން ބެލި ބެލުމުން، އީކުއޭޓާ ވިލެޖުން ހުސްކުރަން ޖެހެނީ އެ ކުންފުނީގެ ސްޓާފުން ބޭނުންކުރާ ދެތިން ކޮޓަރި ކަމަށާއި، އެކޮޓަރިތައް ހުސްކުރުމަށް ފަހު، އެ ސަރަހައްދުން އެކޮޓަރިތަކަށްވާ ޖާގައަށް ބިން ދޭނެ ވެސް ހުށަހެޅި ކަމަށެވެ. އަދި އެސަރަހައްދުގެ މެދުން މަގު ހެދި ކަމުގައި ވިޔަސް ދެ ފަރާތަށް ވަދެ ނުކުތުމަށް ދަތިނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ވެސް މެއި 22، 2023 ގައި އެކުންފުނީގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެއްބަސްވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
"17 އޮގަސްޓ 2023 ގައި ލޭބާކުއާޓާޒް ސަރަހައްދަށް ގޮސް އެތަނުން ހުސްކުރަން ޖެހޭކަމަށް ފެންނަ ކޮޓަރިތައް ފާހަގަކޮށް އެކޮޓަރިތައް އީކުއޭޓާ ވިލެޖު ހިންގާ ވެރިންނަށް ވާނީ ދައްކާފަ އެވެ. އަދި ކޮންޓްރެކްޓާގެ ސާވެޔަރުންނާ އެކު މި ކުންފުނިން އެ ދުވަހު ބެލި ބެލުމުން އެ ސަރަހައްދުންނެގޭ ކޮޓަރިތަކުން އެ ހޮޓަލުގެ އޮޕަރޭޝަނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ވަނީ އެފަރާތްތަކަށް ދީފަ އެވެ." ބަޔާނުގައިވެ އެވެ.
ގަމުގައި ހަދާ މަގު. އެ މަގު ހެދުން ޕްރޮޖެކްޓުން އުނިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަނީ -- ފޮޓޯ: މިހާރު
އެ މުއާމަލާތްތައް އެހިސާބަށް ދިއުމަށް ފަހު، އެތަން ހުސްކުރުމަށް ރަސްމީކޮށް އެންގުމުން، އެކަން ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ކަމަށް ވެސް އީކުއޭޓާ ވިލެޖު ހިންގާ ކުންފުނިން ވަނީ އޭއައިއޭއަށް އަންގައިފަ އެވެ. އޭގެ ފަހުން، އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިވެގެންނެވެ.
އެ ކުންފުނީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ މިއަދު އީކުއޭޓާ ވިލެޖުން ނެރުނު ބަޔާނުގައި، މަގު ހަދާ ސަރަހައްދުގައި ބަދިގެ އާއި ސްޓާފް މެސް، ލޯންޑްރީ، ގަރާޖު، ސްޓާފް ރެކްރިއޭޝަން އޭރިއާ، ސްކްވޮޝް ކޯޓު ހިމެނޭ ކަމަށް އޮތް ނަމަވެސް، އެތަނުން އެއްވެސް އިމާރާތެއް މަގު ހެދުމަށް ނަގަން ނުޖެހޭނެ ކަމަށެވެ. އަދި ގެސްޓުންނަށް ހާއްސަކޮށް ސްކްވޮޝް ކޯޓެއް ހުރި ކަމަށް ބުންޏަސް، އެތަން އީކުއޭޓާ ވިލެޖުން ބޭނުން ކުރަމުން ދަނީ ގުދަނެއްގެ ގޮތުގައި ކަމަށް ވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަޔާނުގައި ބުންޏެވެ. ސްކްވޮޝް ކޯޓަކީ، އިނގިރޭސިން އުޅުނު ދުވަސްވަރު އެމީހުން އެ ކުޅިވަރު ކުޅެން ބޭނުން ކުރި ކޯޓެކެވެ.
މި މައްސަލަ ހައްލު ކުރުމަށް މިދިޔަ ދެ އަހަރު ވެސް އެކަމުގައި ކުރި މަޝްވަރާތަކުން ވެސް އަދި މިހާތަނަށް ހައްލެއް ނުލިބުނެވެ. އެނގިފައިވާ ގޮތުގައި ހައްލެއް ނުލިބިފައިވަނީ، ކައިމޫ އިން ބަދަލުގެ ގޮތުގައި ހުށަހަޅާ ކަންކަމަށް ޓޫރިޒަމް މިނިސްޓްރީ އަށް އެއްބަސްވުމަކާ ހަމައަށް ނާދެވޭތީ އެވެ.
