އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރިޔާސީ ގަރާރެއްގައި ސޮއިކުރައްވަނީ: އޭނާ އެކި ގައުމުތަކުގެ މުދަލަށް ތައާރަފްކުރެއްވި ޓެރިފުގައި މިހާރު ވަނީ އިލެކްޓްރޯނިކް ސާމާނު އުނިކޮށްފައި. -- ފޮޓޯ: އޭއެފްޕީ
13 އެޕްރީލް 2025 - 06:22
އެމެރިކާއަށް އެތެރެކުރާ އެހެން ގައުމުތަކުގެ މުދަލުން އާދަޔާ ހިލާފް ބޮޑު ރޭޓްތަކުގައި ޓެރިފް ނަގަން ފެށުމާ އެކު ވިޔަފާރީގެ ހަނގުރާމައެއް ފެށި ހޫނުވެފައި ވަނިކޮށް ޓެރިފް ލިސްޓުން ސްމާޓްފޯނާއި ކޮމްޕިއުޓަރު އަދި އެހެނިހެން އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކޮށްފި އެވެ.
އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަ ޕްރޮޓެކްޝަން އޮފީހުން ހުކުރު ދުވަހުގެ ރޭ ޝާއިއުކޮށްފައިވާ ނޯޓިސްގައި ހިމަނާފައިވާ މި ލުއިތަކުގެ ތެރޭގައި އެމެރިކާގެ 145 ޕަސެންޓުގައި ޓެރިފް ނަގަން ކަނޑައެޅި ޗައިނާއިން އެމެރިކާއަށް ގެންނަ ސްމާޓްފޯނާއި ކޮމްޕޯނެންޓްސް ފަދަ އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނެ އެވެ.
ސެމިކޮންޑަކްޓަރު ވެސް ވަނީ އެމެރިކާގެ ވިޔަފާރީގެ އެތައް ބައިވެރިންނެއްހެ އަތުން ނަގާ "ބޭސްލައިން" 10 ޕަސެންޓުގެ ޓެރިފާއި ޗައިނާއަށް އިތުރުކުރި 125 ޕަސެންޓުގެ ޓެކްސްއިން ވެސް އުނިކޮށްފަ އެވެ.
މި މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވި 10 ޕަސެންޓްގެ ބޮޑު ޓެކްސް އާއި، ޗައިނާއަށް އަދަބު ދޭން އެ ގައުމުގެ މުދަލާ ދެކޮޅަށް ބޮޑުކުރި ޓެކްސްގެ ނޭދެވޭ އަސަރުކުރާ މިންވަރު މި އިސްތިސްނާގެ ސަބަބުން ކުޑަވާނެ އެވެ.
ޓްރަމްޕް ޗައިނާއަށް އަމާޒުކުރައްވައި ޓެރިފް ރޭޓް އެހެން ގައުމުތަކާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑުކުރީ ވިޔަފާރީގައި ޗައިނާއިން އެމެރިކާއާ މެދު ބޭއިންސާފުން އަމަލުކުރާ ކަންކަމަށް ހައްލެއް ހޯއްދެވުމުގެ ނަމުގަ އެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްޗާ ޗައިނާގެ މުދަލުން 125 ޕަސެންޓުގައި އާ ޓެރިފެއް މިދިޔަ ހަފްތާގައި ވަނީ ނަގަން ފަށައިފަ އެވެ.
އެމެރިކާއަށް އެތެރެވާ ފެންޓަނިލްގެ ސަޕްލައި ޗެއިންގައި ޗައިނާގެ ދައުރެއް އޮތް ކަމަށް ތުހުމަތުކުރައްވައި ޓްރަމްޕް ވަނީ މީގެ ކުރިން އޮތް 20 ޕަސެންޓުގެ ޓެރިފް މަތިކުރައްވައިފަ އެވެ. ކުރީގެ ސަރުކާރުތަކުން ކަނޑައަޅައިގެން ނަގަމުން އަންނަ އެހެން ޓެރިފްތަކާ އެކު ޓްރަމްޕުގެ ޓެރިފުން ޗައިނާގެ މުދަލުން ނަގާ ޓެރިފް 145 ޕަސެންޓާ ހަމަޔަށް އަރައިފަ އެވެ.
އިސްތިސްނާ ލިސްޓުގައި އެމެރިކާއިން ހިމެނި ހާޑް ޑްރައިވާއި ކޮމްޕިއުޓާ ޕްރޮސެސަރު ފަދަ ގިނަ އުފެއްދުންތަކަކީ އާންމުގޮތެއްގައި އެމެރިކާގައި އުފައްދާ ތަކެއްޗެއް ނޫނެވެ.
ޓްރަމްޕް ތައާރަފްކުރެއްވި ޓެރިފްތަކަކީ އުފެއްދުންތެރިކަން އެމެރިކާއަށް އަނބުރާ ގެނައުމުގެ މަގެއް ކަމަށް ސިފަކުރައްވާފައި ވިޔަސް، އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަހާބެ
13 April 2025
މިތާހުރި މީހާއެކޭ އެތާހުރި މީހާއެކޭ ތަފާތެއްނެތެއްނު މިކަމުގައި؟ މީނަ އުޅެނީ ދޮގުހެދުމުގައި އޭނައަށްވުރެ ހަބޭހަށް ކުރީގަ ދޯ؟
ނަޔާޝީން
13 April 2025
މަޑު މަޑުން ގޮސް ހުރިހާ ކަމެއް ވެސް ކުރިން ބުނި އެތި ކެންސަލް ވެ އަސްލަށް ރުޖޫއަ ވާނެ. ޓްރަމްޕްބެ ހީކުރަނީ މީނަ ބޭނުންހާ ގޮތަކަށް މުޅި ދުނިޔެއާ ކުޅެ ކޮންޓްރޯލް ކުރެވިދާނެ ކަމަށް. ވެރިކަން ކުރަން ކުފޫ ހަމަވާ މީހެއް ނޫން އެއްގޮތަކަށް ވެސް.
އަލިބެއްޔާގެ
13 April 2025
ދިވެހި ރާއްޖެއެކޭ އެމެރިކާ އެކޭ ނެތެއްނު ތަފާތެއް. ތަންފީޒު ކުރާ ދުވަސް ޖެހޭ އިރު އަބުރާ އިހުގޮތަށް އިއާދަ ކޮށްފައި.
ޅަބޯ
13 April 2025
ހަހާ ޓްރަމްޕޓ
ކޮތަރޭ
13 April 2025
އަތަށް ގޮވަމުން ތިދަނީ. އަމިއްލައަށް ހެދި ގޯސްތައް މިހާރު ބަދަލުކުރަން ޖެހުނީނު. އެމެރިކާނަށް އެނގޭނީ އަސްކަރީ ހަނގުރާމައެކަނި ކުރަން. ތިކަހަލަ ކަންކަމުގަ ޗައިނާ އޮތީ މާ ކުރީގައި.
ބަނދަގު
13 April 2025
އަސްކަރީ ހަނގުރާމަ އަކުންވެސް އަދި މިހާތަނަށް ކާމިޔާބެއް ވިތަނެއް ނުފެނޭ
މުލޭ
13 April 2025
އަސްކަރީ ހަނގުރާމައިގައި ވެސް މަތިން އަޅަން އެނގޭނީ. ހުރިހާ ހަނގުރާމައަކުން ވެސް ބަލިވަނީ.