މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި ހައްޔަރު ކުރި ރިޝްމާހް.
13 އެޕްރީލް 2025 - 11:13
އެމްޑީޕީގެ އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުގެ މަންމަ، މަންދީ ގަޔަށް ކަޅު ތެޔޮ ޖެހީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ފަހު، ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގަ އެވެ.
އެ މައްސަލާގައި، ޖެހުމާއި މުދަލަށް ގެއްލުން ދިނުމާއި ކުށެއް ކުރުމުގައި ބައިވެރިވުމުގެ ތުހުމަތުގައި މި ހައްޔަރުކުރީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް, 20 އެވެ.
އޭނާއަކީ ކަޅުތެޔޮ ޖެހި މީހާ އިން ސައިކަލު ދުއްވަން އިން މީހާ އެވެ. އެކަމަށް އޭނާ ކުރިން ވަނީ ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ.
އޭނާ ބަންދުން ދޫކޮށްލާފައިވަނީ 15 ދުވަސް ހަމަވުމުން ބަންދު މުރާޖައާ ކުރަން އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ.
އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބައިވެރިވީ ޖިނާއީ ކުޑަ ކުށެއް ކަމުގައި ވެފައި، މައްސަލައަށް ފުރިހަމަ އެއްބާރުލުން ދީފައިވާތީ އެވެ.
ޝަރުތުތަކާ އެކު ދޫކޮށްލި ރިޝްމާހުގެ މާރާމާރީގެ ކުށުގެ ރިކޯޑު ގިނަ އެވެ.
ފުލުހުން މީގެ ކުރިން ކޯޓުގައި ބުނެފައިވާ ގޮތުގައި ކަޅުތެޔޮ ޖެހުމުގައި ދެން ބައިވެރިވި މީހާގެ މައުލޫމާތު އޭނާ ހިއްސާކޮށްފައިވެ އެވެ. ނަމަވެސް އިތުރު މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސްތީ
13 April 2025
ތިޔަ މަންޑީ ކޮށްފައިން ކުށަށް އަދަބު ނުދޭތަ؟ ކަމާއި ބެހޭ އިދާރާތަކުން އަދަބު ނުދެވެންޏާ މިކަހަލަ ގޮތަކަށް ދާނީ
ބުރުގާ
13 April 2025
ކަޅުތެޔޮ ޖެހުމަކީ ޖިނާއީ ކުޑަ ކުށެއް ކަމުގައި ވެފައި، މައްސަލައަށް ފުރިހަމަ އެއްބާރުލުން ދިނީމަ ދޫކޮއްލިއްޔޯލަ.... ގުޑް ލަކް މޯލްޑިވިއަންސް!!!!!!!
މުހައްމަދު25
13 April 2025
ކުޑަ ކުށެއް.. މާނަކޮއްފާއިނީ ކިހިނަކުބާ ؟ ކުއްވެރިން ކުރާނީ ހުސް ކުޑަކުއް..