އެއާޕޯޓުގައި ޓޫރިސްޓުންތަކެއް ފުރުމަށް ތައްޔާރުވެގެން -- ފޮޓޯ: މިހާރު
13 އެޕްރީލް 2025 - 17:48
މިދިޔަ ޖެނުއަރީ މަހު އަމަލު ކުރަން ފެށި ބަދަލުތަކާ އެކު ގްރީން ޓެކްސް އިން ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 50 ޕަސެންޓު އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދަލަތަށް ވަނީ 400 މިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ގްރީން ޓެކްސް އިން ލިބުނީ 233 މިލިއަން ރުފިޔާ އެވެ.
ގްރީން ޓެކުހުގެ ގޮތުގައި ކުރިން ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން މިހާރު ދައްކަނީ 12 ޑޮލަރެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހެ އެވެ. އެހެންވެ އެއީ ކުރިން ދައްކަމުން އައި އަދަދަށް ވުރެ 100 ޕަސެންޓު އިތުރު އަދަދެކެެވެ.
ސަރުކާރުގެ އަމާޒަކީ ޓެކުހަށް ގެނައި އެ ބަދަލާ އެކު މި އަހަރު ގްރީން ޓެކްސް އިން ޖުމްލަ 964 މިލިއަން ރުފިޔާ ހޯދުމެވެ. ވޭތުވެދިޔަ ތިން މަހުން ދައުލަތުން ގްރީން ޓެކްސް އިން ލިބޭނެ ކަމަށް އަންދާޒާކުރި އަދަދުގެ 40 ޕަސެންޓު ވަނީ ހާސިލްވެފަ އެވެ.
ގްރީން ޓެކްސްގެ އިތުރުން އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ބޮޑުކުރީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެންނެވެ. އޭގެއިން ވެސް ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ 35 ޕަސެންޓު އިތުރުވެފަ އެވެ. އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި މިހާތަނަށް ދައުލަތަށް 340 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނީ 233 މިލިއަން ރުފިޔާ އެވެ.
އަންނަ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީން 17 ޕަސެންޓްގެ ޓެކްސްއެއް ނަގަން ފަށާނެ އެވެ. މިދިޔަ އަހަރު ޓެކްސް ބޮޑުކޮށްގެން ދައުލަތުން އާމްދަނީ ހޯދަން ފެށި އިރު އޭގެ ތެރެއިން 40 ޕަސެންޓު ހޯދަނީ ޓޫރިޒަމް ދާއިރާއިންނެވެ.
ޓެކްސް އާއި ފީތަކަށް ގެނައި ބަދަލުތަކާ އެކު، ދައުލަތުގެ އާމްދަނީ އަށް 2.7 ބިލިއަން ރުފިޔާ އިތުރު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންތަރީސްވޭ
14 April 2025
އަހަރެން އެންމެ ހައިރާންވާކަމަކީ މަހުން މަހައް އާންމު ކުރާހިސާބުތަކުން އަބަދުވެސް ފެންނަނީ ކުރިން އަންދާޒާކުރިވަރައްވުރެ އިތުރައް ޓެކްސްލިބުނުކަމައް ނޫނީ ކޮންމެވެސް އެހެން އާމްދަނީއެއް އިތުރައް ލިބުނުކަމައް އެކަމަކު އަހަރު ނިނޭއިރު ހަބަރުން ފެންނަނީ ކުރިން އަންދާޒާކުރިވަރައްވުރެ ދަރަނި ބޮޑުވެއްޖެވާހަކަ އޮންނަތަން.
މަހްމޫދު ސައީދު
14 April 2025
ޓެކްސް ނަގައިގެން މިގައުމުގެ ޓޫރިޒަމް ހަލާކުވާނެޔޭ ބަޔަކު ބުނި. އެކަމަކު ފެނިގެން މިދަނީ ޓޫރިޒް އިތުރަށް ކުރިއަރައި އިތުރަށް ފައިސާ ލިބޭތަން.
ޑޮލަރު
14 April 2025
ރަނގަޅަށް ހިސާބު ޖަހާލީމަ އެނގޭނީ އަސްލު ދައްވިކަން. ޓެކްސް ރޭޓު ދެ ގުނަކުރީމާ މިދިޔަ އަހަރުގެ އާމްދަނީވެސް ދެގުނަ ވާންޖެހޭނެ. މިދިޔަ އަހަރުގެ ދެ ގުނަޔަކީ 466 މިލިޔަން. ލިބުނީ 400 މިލިޔަން. އެއީ %15 ދައްވުމެއްދޯ!
މުހައްމަދު މުބާހް
13 April 2025
އިގްތިސާދަށް ބާރު މިއަންނަނީ. ހަމަޔަކަށް އެޅޭނެ މީގެ ސަަބަބުން. ސަރުކާރުގެ ސިޔާސަތުތައް ހަމަ ރަނގަޅީ
ރިފާއު އައްބާސް
13 April 2025
ޓެކްސް ބޮޑުކޮށްގެން އިގްތިސާދު ފުޑޭނެ އޭ ބުނި މީހުންތައް ކޮބާ؟ މަބުނިން އޭރުވެސް މިތަނަަށް ޓޫރިސްޓުން އަންނާނެޔޭ
އައްލާން އަލީ
13 April 2025
100% ޕަސެންޓްގެ އިތުރުވުމެއް. ރައީސް މުއިއްޒްގެ ނިންމުން ފޮނި މީރުކަން މިލިބެނީ
ސަމާހް ހަސަން
13 April 2025
އެމްޑީޕީއިން ގައުމުގެ ކަންކަން ބޮއްސުން ލައްވާލާފަ ދިޔަދިޔުން ނިމުމަކަށް ގެނެސް ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވަމުން މިދަނީ. އާމްދަނީ އިތުރު ވެގެން މިދަނީ
ބުރުގާ
13 April 2025
ގްރީން ޓެކްސް 3 ގުނަ ބޮޑުކޮއް ލިބުނަސް، ތި ލާރި ދާނީ ކޮންމެސް ބޭފުޅުން ކޮޅެއްގެ ޖީބުތަކައް.
ރަނާވަތު
13 April 2025
ދެގުނަ ބޮޑުކުރީމަ ދެގުނަ އިތުރުވާނެނުން