އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށް، މި ހިދުމަތް ހަމަޖައްސަމުން އަންނަނީ 24 ގަޑިއިރު ދޭ ގޮތަށް.
ބްރިޖުން ކާރާއި ސައިކަލްގައި ދަތުރުކުރަނީ: ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށުމާ އެކު މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި. -- ފޮޓޯ | މިހާރު
11 އެޕްރީލް 2025 - 11:21
އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރަން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން ފަށަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށް، މި ހިދުމަތް ހަމަޖައްސަމުން އަންނަނީ 24 ގަޑިއިރު ދޭ ގޮތަށެވެ.
އަމީން ވިދާޅުވި ގޮތުގައި ހިދުމަތް ފަށަން ބޭނުންވާ ސައިޒުގެ ޓެކްސީ ހޯދަން އެމްޓީސީސީން އިއުލާންކޮށްގެން، މިހާރު ވަނީ ސަޕްލައި ކުރަން ވަކި ބަޔަކާ ހަވާލުކޮށްފަ އެވެ. އަދި ވެހިކަލް ޗާޖުކުރުމާއި މެއިންޓެންކުރުމަށް އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު މުހައްމަދު އަމީން: ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް 24 ގަޑިއިރު ދޭނެ ކަމަށް ވިދާޅުވި..-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑުމެންގެ އުއްމީދަކީ ހަމަ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި، ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށުމާ ގުޅޭ ގޮތުން އުފައްދާ ސުވާލަށް މިނިސްޓަރު ވިދާޅުވީ ދޫކޮށްލާފައި އޮންނަ ޒަމާންވީ މި ހިދުމަތަށް ބަދަލު ގެންނަން ރައްޔިތުން ބޭނުންވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްސީގެ ހިދުމަތަށް 1500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮވެ އެވެ. އެކަމަކު އެ މީހަކު ބޭނުންވާ ގަޑިއެއްގައި ނުކުމެ، ބޭނުންވާ ތަނަކަށް އެކަނި ދަތުރު ނެގުމުގެ ދަތިތަކާ އާއްމުން ކުރިމަތިލާން ޖެހެ އެވެ.
އެެއާޕޯޓު ޓެކްސީ ކިއު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"މި ދަތި އެބަހުރި. ސްޓޭންޑާޑް، ފެންވަރުގެ މައްސަލަތައް ވެސް އެބަހުރި. ހިދުމަތް ދިނުމުގެ ޑިސިޕްލިންގައި ވެސް މައްސަަލަ އެބަ ހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
ޓެކްސީ ހިދުމަތުގައި ގިނަ މައްސަލަތަކެއް ހުރުމުން، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތް ބަލާފައިވާ ކަމަށާއި އެ ތަންތަނުގައި ވެސް އެ ހިދުމަތް ސަރުކާރުން ކޮންޓްރޯލް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 އުޅަނދު ކަމަށާއި އޭގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލަކުގައި ފަށާނެ އެވެ. ހދ. ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ވަނީ ރާވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާގެ ފުތާ
13 April 2025
ސަރުކާރުން ތެލާއި ފެން ވިއްކާ، ކާޑައި އެހެނިހެން ޒަރޫރީ ކާބޯތަކެތިވެސް ވިއްކާ، ސިމެންތި އާ ހިލަވެލި އަދި ހިލަވެސް ވިއްކާ، އެއްގަމާ ކަނޑާއި ވައިގެ ދަތުރުފަތުގެ ޚިދުމަތުންވެސް އަގު ނަގާ، މިކަންކަން ކޮށްގެން އާމްދަނީ ހޯދާ މީހުން ރާއްޖޭގައި ބައިވަރު އުޅޭ، އެކަމަކު އތަކެތި ވިއްކާމީހުންގެ ރިޒުގު ބަންދުވެދާނެތީ މަގުތަކަށް ނުކުމެ ނޫނީ މަސައްކަތް ހުއްޓާލާފައި އިހުތިޖާޖެއް ނުކުރޭ. ދެން ރާއްޖޭގެ ޓެކްސީ ދުއްވާ މީހުން ކޮން ހޭބައްޔެއްބާ މިވަނީ
އަލިބެ...
12 April 2025
ކޮން އަހަރެއްގެ ޖުލައި މަސްކަން ސާފުނުވާތީ ކަނޑަ!
ތޭރަ
12 April 2025
ދެންއިވޭނީ ކާރުން އަމިއްލަ ދަތުރުތައް ޑްރައިވަރުން ކުރަމުންދާވާހަކަ.
ތުއްތުކޮއި11
12 April 2025
ވަރަށް ތާއީދު. އަވަހަށް ފަށަށްންވީ. ވާރޭވެހެންޏާ ގިނަ ޓެކްސީ އޮންނަނީ ޕާކުކޮށްފަ. ބައެއް ޓެކްސީ ޑްރައިވަރުންގެ ބަސްމަގު އެހާއެހާއެއްނޫން. ބައެއްފަހަރު ސެޓުން އެހެރަ އިވޭ ހަޑިހުތުރު ބަސްތައް. ހުޅުމާލެ ފޭސް 2ން މާލެއަށް އެކަކު ގޮވައިގެންދާ ދަތުރެއްގައި ހުޅުމާލެތެރެއިން އިތުރު މީހަކު ނޫނީ ދެމީހަކު އަރުވަފާނެ. އެއިން ކޮންމެ މީހުންގެ އަތުންވެސް 100 ނޫނީ 85 ރުފިޔާ އެބަނަގާ.