މި މައްސަލައިގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވަނީ އެ ކަމާ ގުޅޭ ގޮތުން މި މަހުގެ 17 ގެ ނިޔަލަށް ގޮތެއް ނުނިންމިއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު ހެދުން އުނިކުރާނެ ކަމަށެވެ. ސަބަބަކީ، ގަން އެއާޕޯޓުގެ ކޮންޓްރެކްޓަރު އިންޑިއާގެ ރެނާޓާސް ކުންފުންޏަށް ސަރުކާރުން ބަދަލު ދޭން ޖެހިދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރޯޑު
11 April 2025
މިކަހަލަ ހަބަރުތަކުން އަފީފްދީދީމެންނަށް ވަރަށް ބާރުކުރާނެ.
އޮނަރަބްލް އަފީފު ދީދީ
11 April 2025
ތިޔަ ތަނަށް ގެންނާން ޖެހޭ ފަތުރު ވެރިން ގެންނާން ވަކި ފުލައިޓް ތަކެއް ބާއްވަން ޖެހިދާނެތީވެ އައްޑުއާއި ކ.މާލެ އާއި ދޭތެރޭ ކޮންމެ ދުވަހަކު ފަހެއް ނުވަތަ 6 ފުލައިޓް ބާއްވަން ޖެހުމުން މޯލްޑިވިއަންގެ ޙަރަދު އެތައް ގުނައެއް ބޮޑުވެ ކުންފުންޏަށް ގެއްލުންވަމުންދާއިރު އޭގެ އުދަގޫ ތައް އައްޑޫ ރައްޔިތުނަށްވެސް ކުރިމަތިވޭ. މީގެ ބަދަލުގައި ކ.މާލެ އާއި އައްޑުއާއި ދެމެދު A-321 ޑެއިލީ ޝެޑިއުލް ދަތުރު ބާއްވާނަމަ ވިޔަފާރިވެރިންނަށް ކާގޯވެސް އުފުލޭނެ.
އޮނަރަބްލް އަފީފު ދީދީ
11 April 2025
އާބާދީގެ ގޮތުންނާއި ފައިސާގެ ތަނަވަސްކަމަށް ބެލިކަމަށްވިޔަސް އައްޑުއަށް ވުރެން އެތައް ތަނެއް ފަހަތުގައިއޮތް ހަނިމާދޫ އެއަރޕޯޓުން އިންޑިޔާގެ 2 މަންޒިލަކަށް (މާލޭސަރުކާރު ވަޒީރުންނާއި ބޮޑުންގެ ގެސްޓް ހައުސް ހަނިމާދޫގައި ހުރޭ) މޯލްޑިވިއަންގެ ޝެޑިއުލް ދަތުރު ބާއްވާއިރު ގޭން އެއަރޕޯޓް ރަންވޭ މެދުގައި އެކޮމަޑޭޝަން ބުލޮކެއް ހުރެގެންތޯ މިތަނުން އިންޑިޔާ އަށް ޝެޑިއުލް ފްލައިޓެއް ބާއްވަން މާލޭސަރުކާރަށް ހުރަސް އެޅިގެން އުޅެނީ؟! ތިވެސް ހަމަ މިފަދަ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
11 April 2025
އައްޑޫ އެއަރޕޯޓްގެ 30 ޕަސެންޓް ޙިއްސާ ކ.އަތޮޅު މާލޭ އާއިލާއެއްގެ ކުންފުންޏެއް ކަމަށްވާ KASA Holding އަށް ވިއްކާފައި އެއަރޕޯޓް ބިމުގެ ބޮޑުބައެއް އެރަށުގެ އެހެން އާއިލާ އަކަށް ކުޑަ ފައިސާ ކޮޅަކަށް ދީފައި (މިތަނުގައި ވަޒީފާގައި މުޅިންވެސް ތިބީ ސިލޯނު މީހުން) މުޅި ރަށުގެ ދެބައިކުޅަ އެއްބައިގައި ސިފައިންނާއި ފުލުހުން ފެންސް ޖަހައި ހޮލިޑޭ ހޯމް ހަދައިގެންތިބެ މިތަނުގައި ކޮން އެއަރޕޯޓެއް ހިންގާންތޯ ތިއުޅެނީ؟! ފުރަތަމަ ކަމަކަށް ތިތަން ހުސްކުރަން އަންގާ.
