އޮންލައިން ޝޮޕިން ޕްލެޓްފޯމް "ޓެމޫ": ޓެމޫގެ ނަމުގައި ސްކޭމްތައް ހިންގަމުން އަންނާތީ ސަމާލުވާން ފުލުހުން ވަނީ އެދިފައި.
11 އެޕްރީލް 2025 - 18:21
އޮންލައިން ވިޔަފާރި ފްލެޓްފޯމް، ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވަމުން ދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ސްކޭމްތަކުގައި ހިމެނެނީ ސައްހަ ނޫން ވެބްސައިޓްތައް ހެދުމާއި ސްކޭމް މެސެޖްތައް ފޮނުވުން އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަން ކަމަށް ފުލުހުން ބުންޏެވެ.
- ފިޝިން މެސެޖްތަކާއި އީ-މެއިލްތައް: މިއީ ޓެމޫ ނުވަތަ ކުރިއާ ސާވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަ ނޫން މެސެޖުތަކެއް. މި މެސެޖުތަކުގައި އާންމުކޮށް ހިމެނެނީ އޯޑާގައި މައްސަލައެއް ހުރި ކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަން ޖެހޭ ކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކުތައް.
- ކްރެޑިޓް ކާޑު ސްކޭމްތައް: މި ކަހަލަ ސްކޭމްތަކުގައި ސައްހަ ނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިން އީ-މެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދާ.
- 2-ޑީ ކާޑު ސްކޭމްތައް: 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް މި ކާޑުތައް ފަސޭހައިން އަމާޒުކުރެވޭ. ނޭނގި ފިޝިން ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، މަކަރުވެރިންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވޭ.
މި ސްކޭމްތަކުން ރައްކާތެރިވުމަށް ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖުތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް ސަމާލުވުމަށާއި "ޕާރުސަލް ލިބިފައި ނުވޭ" ނުވަތަ "ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން" ނުވަތަ "ވަގުތުން ފިޔަވަޅު އަޅަން ޖެހޭ" ފަދަ ބަސްތަކަށް ސަމާލުވުމަށް ވެސް ފުލުހުން އިލްތިމާސްކުރެ އެވެ.
ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުމަށާއި ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓާ އޮތެންޓިކޭޝަން (2FA) ބޭނުންކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ނަމަ، ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށާއި ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުމަށް އަދި ހުރިހާ މުއާމަލާތުގެ ތަފްސީލާއެކު، އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން އިރުޝާދު ދީފައިވެ އެވެ.
ފުލުހުން ބުނީ ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ނަމަ، ލަސްނުކޮށް އެ މައްސަލަ އެ އިދާރާ އާއި ކަމާބެހޭ އެހެން އިދާރާތަކަށް ރިޕޯޓުކުރަން ވާނެ ކަމަށާއި އަދި އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރަން ވާނެ ކަމަށެވެ.
- އޮންލައިން ޝޮޕިން އަށް ވަކި އީ-މެއިލް އެޑްރެހެއް ބޭނުންކުރުން.
- ކްރެޑިޓް ކާޑު ނުވަތަ ވާޗުއަލް ކާޑު ކަހަލަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން.
- އެޕްލިކޭޝަންތައް ގޫގުލް ޕްލޭ ސްޓޯރާއި އެޕަލް އެޕް ސްޓޯރު ކަހަލަ އިތުބާރު ހުރި ތަންތަނުން އެކަނި ޑައުންލޯޑް ކުރުން.
- އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިން ސޮފްޓްވެއާއެއް ބޭނުންކުރުން.
ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޝޮޕިން ޕްލެޓްފޯމް "ޓެމޫ"އިން ރާއްޖެއަށް ޝިޕިންގެ ހިދުމަތް މި މަހު ވަނީ ފަށައިފަ އެވެ. ޓެމޫގެ ހިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް، އެ ކުންފުނިން ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ގުޅިގެން، ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކް ޓެމޫގައި ބޭނުންކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯރިގަދަ
13 April 2025
ޓެމޫގެ އެޕްލިކޭޝަންގަ ވެސް އިންނާން ޓެމޫއިން މިކަހަަލަ މެސެޖް ނުކުރާނެކަމާއި، މިކަމަށް ސަމާލުވާން. މީގެއިން ޝޮޕިންގ ކުރާއިރުވެސް ފެންނާނެ ދޯ އެ މެސެޖްވެސް.
ބޮޑުބެގެ ބެއްޔާ
12 April 2025
މިފަދަ ކަންކަމުގައި އަބަދުވެސް ދަޢުލަތުގެ މުއައްސަސާތަކުން ކަން ކުރަމުން ދާ ގޮތުން، ވިކްޓިމްސް އިތުރަށް ވިކްޓިމައިޒް ވަނީ. އަނިޔާ ލިބޭމީހާއަށް އިތުރު ބުރަ އުފުލަން ނުޖައްސައި، ކުށްކުރާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދީގެން މިކަން ހުއްޓުވޭނީ.
މރ.ލީ
12 April 2025
ޓެމޫ އޯ..
ޓެމޫ
12 April 2025
އެ ރަނގަޅަށޭ އެ ކިޔަނީ. ޓީމޫ އަކީ ދިވެހިން ކިޔާ ގޮތް
ހަންޓޯ
12 April 2025
މޮޔަ މީހުންއޭގައި ޖެހޭނީ.
ބަސްސާމް
12 April 2025
ޓީމޫވެސް އެހާފޭކު ވިއްޔާ!
ޢަލީ23
11 April 2025
ޓެމޫ އެއްނޫން ޓީމޫ ކިޔަނީ
ޓެމޫ
12 April 2025
އަޅެ ކޮޔާ، ގޫގުލް ބެ ގާތު އަހައިގެން ކިޔާ ގޮތް ހޯދާލަބަލަ.
ގުދުގުދާބެއްޔާ
11 April 2025
މެސެޖް އަންނަނީ ދެލިވަރީއޮޕްޝަންގަ މައްސަލަ ހުރިކަމަށް!މިފަދަމެސެޖް އައިސްފިނަމަ ނުހުޅުވާ މެސެޖް ޑިލީޓްކޮއްލާ!އީމެއިލް އަށްވެސްމިމެސެޖްއަންނާނެ!ވީމާ މެއިލް ނުހުޅުވާ ޑިލީޓްކޮއްލާ!ޓެމޫއަކީ އޮންލައިން ބިޒިނަސްގައި އިތުބާރުހުރި ޕުލެޓްފޯމެއްއެމީހުން ދީފައިވާއެޑްރެސްއަށްބަރާބަރަށް ވަރަށްއަވަހަށްޑެލިވެރީ ކުރާބައެއް!ޓެމޫވިޔަސްއަދިއެހެން އޮންލައިންޕުލެޓްފޯމްއެއްވިޔަސްކާޑްސޭވްނުކުރަން އެއީ ވަރަށްބޭނުންތެރިކަމެއް!ގަންނަގަޑީގައެކަނި.ގަނެނިމިމުން ޑިލީޓްކޮއްލާ
ކޮރަލް
11 April 2025
ރާއްޖެއިން ދިވެހީންގެ ބަޔަކު ސްކޭމް ކޮށް އެތައް ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާ ނަގައިފި އެވެ. އޭގެ ތެރެއިން ބަޔަކު ހޯދި އެވެ. ސްކޭމް ކޮށްގެން ފައިސާ ހޯދާ ހުކުމް ކުރި މީހަކު ފެންނާކަށް ނެތެވެ. ފުލުހުންނަށް މައުލޫމާތު ދޭން ވެސް އެބަ ޖެހިލުން ވެ އެވެ. އެދޭ މައުލޫމާތު ލީކް ވެދާނެ ތީ އެވެ.