ާާއަލިބެ
12 April 2025
މީ ހަމަ ކޮންމެހެން ފަށަން ވެއްޖެ ހިދުމަތެއް. ޓެކްސީ ކުރާ މީހުން އެމީހުން ބޭނުންވާތަނަކަށް އެމީހުން ބޭނުންވާ ގަޑިއެއްގަ ނޫނީ ޓެކްސީ ނުކޮށްދެ. މާލެއިން ޓެކްސީއެއް ހޯދިމަކީ ހުދު މާވަހަރެއް ހޯދުން. މީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެފަ އޮންނަ ކަމެއް. އެއީ ޓެކްސީ ޑްރައިވަރުންގެ ގޯސް ޑިސިޕްލިން ތަކުގެ ސަބަބުުން. ބަސް ދަތުރު ފަށަން އުޅުނީމަވަސް ވަރަށް ފޯރި އެރުވި އެކަމް މިހާރު އޯކޭ.
ހާމަ333
12 April 2025
ކަލޭ ހިނގާފަ އުޅުނީމަ ވީނު....އެނޫނީ ގޭގަ އޮތީމަ ވީނު...ކާކުބުނީ މަގަށް ނިކުންނާށޭ...ރަށްދޫކޮށްފަ ގޮސް ތިތަނަށް ގެޅިގެން އުޅޭއިރު ވާނީ ތިހެންކަން ނޭގި މޮޅުވާހަކަ ދައްކާތީ މައްސަލައަކީ...ތިކަހަލަ އެތައް ލައްކައެއް ތިތާ އެބައުޅޭ ދެން ކީކޭ މިކިޔަނީ...
ކިރުސައި
12 April 2025
ސާފުކޮށް ސީދަލަށް ކީއްވެ ނުބުނެވެނީ އެއްޗެއް؟ ޖޫންމަސް ނުނިމި ޖުލައިމަސް ފެށޭ ގޮތެއްވެސް އޮންނަނީތަ އަނެއްކާ؟
ޓެކްސީ ހިދްމަތް ރަނގަޅަށް ދެވޭނެ މާހައުލް އެބައޮތްތޯ؟
12 April 2025
ސަރުކާރުން ޓެކްސީ ލައިން ހެދީމަ، ސައިކަލްތަށް އަދި ބަސްތަށް ބޮޑެތިލޮރީތަށް އުޑަށް އަރަނީތަ ؟؟؟ ދުއްވަން އޮތީ ހަމައެބާރުބޮޑު މަގު؟؟؟
ތަކުރޭ
12 April 2025
ސަރުކާރުން އެކަމަށް ވެސް ގޮތެއްހޯދާނެ
މުޑަހަންޖާ
11 April 2025
ތިޔަ ކާރުތައް ކ.ހުޅުމާލޭގައި ދުއްވަން އެރަށު މަގު ގަންނަން ބައިތުލްމާލުން އެތައްސަތޭކަ މިލިއަނެއް އެރަށު އޮފީހަށް ދޭންޖެހޭތޯ. ސަރުކާރު އޮފީހެއްވެސް އެރަށުގަ ހެދެނީ އެރަށު އޮފީހަށް ބައިތުލްމާލުން އެތައްސަތޭކަ މިލިއަނެއްދީފަނޫންތޯ.
އަބްޑޫޅް +
12 April 2025
ކަލޭ ތިޔައީ ކ.ހުޅުމާލޭ ކުޑަކަތީބުތަ، ނޫނީ ކ.ހުޅުމާލޭ ނައިބުކަލޭގެ އަނބިދައިތަ ތަ؟
ބަބްސް
11 April 2025
ޓެކްސީ ކުރާ މީޙުންނަށް ހީވަނީ އެމީހުންގެ ވިޔަފާރި ގެއްލެނީ ކަމަށް. ބަސްދަތުރު ތަށް ފަށަން އުޅުނުއިރުވެސް ހަމަ އެހާ ޖެއްސުންކުރީ އަދި މިހާރުވެސް ބަހަށް އުނދަގޫކުރޭ. ސަރުކާރުން މިކަން ކުރަނީ ހިލޭ އެހީގެ ދަށުން މާހައުލާ ރަށްޓެހި ވެހިކަލް ތަކެއް ގެނެސްގެން. އަހަރެން ބޭނުންވަނީ މާލޭގެ މަގުތަކުގައި 2030 އިން ފެށިގެން ހުސް ދުންއަރުވާ ހުރިހާ ވެހިކަލެއް މަނާކުރަން. ހާއްސަކޮށް ޑީސަލް ލޮރީ ތަށް.
ލޮލްް
12 April 2025
މަބޭނުމީ