އަދުރޭ 10
11 April 2025
އީކުއޭޓާ ވިލެޖަށް ސަރުކާރުން ފޯރުކޮށްދޭ ފެނާ ކަރަންޓް އަދި ނަރުދަމާގެ ޚިދުމަތް ކަނޑާލައި، ސަރުކާރުގެ ބިމާ މޫދާ ކަނޑު ފަޅުގެ ބޭނުންކޮށްގެން އެކުންފުނިން ހޯދާ މަންފާ ނުހޯދޭނެ ގޮތެއް ހަދާލަބަލަ
ގޮނުއަނގަ
11 April 2025
ދައުލަތަށް ދަތިކުރާބަޔަކަށް ދަތި ކޮށްގެންވެސް ތިމަސައްކަތް ނިންމަންޖެހޭނެ. މިނިސްޓަރގެ 17 ވަނަ ދުވަހަށް އޮތް ނިންމުން ސާބަސް. ކުރިޔަށް ގަދަޔަށް ކުރިޔަށް. ތިތާ ތިއުޅޭ މީހުންގެ ތިޔަހުރީ އެމްޑީޕީން ޤައުމަށް ޚިދުމަތްކޮށްދޭ މިސާލުގެ ވިސްނުން
އޮނަރަބްލް އަފީފު ދީދީ
11 April 2025
ތިޔަ ތަނަށް ގެންނާން ޖެހޭ ފަތުރު ވެރިން ގެންނާން ވަކި ފުލައިޓް ތަކެއް ބާއްވަން ޖެހިދާނެތީވެ އައްޑުއާއި ކ.މާލެ އާއި ދޭތެރޭ ކޮންމެ ދުވަހަކު ފަހެއް ނުވަތަ 6 ފުލައިޓް ބާއްވަން ޖެހުމުން މޯލްޑިވިއަންގެ ޙަރަދު އެތައް ގުނައެއް ބޮޑުވެ ކުންފުންޏަށް ގެއްލުންވަމުންދާއިރު އޭގެ އުދަގޫ ތައް އައްޑޫ ރައްޔިތުނަށްވެސް ކުރިމަތިވޭ. މީގެ ބަދަލުގައި ކ.މާލެ އާއި އައްޑުއާއި ދެމެދު A-321 ޑެއިލީ ޝެޑިއުލް ދަތުރު ބާއްވާނަމަ ވިޔަފާރިވެރިންނަށް ކާގޯވެސް އުފުލޭނެ.
ދިއްދޫމީހާ
11 April 2025
ކުންފުނިން ސަރުކާރަށް ޖެއްސުން ކުރަންޔާ ސަރުކާރުންވެސް ހިފާލާބަލަ ހޮޓާލަށް ވަންނަ އޮންނަ މަގު އެއްކޮން ކޮނެލާފަ އަތިރި ފަރާތުން ހިއްކަން ފައްޓާބަލަ އިބްރާހިމް ނާސިރު މޮޅުކަމަށް މީހުން ކިޔަނީ އޭނާ ގާތު ވަށްވަށް ނުޖެއްސޭތީ،ދަގަނޑު ކެނޑޭނީ ދަގަނޑުން..
މަރުކޮސް
11 April 2025
ފެންނަނީ ތި ކައިމޫ، އައްޑު އިން ބޭރު ކުރުމަށް އައްޑޫ މީހުން މިހާރުން މިހާރަށް މަސައްކަތް ފަށަން ވެއްޖެ ކަމެވެ.އެހެނން ގޮތެއް ނެތެވެ.ނީ އައްޑޫ މީހުން ފ އެމީހުން ބަނޑަށް ޖައްސާފަި ވިއަސް ފަިދާނަގަން އުޅޭ ބަޔަކަށް އައްޑޫގެ ސަރަޙައްދުން ޖާގައެއްދީގެން ނުވާނެ އެވެ.އައްޑޫ މީހުން އެއަރޕޯރޓ ނުހެދިގެން އުޅޭ އިރު ،އެތާގައި ހޮޓާ ހިންގާބަޔަކަށް އެކަން ބޭނުން ނުވާނަމަ އެއީ ވަރަށް ބޮޑު ޚިޔާނާތްތެރިންތަކެކެވެ.އައްޑޫ ގެ ދުޝްމަނުންނެވެ. ބޭރުކުރުން
ކޮއްކޯ ގެ ޕަތަރާސީ
11 April 2025
ކަލޯ އެއަރޕޯރޓު ހަދާ ނިމުނީ؟ މިހާރު އަޅަން ގަސްދު ކުރި އެ ފިޔަވަޅަކީ އެންމެ ހިޔަޅު ނިންމުން! އެއީ މިހާ ތަނަށް ކޯޓަށް ހުށަހެޅި އެއްވެސް މައްސަލަ އެއް ނިމިފައި ނުވާތީ
މުޑަހަންޖާ
10 April 2025
މާކަނޑު އަޑީގައި ބިއްލޫރި ޓަނަލް ހަދަން ދިމާކޮށްގެން އުޅޭއިރު އަނެއްކޮޅުން އިމާރާތެއްގަ ހުރި ކޮޓަރިއަކާޖެހިގެން މަގެއްހަދާނެގޮތެއް ނޭނގިފަ ތިބުމަކީ އެއީ ހައްލެއްނޫން. އިމާރާތުގެ ދަށުން މަގުނުހެދެނީތޯ. ނޫނީ ފުރާޅު މަތިން ބުރިޖެއް ނުހެދެނީތޯ.